ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކަރަންޓީންކޮށްފިއެވެ.
ޖިހާދު ކަރަންޓީންކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގަތުމުންނެވެ. ރާއްޖެ އެތެރެވާ ފަތުރުވެރިން ފިޔަވާ ހުރިހާ އެންމެން ކަރަންޓީން ކުރަން ދިވެހި ސަރުކާރުން މީގެކުރިން ވަނީ ނިންމައިފައެވެ. އެހެންވެ، ޖިހާދު ވެސް ކަރަންޓީނު ކުރީ އެގޮތުގެ މަތިންނެވެ.
މައުލުމާތު ލިިބިފައިވާ ގޮތުގައި އެމަނިކުފާނު ކަރަންޓިންކޮށްފައި ވަނީ ކުޑަބަނޑޮހުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައެވެ.
ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ފިޔަވައި ރާއްޖޭގެ ވައިގެ މަގުން އަންނަ އެންމެން ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ އިއްޔެއެވެ.
އެޗްޕީއޭ އިން ނެރެފައިވާ އެންގުމެއްގައި ވަނީ، ރިސޯޓުތަކަށް ޗެކިންވާ ފަތުރުވެރިން ފިޔަވައި، ދިވެހިން ހިމެނޭހެން ރާއްޖެއަށް އަންނަ ހުރިހާ މީހުން ވެސް ސަރުކާރުން ކަނޑައަޅާ ވަކި ޚާއްސަ ތަނެއްގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގި އެންގުމުގައި ވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ފިޔަވައި އެންމެން ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.
ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށް ނިންމާފައި މިވަނީ، ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުންނެވެ. މި ވައިރަސް ރާއްޖެއިން ފެނި، ފެތުރިދާނެ ކަމުގެ ނުރައްކާ ކުރިމަތިވެފައި ވަނިކޮށް ރާއްޖޭގައި ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.
މި ދަނޑިވަޅުގަ މައިމޫނާ އަބޫބަކުރު ދިވެހި ގައުމަށް ކޮށްދެއްވާ އަގުހުރި ހިދުމަތުގެ އަގު ހުރިހާ ރައްޔިތުން ބަލައިގަނެ ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ.....މިފަދަ ދިވެހި ދަރިން ގެ ސަބަބުން ގައުމަށް އޮތީ ފައިދާ ..ﷲ އަޅަމެންނަށް ހެޔޮ ވިސްނުމާއި އާފިޔަތު ދެއްވާށި.އާމީން
އެކަކަށް ވެސް ގެދޮރަށް ދިއުމުގެ ފުރުސަތު އޮވެގެން ނުވާނެ . ވަކިތަނެއްގަ ކަރަންޓީނުވާންޖެހޭ ނީ ރައްކާތެރި ގޮތަކީ އެއީ މިހާރު ބެންކޮކް ވެސް ނުހިފެހެއްޓި ދާހެން އެބަ ހީވޭ. އެންމެންވެސް ގޭގަ ތިއްބަވާ.
ދުނިޔޭގެ އެތަން މިތަނުގަ ވައިރަސް ފެތުރެމުން ދާއިރުވެސް މައިތިރި ނުވެވިގެން ގައުމުތަކަށް ދިއުމުގަ މިމީހުން. ޢައީމަ ވޯލްޑްކްލާސް ކަރަންޓީން
ފަތުރުވެރިން އަންނަނީ ސެޓްފިކެޓް ހިފައިގެންތޯ؟ކުރިންވެސް ފެތުރުނީ ފަތުރުވެރިންގެ ގައިންނޫންތަ!
އޭނަ އަށް އަކަށް ނުޖިހޭނެ އިންޝާﷲ އެއީ ވަރަށް ހެޔޮލަފާ މީހެއްހެން ހީވަނީ ގްރުއާނަށް ވަރަށް ފަރިތަ ވާނެ
އެހެންވިއްޔާ ރައްޖެ އަންނަ ފަތުރުވެރިންނާދޭތެރޭ ކޮންގޮތަކަށް ޢަމަލުކުރަނީ؟
ﷲ ރައްކާތެރި ކުރައްވާށި އާމީން.
ރާއްޖެއިން މެލޭރިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ދުވަސްވަރު އަތޮޅުތެރެއިން މާލެ އަންނަ ކޮންމެ މީހަކުވެސް މެލޭރިއާ ކްލިނަކަށްގޮސް ލޭނަގަންޖެހެއެވެ. ހަމަ އެހެންމެ ރާއްޖެއިން ބޭރުން ވައިގެ މަގު އަދި ކަނޑުމަގުން ( މެލޭރިއާ އުޅޭގައުމެއްގައި 14 ދުވަހަށްވުރެ ގިނަ ދުވަހު) އުޅެފާއަންނަ ހުރިހާ އެންމެން ލޭނަގައެވެ. އޭރުގައި ރައްޔަތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. ސަރުކާރުން މިރޯގާ ކޮންޓްރޯލް ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ސިޔާސީ މީހުން ސިޔާސަނުވެ ކޮށްދިނުމަކީ މިއަދު ކޮންމެ ރައްޔަތަކުވެސް ބޭނުންވާ ކަމެކެވެ.
ދެން މިފްކޯ އިން ގުޅާއިރަށް ހެލްތް އިމަޖެންސީ އުވުނީތަ؟ ކޫއްޑޫ އަށް ބޯޓް ނުވެއްދިގެން ތިއުޅެނީ؟
ފަތުރުވެރިންނަކީ ސަރުކާރަށް ރަންހިފައިގެން އަންނަބަޔަކީތަ މިވަގުތު ކޮރޯނާވައިރަހަށްވުރެ މުހިއްމީފަތުރުވެރިންތަ ބަލަ ފަތުރުވެރިންވެސް އަންނަނީ ދިވެހިންގެގާތަށޭ އޭލިއަނުންގެ ކައިރިޔަކަށްނޫ ސިކުނޑި ހަމަހޭތަ ސޯލިހޫ.
ފަތުރުވެރިންނަކީ ސަރުކާރަށް ރަންހިފައިގެން އަންނަބަޔަކީތަ މިވަގުތު ކޮރޯނާވައިރަހަށްވުރެ މުހިއްމީފަތުރުވެރިންތަ ބަލަ ފަތުރުވެރިންވެސް އަންނަނީ ދިވެހިންގެގާތަށޭ އޭލިއަނުންގެ ކައިރިޔަކަށްނޫން ސިކުނޑި ހަމަހޭތަ ސޯލިހޫ.