އިނިރޭސި ވިލާތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ހާލު ދެރަވާ ބައެއް މީހުން މަރުވާން ދޫކޮށްލަން ނިންމައިފިއެވެ.

އަވަސް ފަރުވާ ނުދީ ދޫކޮށްލާނީ ކޮން ބައެއްކަން ހާމަކޮށް ގައިޑްލައިންތަކެއް އެކުލަވާލާފައި ވާއިރު، އޭގައިވާ ގޮތުން ހާލު ދެރަވާ ކޮންމެ ވެސް އެއް ބަޔަކަށް ފަރުވާ ނުދިނުމުން، އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ނަމަވެސް އެކަމާ މެދު ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ދަ އިންޑިޕެންޑެންޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ޑޮކްޓަރުންނަށް މި ނިންމުން ނިންމަން މަޖުބޫރުވީ ކޮވިޑް-19 ޖެހިގެން ހާލުބޮޑުވާ އެންމެންނަށް ފަރުވާ ދެވޭ ވަރަށް އައިސީޔޫ އާއި ވެންޓިލޭޓަރުގެ ޚިދުމަތް ދެވެން ނެތުމުންނެވެ.

އެ ނޫހުގައިވާ ގޮތުން ޑޮކްޓަރުންނަށް ދީފައިވާ އެ ގައިޑްލައިނާއި އެއްގޮތަށް، ޑޮކްޓަރުންނަށް ވަރަށް ހިތްދަތި ނިންމުންތަކެއް ނިންމަން ޖެހޭނެއެވެ.

އަވަސް ފަރުވާ ދޭން ޖެހޭ ބަލި މީހުންންގެ ތެރެއިން އައިސީޔޫ އާއި ވެންޓިލޭޓަރުގެ ޚިދުމަތް ލިބޭނީ ކޮން ބަޔަކަށްތޯ ނިންމާނީ ކުރިއަށް އޮތްތަނުގައި އެ ގައިޑްލައިނަށް ބަލައިގެންނެވެ.

ހޮނިހިރު ދުވަހު ދީފައިވާ ގައިޑްލައިންގައި ހިމެނޭ މިންގަނޑުތަކަށް ބަލާއިރު، ފުއްޕާމޭގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުންނާއި، ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނާއި، ހިތުގެ ބަލި ތަހައްމަލް ކުރާ މީހުންގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ހާލަތު ދަށް ވެއްޖެ ނަމަ އެ ފަރާތްތަކަށް އަވަސް ފަރުވާ ދިނުމަށް އިސްކަން ދެވޭނެއެވެ.

މަވެސް މިގޮތަށް ފަރުވާ ދޭއިރު ވަކި ވަރަކަށް ވުރެ ބޮޑަށް އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ނުދީ ދޫކޮށްލުމުގެ ފުރުސަތު އޮތްކަން ނުވަތަ ނޫންކަން އެ ގައިޑްލައިން އޮތްގޮތުން ސާފު ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން ކޮންމެވެސް އެއްބަޔަކަށް އަވަސް ފަރުވާ ކަށަވަރު ނުވާނެ ކަން މިވަނީ ޔަގީންވެފައެވެ.

"މީގެ ކުރިން އަހަރުމެންނަށް މިކަހަލަ ކަމަކާއި ކުރިމައްޗެއް ނުވޭ. އަސްލު ވަރަށް ޕްރެޝަރު ބޮޑު. ބޭނުންވާ ވަރަކަށް އެނދުތަކެއް ނެތް. އަވަސް ފަރުވާ ދިނުމަށް އެބަ ޖެހޭ އިތުރު ގޮތެއް ހަމަޖައްސަން." ދަ އިންޑިޕެންޑެންޓަށް މައުލޫމާތުދިން ސިއްހީ މަސައްކަތްތެރިއަކު ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، އިޓަލީގައި ކޮވިޑް-19 ޖެހޭ އުމުރުން 80 އަހަރަށްވުރެ ދޮށީ މީހުންނަށް އައިސީޔޫގައި ފަރުވާ ނުދީ، މަރުވާން ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އެ ގައުމުން ވެސް ވަނީ ދީފައެވެ.

އެގޮތުން އެ ގައުމުގައި ބަލި ޖެހޭ އުމުރުން 80 އަހަރުން ދޮށީ މީހުން ނުވަތަ ސިއްހަތު ބަލިކޮށް ތިބޭ ފަރާތްތަކުން އައިސީޔޫ އަށް ނުވައްދަން ވަނީ ނިންމާފައެވެ. އަދި އެ ފަރާތްތަކަށް އައިސީޔޫގައި ފަރުވާ ދޭނަމަ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ގެއްލި އެނދު މަދުވާނެ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ކޮމެންވެލްތޭ އިންސާނީ ހައްގޭ ކިހައިގެން އެންމެ ބޮޑަށް އަގަފުޅާކުރާ މީހުން! މިހާރު ކޮބައިތަ އިންސާނިއްޔަތު! ޑްރެކިއުލާ ހެދިގެން އުޅޭ މީހުންގެ ހަޤީޤަތް ތިހެރެ ފާޅުވަނީ!

    36
    • ހައްޖަތުލް ވަދާޢު

      ހައްޖަތުލް ވަދާޢުގެ ޚުޠުބާ އެއްކޮށް ބަލައިގަތުމުގެ ބަދަލުގައި، އެއިން ތަންތަންކޮޅު ނަގައިގެން އިންސާނީ ޙައްގުތައް ހޯދަން އުޅެންޏާ އަތަށްގޮވާނީ.

      14
  2. އަލިޕޮ

    ބައެއް މީހުންގެ ތެރޭގައި ރާނީވެސް ހިމެނޭތަ؟

    38
  3. ދައިތަ

    މުސްކުޅި ދައިތަވެސް މީގެ ތެރޭގައި ހިމެނޭތަ؟ ގައުމަށް ލިބޭހައި ލާރިން ބޮޑު ބައެއް މުސްކުޅި ދައިތައަކަށް ހޭދަކޮށްފައި އެހެން މީހުން ދޫކޮށްލަނީތަ؟ މީތަ އެބުނާ އިންސާނީ ހައްގަކީ. ކޮމަންވެލްތުން އެބުނާ އިންސާނީ ހައްގު އޮންނަނީ މިހެންތަ؟

    23
    1
  4. ލަދު

    އެހެންވީމާޗައިނާމާބޮޑިތަނުނަމްރަނގަޅެއްނުއެމީހުންވަސީލަތްއިތުރުކުރީހޭލާތިބެ

    17
    1