ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ހިދުމަތް ދިނުމަށް ހދ. އަތޮޅު ކުުޅުދުއްފުށީގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ކުޅުދުއްފުށިގައި ފުލޫ ކްލިނިކެއް ގާއިމް ކުރީ އެ ރަށުގައި ކުރިން ބޭނުން ކުރަމުން އަންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ ކުލިނިކުގެ މަގްސަދަކީ ހުން އައިސް ރޯގާގެ އަލާމާތްތައް ހުންނަ މީހުން އެހެން ބަލި މީހުންނާ މަސްހުނި ނުވާނޭ ފަދަ ގޮތަކަށް ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.

އެރަށު ހޮސްޕިޓަލުން ވަނީ ކްލިނިކް ހިދުމަތް ފޮރުކޮށްދިނުމަށް ކައުންސިލާއި ކުޅުދުއްފުށީގެ އެކިއެކި މުއައްސަސާތަކާއި، އާންމު ރައްޔިތުން އަދި ރެޑް ކުރެސެންޓްގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެ ހޮސްޕިޓަލްގެ ހެލްޕްލައިން ނަންބަރު 7606688 ނުވަތަ ސެންޓަރުގެ ހެލްޕްލައިން ނަންބަރު 1676 އަށް ގުޅުމުން ދޭ އިރުޝާދުގެ މަތިން އަމަލު ކުރަން ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓުތަކެއް ކުރެވެމުންދާއިރު މިހާތަނަށް ކޮވިޑް އަށް ޝައްކުކުރެވިގެން 500 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އެގޮތުން ގިނަ ނަތީޖާތަށް ނެގެޓިވް ކަމަށް ދައްކާއިރު ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 13 މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށުމީހާ

    ތިތަން ހުޅުވިތާ މިހާރު ކިތަމެ ދުވަހެއް ވެއްޖެ. ރަނގަޅު ކަމެއް.

  2. ކޮރަކަލި

    ކުށްފާފަ ތަކުން ދުރުވެ ހިތާއި ނަފްސު ޠޯހިރު ކުރޭ ގިނަގިނައިން ﷲ ޛިކުރު ކޮށް އަސްތަޣްފާރު ކުރުން މަތީ ދެމިތިބޭ ތި ރަށުގެ އަޅުގަނޑުގެ އާއިލާ އާ އެހެންހުރިހާ އެންމެން ﷲގެ ދަރުމަވަންތަކަމުން ކުރޯނާ ވައިރަސް އިން ސަލާމަތް ކޮށްދެއްވާށި