އެމްއާރްއެމްގެ ނާއިބު ރައީސް އާމިނަތު ނާދިރާ ކުކުޅުތަކަކަށް ކާންދެނީއެވެ. ވިދާޅުވީ ރާއްޖެއަކީ ތަފާތު ތަނެއް ކަމަށެވެ. އިތުރު ބައެއް މީހުން ކާ އެއްޗެއްސާއި ނިދާ ތަންތަނުގެ ފޮޓޯ ލަނީއެވެ. އެ ފޮޓޯތަށް ލުމުން ތި ތިބީ ކޮންތާކުތޯ ސުވާލު ކުރުމުން، ތިމަންނާމެން މިތިބީ މިވެނި ރަށެއްގައި ގާއިމްކޮށްފައި ހުރި ކަރަންޓީން ފެސިލިޓީއެއްގައޭ ބުނެއެވެ. މީހުން އޯޝޯހުވެއެވެ. ސަބަބަކީ މީހުންގެ ވިސްނުމާއި ހިޔާލަށް ކަރަންޓީން ފެސިލިޓީތައް އައިސްފައިވާ ގޮތާއި ބޭރުގެ ނޫސްތަކުން ފެންނަ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން އުޅޭ ހާލު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައެވެ. ރާއްޖޭގައި މީހުން މިއުޅެނީ ކަރަންޓީނެއް ކޮށްގެނެއް ނޫނޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެމީހުން އުޅެނީ ކުރު ޗުއްޓީއެއްގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރިސޯޓުތަކުގައި ކަރަންޓީން ކޮށްފައި ތިބި މީހުންނަށް ރަނގަޅު ކާނާތައް ލިބެއެވެ. ނިދަނީ ފެންވަރު ރަނގަޅު ކޮޓަރިތަކުގައެވެ. ޓީވީ ހުރެއެވެ. އިންޓަނެޓުވެސް ލިބެން ހުރެއެވެ. އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއި ރަަށްޓެހިންނާއި ވާހަކަ ދައްކާލެވެއެވެ. އުނި އެއްވެސް ކަމެއް ނެތެވެ. ހަމައެކަނި އުނި ވަނީ އާއިލާ މީހުން ގާތުގައި ނެތް ކަމެވެ.

ނަން ހާމަ ކުރަން ބޭނުންވާ މީހަކު "ވަގުތު" އާ ވާހަކަދައްކަމުން މިއަދު ބުނީ އެމީހުން ނަމުގައި ކަރަންޓީން ކޮށްފައި ބަހައްޓަނީއެވެ. ސަބަބަކީ އޮންނަ އުސޫލުގެ ތެރެއިން 14 ދުވަހެއްގައި ކަރަންޓީން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައި އޮންނާތީ އެކަން ކުރަނީ ކަމަށެވެ. ނަމަވެސް އެމީހުން އުޅެނީ ވަރަށް މިނިވަންކޮށް ކަމަށާއި އެތަނުގައި އުނި އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަމައެކަނި މިސް ވަނީ އަޅުގަނޑުގެ އާއިލާ މީހުންނާއި އަނބިމީހާއާ ދަރިފުޅުގެ މަތިން. ވަރަށް ހިތްހަމަޖެހިލައިގެން މިތާނގައި އިރާދަ ކުރެއްވިއްޔާ މި ހުންނަނީ. އޮނެސްޓްލީ މިއީ ހަމަ ފައިވް ސްޓާ ފެންވަރުގެ ކަރަންޓީން ކުރުމެއް. ދުނިޔޭގެ އެއްވެސް ގައުމެއްގައި މި ފެންވަރަކަށް މީހުން ކަރަންޓީން ކޮށްފައި ނުބަހައްޓާނެ. ހެނދުނުގެ ބްރޭކްފާސްޓު ލިބޭ މެންދުރުގެ ކެއުން ރޭގަނޑުގެ ކެއުން މިހެން ކިޔާނެ ކަމެއް ނެތް ހަމަ ވަރަށް ފުރިހަމަ،" ކުޑަ ބަނޑޮހުގައި ކަރަންޓީން ކޮށްފައި ހުރި އެ މީހާ ބުންޏެވެ.

އޭނާ ބުނީ ކޮފީ ބޯން ބޭނުން ނަމަ ކޮފީ ބުއިމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ. އެކަން ހަމަޖެހިފައިވަނީ އެމީހަކަށް ދީފައިވާ ކޮޓަރިއެއްގެ ބޭރުގައި ހުންނަ މޭޒެއްގައެވެ. އޭގެއިތުރުން އެއްވެސް ކަމެއް ބޭނުންވެއްޖެ ނަމަ ވެސް ފޯނުން ގުޅާލުމުން އެމީހުން ބޭނުންވާ ކަމެއް ކޮށްދެއެވެ. ބޭނުންވާ އެއްޗެއް ގެނެސްދެއެވެ.

"އަޅުގަނޑު މިއުޅެނީ ކުޑަވަރެއްގެ ވެކޭޝަނެއްގަ،" [ހިނިގަނޑެއް ޖަހާލުމަށްފަހު] އެމީހާ ބުންޏެވެ.

ކުޑަބަނޑޮހުގައި ކަރަންޓީން ކޮށްފައި ހުރި އިތުރު މީހަކު "ވަގުތު" އާ ވާހަކަދައްކަމުން ބުނީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރަކަށް ރައްޔިތުންނަށް ކޮށްދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ހިދުމަތް ކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ހާލަތުގައި ވެސް ސަރުކާރުން މިފަދަ އިންތިޒާމުތަކެއް އަވަސް މިނެއްގައި އެޅުއްވި ކަމަށް އޭނާ ސަރުކާރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޝުކުރު އަދާ ކުރެއްވިއެވެ.

https://twitter.com/kudazif/status/1241476431231610880?s=20

"އަޅުގަނޑު އިންޓަނެޓުން ސާޗު ކޮށްލިން ދުނިޔޭގެ އެހެން ގައުމުތަކުގެ ކަރަންޓީން ފެސިލީޓީ، ހުވާ ކޮށްފައި ބުނަން ކެރޭނެ މިވަރުގެ ކަރަންޓީން ފެސިލިިޓީތަކެއް ނުހުންނާނެ އެއްވެސް ގައުމެއްގައި. އެއްވެސް ކަމެއް ދައްޗެއް ނުވޭ. އަބަދުވެސް ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުން ފެންނަ ހިސާބުގައި ތިއްބަވާ، ތެދަށް ބުނާނަމަ މިތަނުން މިހާރު ދާ ހިތްވެސް ނުވޭ. އަމިއްލަ ދިރިއުޅުމުގައި މިހާ ގަޑިން ގަޑިއަށް ކެއުމާއި ބުއިމާ މިކަން ކަމެއް މިހެނެއް ނުހިނގާ. އެެހެންވީމަ އަޅުގަނޑު މި ހުންނަނީ ވަރަށް ހެޕީވެފައި،" އޭނާ ބުންޏެވެ.

ރާއްޖެއިން ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެ ބަލި ޖެހޭ މީހުންނާއި ޝައްކުކުރެވިގެން ކަރަންޓީން ކުރާ މީހުން ބެހެއްޓުމަށް 10 ރިސޯޓެއް ގާއިމްކޮށްފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖެހިފައިވާ ކަމަށެވެ. އެއީ 1158 ކޮޓަރިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 2000 އަށްވުރެ ގިނަ އެނދުނު ހަމަޖެހިގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ރިސޯޓުތައް ސަރުކާރަށް އެތަންތަނުގެ ވެރިން ދީފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަދުރު

    ރަންގަޅު ވޭސްޓް މަނީ ވޭސްޓް މަނީ!!

    9
    23
    • ޕާޓޭ ގެ ޑެޑީ

      ކަލޭމެންނަކައް ނެތެއްނުން ރަންގަޅު އެއްގޮތެއްވެސް.. ޝުކުރުކޮއްބަ އެވަރުކޮއްދިން ކަމައްވެސް.. އަހަރެން ވަރައް އުފާވޭ އެތަނުގަ ތިބިމީހުން އެތަން ރަންގަޅޭބުނީތީ

      10
      1
    • ނަވާ

      ޢެހެންވިއްޔާ ހު ރިހާ ޝުކު ރެއްގެ ހައްގުވެ ރިންނަކީ ރިސޯޓް އޯނަ ރުންތާ އަލީ ވަހީދަށް ކޮން ޝުކު ރެއް އަދާކު ރަންވީ ވަ ރަށް ބޮޑަށް ޝުކު ރިއްޔާ ޤާސިމް

      1
      1
  2. މީ

    ހީވޭތަ މިސަރުކާރުން ނުކުރާނެ ރައްޔިތުންނަށް ދެރަވާނެ ގޮތަަަަަަަކަަށްް އެއްވެސް ކަމެއް.

    19
    20
  3. ކަނީރު

    އުހު. ތަންކޮޅެއް ރަނގަޅަށް މެނޭޖްކުރަމުންދާތީ ބާރުކުރީދޯ.

    10
    10
  4. ސާނީ

    ސުކުރު ކޮބަލަށް ﷲ އަށް

    46
  5. ބޯކިބާ

    ސައުދީމީހުން ތަހުގީގަށް ބަންދުކޮށްފަތިބީ ރިޒްކާލްޓަން ހޮޓަލުގަ.

    17
    2
  6. ކ

    ކުއަރަންޓީންގަ ތިބެން ޖެހުނީމަ ތިބޭނީ... އެއީ ރައްކާތެރި ކަމުގެ ފިޔަވަޅެއް...
    އިރާދުކުރެއްވިއްޔާ މިކަމުން ވަރަށް އަވަހަށް ސަލާމަތްވާނެ....

  7. ފިޔަވަޅު

    ރިސޯޓްބޯއިން ވެސް އަނބި ދަރިންނާ ވަކިން ޗުއްޓީގަތަ އެތިބީ ބަންދު ކޮއްފަ.
    ފޮނި އަނގަ ތަޅާނެ ކަމެއް ނެއް .
    ޢެޢާޕޯޓް ބަންދުކުރޭ!

    2
    1
  8. ޞަރު

    ދިވެހިން ނަކައް ހެޔޮ އެއްގޮތެއްވެސް ނޯއްނާނެ މީވަބާއެއް

  9. ށުކުރު

    ﷲ އަށް ޝުކުރު ކުރޭ ބަލިހާލުގަ ނޫންކަން ތިތިބީ