ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަން ކުރަނީ އަމާ ބުނީމަ ފަރަށްދާ އުސޫލުން ކަމަށާއި ކަންކަން ކުރުމުގައި އެއްވެސް ހަރުދަނާ ކަމެއް ނުފެންނަ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުން ވިސްނާ ނުލައި ވެފައި ހުރި ވައުދުތަކުގައި ބެދި ސަރުކާރު ގޮސް ހުސްވަމުންދާ ކަމަށެެވެ. ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ގެނައި ނިޒާމެއް ކަމަށް ބުނާ އިރު، އެ ނިޒާމާ އެއްގޮތަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލަރުން އައްޔަން ކުރި ކުރުމަކީ އެ ނިޒާމާ ސީދާ ޚިލާފުވާ ގޮތަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކައުންސިލްތަކަށް ދޫކުރަން ބުނި ފައިސާ ވެސް ދޫކުރަނީ ރަނގަޅަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އޭރުވެސް އަޅުގަނޑުމެން ދެންނެވިން ތިގޮތަކަށް ތިކަމެއް ނުވާނެއޭ. މިއީކީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ވެރިކަން ކުރަން އައި ބައެއް ނޫންތޯ. ވެރިކަން ކުރާ ބައެއް މިއީ. މައިމީހާ މި ބުނަނީ ކަލެ ދާށޭ ފަރަށް ބޮލި ނަގަން. ދިޔައިމަ ދެން އޭނަ އެތާ އުޅެ އުޅެފައި ކޮންމެެހެން ނަގާކަށް ބޭނުމެއް ނުވޭ. އަންނަނީ. އެހެންވީމަ ދިޔަކަން އޮންނާނެތާ،" ޝުޖާއު ވިދާޅުވިއެެވެ.
ޝުޖާއު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި މިހާރު ވޯޓެއް ނެގިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ބައްޔަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައްޔިތުން ސަރުކާރަށް ކުރި ތާއީދު ގެއްލިފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރާ ގޮތަށް ވެސް ފާޑު ވިދާޅުވެފައެވެ.
ނަޞީބެއްނު. ކަލޭމެންނަށް އެވަރުވެސް ނުވީމައެއްނު ބާލާފަ ތި ތިބީ.
އެހެންވެއެއްނޫން. ދިވެހިންގެ ބަލިފައި "ހަޒާނާ ހުސްކޮސްފި" އަެ ބުނީމަ ހަމަތެދެއްހޭ ވަގުންނޭ ގޮވަމުން ނުކުމެ އަސްލުވަގުންނާ ހަޒާނާ ހަވާލުކޮށްލީ.
ރައްޔިތުންނަށް މާލީ ެެހީތެރިކަމެއް ނުދެވޭ. އެކަމަކު ސާކްފަންޑަށް 200 މިލިއަން ޑޮލަރު ދެވޭ. ޖީއެއްޓީ ނުކެނޑޭ، އޮޑިދޯނިފަހަރާ ގެދޮރުގެ ލޯނު ދެއްކުން ފަސް ނުކޮށްދެވޭ. މިއީ ބޭކާރު ސަރުކާރެއް ހަމަ
މަރުންސަލާމަތް ނުވެގެން އުޅޭއިރުވެސް ކަލޯ ދޮގެއްހެދޭތޯ ބަލާތި ރާއްޖޭންދިނީ 200 މިލިޔަނެއްނޫނެވެ 2 ލައްކަ ޑޮލަރެވެ ނެގޭވާހަކަ ނުދައްކަ އަނގަހިމޭނުން ލައގެންހުރޭ !
އަމާ ބުނީ ފަރަށް ދާށޭ ބޮލިހިލާކަށް ނުބުނޭ
އަމާ ބުނާގޮތަށް ކުރީމާ ހުންނާނީ ރަނގަޅަށް. އަމާ ނުބުނާނެ ނުލަފާ ކަންކަން ކުރާކަށް. 2 ބިލިޔަން ކާލީ އަމާބުނީމަ؟
މި ދުވަސްވަރު އަމާ ބުނީމަ ފަރަށްދާ އުސޫލުން ކަލޭމެން ގައުމުގައި ފިތުނަ ފަސާދަ އުފައްދާނެ ކަމެއް ނެތް؟
ޝުޖާ އެބުނީ ހަމަ ހެޔޮކޮށް. ބަެންކް ލޯނު 6 މަހަށް ލަސްކޮށްދެނީވެސް ވިޔަފާރިވެރިންނަށް. އާންމުން ސައިކަކްއާ ގެދޮރުހެދުނަށް ނަގާފަ ހުރިލޯނުތަކުގެ ވާހަކަ ނުކިޔާ. އިންކަމް ޓެކްސްއާއި ޖީއެސްޓީގެ ވާހަކަ ނުދައްކާ. ރައްޔިތުންނަށް ލުޔެއް ލިބޭނެ އެއްކަމެއް ނުކުރޭ. އެކަމަކު ސާކް ފަންޑަށޭ ކިޔާފަ 200 މިލިއަންޑޮލަރު ދީފި. މިއީ އަމާބުނީތީ ފަރަްްދިއުމަށްވުރެވެސް ގޮތްނެތް ކަމެއް. ދިވެހިންނަށް ހަރާމްކޯރުވުން.
ސުޖާއުތީ ކޮސް ގަލައެއް
އެހެންވެދޯ ޝުޖާއު އަމާ ބުނީމަ ފަރަށް ދާ އުސޫލުން އަނގަ ތަލާބާލަނީތި އަނގައިގާ ގުއި ރަހަ ލަންދެން
އަމާ ނުބުނޭ ވައް ކަން ކުރާށެ ކޭ
އަމާ ދައުލަތުގެ ޙަޒާނާ ލޫޓުވާލާށޭ
ލޫޓުވިއްޔާ އެނގޭތަ؟ ހަމަ ގަމާރުން ކަލޭމެނަކީ. ދެންތިބޭ. ހަޒާނާގަ ދޫލާން.
ވެރިކަން ނުލިބުނީ ވަރަށް ގިނަކަންކަން ގޯސްކޮށް ކުރިކަމަށް ރައްޔިތުން ގަބޫލުކުރީމާ، އެކަން އެ ގޮތަށް ބަދަލުވީ ވެރިކަމުގާ ތިއްބެވި ބައެއް ފަރާތްތަކުގެ ނާގާބިލުކަމާ އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން. ދެންވެސް ރައްޔިތުންގެ އިތުބާރު ބޭނުންނަމަ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަންވީ! ނަމަވެސް އަދިއަކު އެމަގުން ހިނގާންއުޅޭތަނެއް ނުފެނޭ، ސިޔާސީކުރިމަގު ބަނަކޮށް ދާނެކަމަށް ފެނޭ!
ޤައުމުގެ އެއްބައިވަންތަކަން ނަގައިލަން ތިކުރާ މަސައްކަތް ހުއްޓާލައްވާ. މަނިކްފާންތީ ދާއިރާއަކަށް ކުރިމަތި ލައްވާގެން އުޅުއްވާ މަހުޖަނެއް. ޤަމުމަށްލިބޭ އުފަލާ އަދި ޤައުމަށް މެދުވެރިވާ ހިތާމަވެރި ކޮންމެ ވަގުތެއްގަ ދިވެހިންނަކީ އެކަތިގަޑަކަށް ވެގެން އެއްބައިވަންތަކަން ދައްކާ ބައެއް. މިހުތޫރަތްތެރި ދަޑިވަޅުގައި ތިފަދަ ނާތަހުޒީބް އަމަލުތައް ކުރުން ހުއްޓާލަން ގޮވާލަން
ގަމާރުދިވެހިން. ރައްތިތުންނަށް ލުއިފަސޭހަވާނެ އެއްކަމެއް ސަރުކާރުން ނުކުރޭ. އަޅެކީއްވާނީ 6 މަހަށް ޖީއެސްޓީ ކަނޑާލަދިނިއްޔާ.
މިވަގުތު އިހަށް އަނގަނުތަޅާ މަޑުން ތިބެބަލަ!
އަމާ އަދުރޭތަ އޭނަބުނާނި ވައްކަން ކުރަން
ލާދީނީ ބައިގަނޑު ރަށްޔަތުންގެ ވޯޓު ވަގަށްނަގައި ވެރިކަން ފޭރިގަނެ ރީނދޫ ގުންޑާތައް ބަޖެޓު ދަވާލާށެކޭވެސް އަމާ ނުބުނޭ!
ރީނދޫ ގުންޑާތައް ބަޖެޓު ދަވާލާށެކޭވެސް އަމާނުބުނޭ!
އަމާނުބުނޭ ގެރިމޯދީ އަށް މިދިވެހިރާއްޖޭން ބިންދޭށެކޭވެސް!
ކިޔާނެ އެއްޗެއް ނެތިއްޔާ ގޭގައި އިނދެގެން ނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލަބަލަ ގައިމު ސަވާބު ލިބޭނެ. ވެރިކަން ހަވާލު ކުރީމަ ވައްކަން ކުރަން ހަދައިގެންނު ބާލުވާފައި ތިތިބީ.ދެންވެސް މިގައުމަށް ކަމެއްކޮށްދެންޔާ މި ބަލިމަޑު ކަމުގެ ދުވަސް ވަރު އަނގަމަޑުން ލައިގެން ހުރުންވެސް އެއީ ކަށްދެވޭނެ ހެޔޮކަމެއް. އެކަމަކު ހިއެއްނުވޭ އެކަންވެސް ވާނެހެނެއް ވެރިކަމުގެ އެދުން ބޮޑުކަމުން.
ރަނގަޅުވާހަކައެއް އަމާބުނީތީ ފަރަށް ޔަގީން ބައްލަވަ އިޓަލީންނާ ދުނިޔޭގެ ގިނަގައުމުތަކުން މީހުންމަރުވަމުންދާބަލީ ނުރައްކާތެރި ނޫންކަމަށް ދައްކަން ނަސިދު ތެދުވުމުން މެމްބަރުންވެސް ހަގުރާމައެއްނޫނޭ ނުރައްކަލެއްނޫނޭ ގޮވާހެދީމަ ކަމަކު ނުދޭ އެއިން އެގެނީ އަމާބުނީތީ ފަރަށްދިއުން މާނަކުރެވޭ މެމްބަރުންކޮޅެކޭ މިއުލެނީ ދިވެހި ރައްޔިތުންނަކި ނަސީދު ބޭނުންވާގޮތަކަށް ތިބި ގުނބޯލުންތަކެއްކަންދެއްކުމަށް މަސައްކަތް ކުރެވޭތަން މިފެންނަނީ ދަވްލަތުގެ ފައިސާ އިން ހިޔާނަތްތެރިވެގެން މުއްސަނދިވި ފަރާތްތަކުން ދަތުގާހޭކިފާހުރި ތަކެތީގެ ރަހަ ނުކެނޑިގެން އުޅޭތަން މިފެންނަނީ މިއަދު ރައްޔިތުން ވަކިމީހަކު ބުނާބުނުމަށް ބަރޯސާނުވެ ހުޅުވިފައިވާ ދުނިޔެ އިން މައުލޫމާތު ހޯއްދަވާ
ދެދުވަހު އަނބިދަރިންކައިރީގައި ގޭގައި މާދުކުރަން ބުނީމާ ދިވެހިން ބޮލުގަ ރިއްސައި ކުރާނެކަމެއް ނޭގި ފޫހިވެ އަންހެނުންނާއި މައްސަލަޖެހި ގޮތްހުސްވަނީ.
ނިކަން ދެކިބަލަ ރާއްޖެއިން ބޭރަށް ފުރުވާލަން އުޅުމުންވެސް ނުގޮސް ރައްޔިތުންގެ ހައްގުގައި ގައުމަށް ތަރައްގީގެނައި ހުނަރުވެރި ރައީސަކު އެހުންނެވީ ޖަލުގައި.
ކީއްވެތަ ރައްޔިތުންނަށް ހުރިހާ ފަސޭހައެއް އޮތް އިރު ގޭގައި ނުތިބެވެންވީ ؟
އަބަފުވެސް ކުރަންވީކަމަކީ ރައީސް ނަޝީދުގެ ޚަބަރެއް ނުވަތަ އިންޑިއާގެ ހަބަރެއް ޖަހާލަންވީ. އެެއިރުން މިބައިގަނޑު ތިބޭނެ ތަރަތަރައަޅުވަން އަދި ގޭގަ މަޑުކުރުވަންވެސް މޮޅުގޮތެއް. ލަދު ކޮބާ މިޔިބަމީހުން އަނގަ ހުޅުވަން
ބަަލަ ކަލޭމެން ވެ ރިކަން ކު ރީ ޔާމީނު ބުނީތީ ވައްކަންކު ރާ އުސޫލުން ދޯ!!!
ފެއިލްވެފަ ހުރި މީހެއް
މާ އަގަ ގަދަ ކުރާ އިރުގަ
މަޖްލިސް އިންތިޙާބުގަ ބަލިވީމަ އަދި އެހެން ދާއިރާއަކަށް ކުރިމަތި ލައިގެން އެބަ ތެޅެއެއްނު
މިކަލޭގެ އަވަހަށް 'އެޒޭލަމަކަށް" ގެންގޮސްލާ ….
އަމާ ބުނީމަ އަނގަނުތަޅާ މިދަނޑިވަޅު ހިމޭނުންހުރެވޭތޯ ބަލާބަލަ
ވެރިކަންކުރަން އެނގި ވައުދު ފުއްދައި ރައްޔިތުންނަށް އަނިޔާވެރި ނުވިނަމަ ދެވަނަ ފަހަރުވެސް ހޮވީސް.
މިކަޙަލަ ދެއުޅި އެއްނުވާމީހުން މިގައުމުގައި ގިނަވެގެން މިތަން ހަލާކު ވެގެން މިދަނީ މީދެން ކާކު
ހެހެހެހެހެ... ދެން ސިޓީ ގާޑެނުގައި ޑޮލަރު ވިއްކި ހަނދާން ކޮލާ.
ގައުމު މިއޮއްހާލުގެވެސް އަމަޔޭ ކިޔާ އެއީ ކަލޭމެންގެ ފެންވަރު.
އެހެންވެގެން މަޖިލިސް އިންތިހާބުން ފެއިލްވީވެސް ދެއްތޯ.... މިހާލަތުގަ މުދަލުގެ އަގުބޮޑު ނުކޮށް ރައްޔިތުން ނަށް އޯގާތެރިކޮށް ޚިދުމަތް ދެވޭތޯ ބަލާބަލަ މާ އަނގަދިޔާނުވެ.
ކަލޯ ތިޔަބުނީ ހަމަ ތެދެއް.