ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޓެކްސީ ދަތުރެއް 25.ރ ކޮށްދިނުމަށް ޓެކްސީ ޑްރައިވަރަކު ނިންމައިފިއެވެ.

މުހައްމަދު ޝިހާމް ނަމަކަށް ކިޔާ ޑްރައިވަރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުނަށް އެއާޕޯޓު ދަތުރެއް 25ރ. އަށް ކޮށްދޭނެ ކަމަށެވެ.

"ވަގުތު" އަށް ދިން އިންޓަވިއުގައި ޝިހާމް ބުނީ މިގޮތަށް ހެދުމުގެ މައިގަނޑުގެ ބޭނުމަކީ ޓެކްސީގައި ދަތުރު ކުރާ އެއާޕޯޓުގެ މުވައްޒަފުންނަށާއި ވަގުތު ކުޑަތަންވެގެން ފެރީ ކަޓާ މުވައްޒަފުންނަށް ލުޔެއް ދިނުމަށެވެ.

ޝިހާމް ވަނީ ބައެއް މީހުން ގެއިން ނުކުމެގެން ޓެކްސީއެއްގައި ފެރީއަކަށް އަރައިގެން ދަތުރު ކުރުމަށް ވުރެ، ގެ ކައިރިން ޓެކްސީ ނަގައިގެން ދަތުރު ކުރުމަކީ ވަގުތު ވެސް ސަލާމަތްވާނެ ކަމެއް ކަމަށް ބުނެފައެވެ.

ސިނަމާލެ ބްރިޖުގައި މާލެ އިން ހުޅުލެއް އަށް މިހާރު ދަތުރެއްކޮށްދެނީ 65ރ. އަށެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުތަކަށް ނަގަނީ 75ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ދަނީ އާންމުންނަށް ލުއިތަކެއް ހަމަޖައްސައިދެމުންނެވެ. އެގޮތުން، ބައެއް އެޕާޓްމަންޓްތަކުގެ ކުލި ވަނީ ކުޑަކޮށްފައެވެ. އަދި ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯންތައް ދެއްކުން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ފޯނު ނަންބަރު ؟

 2. Anonymous

  ހާދަބޯހަރޭދެން. ހަރު ކަށި އަދަބު ދޭންވީ

  3
  2
 3. Anonymous

  ޝުކުރިއްޔާ ތިބާއަށް ﷲ ހެޔޮޖަޒާ ދެއްވާށި އާމީން. މިފަދަ ޙާލަތްތަކުގައި އެންމެ އެކުވެރިވެ އެއްބައިވެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންވީ. އެހީތެރިކަން ފޯރުކޮށްދޭންވީ. ރަނގަޅު މީހުން ހުސްނުވާކަމުގެ މިޘާލެއް. ހެޔޮކަމުގެ ބަދަލު ލިބޭދުވަސް އަންނާނެ.

 4. ބޮޑުދައިތަ

  މިޤިއުމުގަ މި ކިޔާ މުއްސަނދިން ނައް ރައްޔިތުން ނަޓަކާ ކޮދެވުނީ ކޮންކަމެއްބާ. ކޮބާ. އިސްލާމީ ބެނކް. ލީޒިން ކޮންޕެނީ. ނިކަމެތިން ނިކަމެތިން ނައް އެހީވެސް މިވަނީ. މާދަމާ ޔައުނީ. ގިޔާމަތް ދުވަސް ހަނދުމަފުޅު ވޭބާ؟

  • ޝިހާމް

   މިއުޅޭ މުއްސަނދި ސައުދާގަރުންނަށް ވުރެން މިސޮރު މާރަނގަޅު.ކާން ބޯން ކުރާ މަސައްކަތް ވިއްޔާ.ބަޔަކު ލަނޑުދީގެން ޕޮލިހުން ކަނޑާލީ.ކީޕްއިޓް ބުރޯ

 5. ކ

  ވަރަށް ރަގަޅު