އެކްސްޕެޓް އޮންލައިން ދެމުންގެންދާ ހިދުމަތް ސަރުކާރު ބަންދުވުމާއި ގުޅިގެން އެ ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުވުމާއި ގުޅިގެން އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރިއަށް ގެންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ރާއްޖޭގައި މަސައްލަތް ކުރުމުގެ ހުއްދަ (އެންޕްލޯއިމަންޓް އެޕްރޫވަލް) ގެ މުއްދަތު ހަމަވެއްޖެނަމަ، އެކަމުގެ ދަތިތަކަށް ކުރިމަތިވެދާނެތީ، އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތާއި އެންޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

އެގޮތުން، 2020 މާރިޗު 22 ވަނަ ދުވަހުން ފެށިގެން 2020 މާރިޗު 26 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ހިދުމަތް މެދުވެރިކޮށް "ކޯޓާ އެކްސެޝަން" އަދި "އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސެޝަން" އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ސަރުކާރު ބަންދުކޮށްފައިވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންއެވެ. ރާއްޖެއިން މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 3 މީހަކަު ވަނި ރަނގަޅު ވެފައެވެ. ނަމަވެސް ރައްކާތެރިކަމަުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގޮތުގައި އާންމުން ގޭގައި މަޑުކޮށް އެއްވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ 188 ގައުމަކުން ކޮވިޑް-19 ފެނިފައިވާ އިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 308،473 އަށް އަރައިފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 13،00 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލިން ރަނގަޅު ކުރެވިފައިވަނީ 95،000 އަށް ވުރެ ގިނަ މީހުންނެވެ.

ރާއްޖެއިން މި ބައްޔަށް ދިވެއްސަކު ފައްސިވެފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރޫ

    އަދިވެސް ބީދޭސީންގެ ކަންކަން ކުރެވޭތޯތަ ބަލަނީ ، ގަވާއިދާ ހިލާފައްއުޅޭ ބިދޭސިން ވީހާއަވަހަކަށް މިގައުމުން ބޭރުކުރެވޭތޯ ބަލާ ، އެމީ ހުންނާ ހެދީ މަގެއްގެ މަތީ ހިގާލެވޭކައްނެއް ހަމަނޭވާލާނަވެސް އެދަގޫވޭ، މުޅި މަގުތަކަށް ކުޅުޖަހަމުން ކެއްސަމުން ހިގާނަގަނީ ، އަވަސް ބޭރުކުރޭ ، ރައީސް އިބޫ އަހުރުމެންނައް ވި ވައުދެއް އެއީ ގަވާއިދާ ހިލާފައް އުޅޭ ބިދޭސީން ބޭރުކުރާނެވާހަކަ. އިބޫ އަވަސް ކުރޭ ، ނޫނީ ............ ދިވެހިންގެ ގޮތް އިގޭނެ ނުން ދޯ!