ރާއްޖެ އިން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ނުވެ ގިނަ ދުވަސްވި ކަމުގައިވިޔަސް، ހަމަނޭވާލައިގެން ތިބެވެން ނެތް ކަމަށާއި ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ރާއްޖެ އޮތީ ވަރަށް އެހެން ކަހަލަ ހާލަތެއްގައި ކަމަށާއި ކޮންމެ އިރަކު ވެސް ކޮވިޑް-19 މީހެއްގެ ގައިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، ރާއްޖެ އިން އަޅާ ފިޔަވަޅުތައް ވެސް އިތުރު ކަމަށް ވިދާޅުވެ ނަޒްލާ ދެއްކެވީ މިސާލެކެވެ.
"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އަޅަމުންދާ ފިޔަވަޅުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން މިދަނީ. ފުރަތަމަ ރާއްޖެ އަށް ދަތުރުކޮށްފައި އަންނަ މީހުން ހޯމް އައިސޮލޭޝަނަކަށް ނުލަން. ހޯމް އައިސޮލޭޝަނަށް ފަހުން ލާން ފެށީ. މިހާރު ކަރަންޓީނު ފެސިލިޓީތަކަށް ލަނީ. އެހެންވީމަ، މިކަމުގެ ނުރައްކާތެރިކަން ހުރި މިންވަރާއި ބަލި ދުނިޔޭގައި ފެތުރޭ މިންވަރަށް ބަލާ އިރު، އަޅުގަނޑުމެންނަށް އަދި ހަމަނޭވާލައިގެން މިކަން ހަމަޖެހުނީ ކަމަށް ހީކޮށް މަޑުމަޑުން ތިބެކޭކަށް ނެތް،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވަނީ ސަރުކާރުގެ އޮފީސްތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދު ކުރި ނަމަވެސް، މާލޭގެ މަގުމަތި އަދިވެސް ހަލަބޮލިކޮށް އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ވަރަށް ގިނަ ބޭފުޅުން ލޮކްޑައުންއަކަށް ނުގޮސްގެން އެ ވާހަކަ ދައްކަވާނެ. އެކަމަކު ވަރަށް ގިނަ ބޭފުޅުން މަގުމަތީގައި މިއުޅުއްވަނީ ވިދާޅުވާ އެއްޗަކާ އަމަލަކާ ދިމައެއް ނުވޭ. ފަހަރެއްގައި ވެދާނެ ބަލި ޖެހުނު ތިން މީހުން ރިކަވާވެފައި، ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ދުވަސްކޮޅެއްވީމަ، ހަމަޖެހި މިކަމުން އަރައިގަނެވުނީ ކަމަށް،" ނަޒްލާ ވިދާޅުވިއެވެ.
އެކަމަކު، ނަޒްލާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގޮތުގެ ތަޖުރިބާ އަށް ބަލާފައި މި ބަލި ކޮންޓްރޯލް ކުރަން މުހިންމު ދެ ކަމެއް އެބައޮތް ކަމަށެވެ. އެއް ކަމަކީ ބަލި ޖެހިފައި ތިބީ ކޮން ބައެއްތޯ ބަލައި އެމީހުންގެ ކޮންޓެކްޓްސްތައް އައިސޮލޭޓް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ސޯޝަލް ޑިސްޓެންސިންގެ ކަންކަން ކުރީއްސުރެ، ކުރިއަށް ގެންދަންވީ، މި ބަލި ފެތުރުނަ ނުދިނުމަށް ކަމަށެވެ. އެގޮތުން އެއްވުންތައް ބޭއްވުން ހުއްޓާލި ސަބަބުން ރައްޔިތުންނަށް މިހާރު ސާފުވެފައިވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުގައި އެތައް ހާސް ބަޔަކު އެއްވެފައި ތިބި ތަނަކަށް، ބަލި ޖެހިފައި ހުރި މީހަކު ގޮސްގެން އެތައް ސަތޭކަ ބައެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އެހާ ހިސާބުން އެތައް ހާސް ބައެއްގެ ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހުނު ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން މި ހާލަތަކަށް ދާކަށް އެއްގޮތަކަށް ވެސް. މިއަށް ވުރެ މާ ކުދިކުދި އެއްވުންތަކުގައި އެބަހުރި ބަލި ޖެހިފައި ހުރިކަން އެނގޭ އިރު، އޭނާގެ ފަރާތުން އެހެން މީހުންނަށް ފެތުރިގެން ގޮސްފައި. އަދި އެމީހުންގެ ފަރާތުން އިތުރު މީހުންނަށް ގޮސްފައި،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ދިވެހިން ތަރުހީބުދެއެވެ. މިއީ އެއް ދުވަހުން، ދެ ދުވަހުން ނުވަތަ އެއް ހަފްތާ އިން ކޮންޓްރޯލް ވާނެ ބައްޔެއް ނޫން ކަމަށް ވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން އަދި ހުން އައުން ހިމެނެއެވެ. ކޮވިޑް-19 އެންމެ ނުރައްކާތެރިކަން ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
24 ގަޑިއިރު ފިހާރަތަށް ހުޅުވާފަ ބަހައްޓަބަލަ އޭރުން މީހުން މަދުވާނީ ... ބޯހަލާކު
ޔާމީނު ސަރުކާރުގަ 10 ޖަހާއިރު ބަންދުކުރަން ބުނެފައޮތީ ބޭނުމަކު. ކަލޭމެން ދަފަޔަށް ހިނި އަރާވަރުން ހުޅުވީ .. ދެން ކޮންމީހުންނެކޭ ވީދޭކަށް...
ހެޔޮ ނުވާނެ ހުރިހާ އެންމެން ވެސް ނުނިކުމެ ގޭގަ ތިބޭ... ފަހުން އުފާ ކުރާނެ.....
ރައްޔިތުން ބަންދު ކޮށްފަ ބަލިޖެހިފަ ތިބޭ ގައުމުތަ ކުން ދޮންމީހުން އެތެރެވާނަމަ ބަލި ނުފެތުރޭނެ ގޮތެއް ބުނަބަ
ސަރުކާރު ބަންދު ނަމަވެސް ކަރަންޓް ބިލްރައްބެހުމުގައި މުވައްޒަފުން ހޭބޯނާރާ ކިހާމޮޅު
ކީއްތޯކުރާނީ! މިއުޅޭ ޓެކްސީ ޑްރައިވަރުންނާއި ޕިކަޕް ޑްރައިވަރުންނަށް ހިޔެއްނުވޭ ހިރުވާލާހެންވެސް ހަމަ ދެކޮޅަށް ދުއްވުންކަމަކީ އެމީހުނަށް ހީވާކަހަލަ ހުރިހާވެސް އެއްޗަކީ ލާރިއޭ! އެހެން އުޅެއުޅެފަ ގެޔަށްވަދެ ރަނގަޅަށް އަތް ފައި ދޮވެ ސާފުތާހިރުވާނަމަވެސް ދޯ! ސަރުކާރުން އެބަޖެހޭ މި މީހުން ހުއްޓުވަން !
ކިނބުލަށް ވެސް ރައީތުންނަށް ވުރެން ލާރި މުހިންމުވީމަ ދޯ ބަލި ފެތުރެމުންދާ ގައުމުތަކުން އަދިވެސް ފަތުރުވެރިން ގެންނަނީ
ސަރުކާރު ބަންދު ނަމަވެސް ކަރަންޓް ބިލްރައްބެހުމުގައި މުވައްޒަފުން ހޭބޯނާރާ ކިހާމޮޅު
ކުންފުނިތަކުގައި ގަވާއިދުން އޯޓީ ހޯދުމަށް ކުންފުނިތަކުން އޮފީހަށް ނުކުމޭ މަގު
ގައުމީ ހިދުމަތުގަ ދިވެހި ރައްޔިތުންގެ ހައްގުގަ ތިކުރައްވާ މަސައްކަތަށް ޝުކު ރިއްޔާ
ގޭގައި އިނަސް ހަމަ ނޭވާ ލެވޭކަށް ނެތް. މަގުމަތީގައި ތިބެގެން ދުންބޯޓުތަކުން އެއަރުވާ ދުންގަނޑުން ނޯއް ދަމާލަން ނުކުރޭ. ތިން ހަތަރު ދުންބޯޓު ތިބެއްޖެނަމަ މި ޖެހެނީ ހުރިހާ ދޮރެއް ލައްޕައިގެން ހުންނަން. ގޭގައި ތިބެން އެންގީމާ މި ދުން ބޯޓުތައް ކޮފީއަށް ގޮސް ދުން ނޭރުވޭތީ މިތިބެނީ މަގުމައްޗަށް ނުކުމެ ސައިކަލުގެ މަތީގައި. ހެޔޮނުވާނެ މިކަން މަނާކޮށްދީބަލަ.
ރިސޯޓްތަކަށްދާ ޓޫރިސްޓުން ޓެސްޓްކޮށް ފޮނުވާލާ ގޮތަށް ހެދޭތޯ ޕްލޭންކުރަން އެބަޖެހޭ ކުރިއަތް އޮތް ތަނުގައި. އޭރަށް ރިސްކް ވަރަށް ކުޑަވެ ޓޫރިސްޓުނަށްވެސް ސޭފްޓީ އެންޝުއަރކޮށްދެވޭނެ. ރިސޯޓްތައް ބަންދުކުރުމެއް ނޫން މުހިންމީ. ފަރުވާތެރި ހަރުދަނާ އުސޫލުތައް ހަދާ އެގޮތަށް އަމަލުކުރުން. އަދި ތަންތަން ޑިސްއިންފެކްޓް ކުރުމާގުޅޭ ގޮތުން ސްޓްރިކްޓް އުސޫލުތަކެއް ހަދާ އިމްޕްލިމެންޓްކުރެވެން އެބަޖެހޭ. މީގެއިތުރަށް މިމިބަލި ހުއްޓުވުމަށް މިކުރާ ކަމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތަކަށް ނަހައްދަވާ ޕްރައިވެޓް ސެކްޓަރ އަދި އަމިއްލަ ފަރުދުންވެސް މިކަމުގައި އެހީތެރިވެ އެކީ އަތުގުޅާލައިގެން މިކަން ކުރަންޖެހޭ ދުވަސް އައިސް ޖެހިއްޖެ. ހިޔާލު ތަފާތުވިޔަސް މިކަމުގައި ހިޔާލު އެއްގޮތްކޮށް މިކުޑަކުޑަ ރާއްޖެއިން މިކަމުން އަރައިގަންނަން ކުރާ މަސައްކަތް ދުނިޔެއަށް މިސާލެއްކަމުގައި ހެދޭތޯ ބަލަމާ. ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭތޯ ބަލަމާ.
ސަ ރުކާ ރު ސިޔާސަތު ކަމަކުނުދޭ. ކުދި ވިޔަފާ ރިތައް ބަންްދު. ދަ ރިންނައް ކިޔަވައެއް ނުދެވޭ .ސައި ހޮޓާ ތައް ބަންދު.
މިސްކިތްތައް ބަންދު.
އޮފީސްތައް ބަންދު.
ކީއްތަވާނީ ޓޫ ރިސްޓުން އެތެ ރެ ކު ރުން މަޑު ޖައްސާފަ. މިގައު ހުޅުވާ ކުދިން ނައް ކިޔަވާދިނިއްޔާ. މިޔަދުވެސް ރާއްޖެ އައީ 394 ފަތު ރު ވެ ރިން. މިމީހުން އަތުން ލިބުނު އާ މުދަނީ އައް ވު ރެން ވާ ގެއްލުން ބޮޑު. ބޯހަލާކު. ސަ ރު ކާ ރު ފޭލް ވެފަ ވާކަ މުގެ ހެކި މީގެން ވެސް މި ފެން ނަނީ
މޮޔަ ނުގޮވާ. އެތެ ރެ ވާ ދޮ ރު ބަންދު ކު ރީމަ ނިމުނީ. ސަ ރު ކާ ރުން ފެން ނަނީ ޑު ރާމާ ކުޅޭތަން. ބޭކާ ރު. މިލިޔަނުން ހަރަދު ކޮއްފި ޑު ރާމާ ކުޅެން. އައްޔިތުން ނު ރައް ކަލުގަ.
ރިސޯޓް ބޯއީން ކޮވިޑައް ވެދުމަށް އަ ރުވާފި.
ވީހާވެސް އަވަހަކައް ކާފިއު ހިނަގަން ފެނޭ ވަރުގަދަފިޔަވަޅުތައްނާޅައި ތިއްބާ ދެރަގޮތެއް ވެދާނެ އެއާޕޯޓްވެސް ބަންދު ކުރުން އެންމެ މުހިއްމުފިޔަވަޅުކަމައް ދެކެން
މަގުމަތީގަ ބޭނުމެއް ނެތި މިއުޅޭ މީހުން ގަދަކަމުން ގެޔަށް ވައްދަން ޖެހޭ... ބައެއް ގައުމްތަކުގަ މިލިޓަރީއިން އެކަން ކުރަނީ... އެ ގައުމް ތަކުގަ މިލިޓަރީން އެކަން ބަލަނީ... ދިވެހި ޒުވާނުން ގެއަށް ވައްދަން ޖެހެނީ ވެސް އެހެންހެން ހީވަނީ...
އެބުނާހެން އަދި އޮތީ ކުރިޔަށް އެހެންވެ މީހުންގެ ރިއެކްޝަން ޓެސްޓްކޮށްލަން ބަހެއް ވައްޓާލީ
މިދިވެހިރާއްޖޭގެ މަދު މީސްކޮޅަށް ތިޔަ ކުރޯނާގެ ވަބާ ފެތުރެންދެން ކަލޭމެން ފަތުރުވެރިން އައުން ނުހުއްޓުވާނެ ހަމަ އެކަނީ ގޭގަ ތިބުމެއްނޫން މުހިންމީކީ ބަލި އަންނަ ދޮރުތައްވެސް ބަންދުކޮށްގެން ބަލި ކޮންޓްރޯލް ކުރެވޭނީ މި ޤައުމަށް ބަލި އައީވެސް އިޓަލީން ފަތުރުވެރިން އައުން ނުހުއްޓުވީމާ މިސަރުކާރުން އެއީ ފަރުދީ ޒިއްމާއެއްތަ؟ ނޫނީ ސަރުކާރުގެ ޒިންމާއެއްތަ؟ ފަތުރުވެރިން ރާއްޖެއައުން ހުއްޓުވުމަށް އެންމެން ގޮވާ ނަގާއިރު އެއަޑަށް މި ސަރުކާރުން ބީރު ކަންފަތެއްދީގެން ތިބެ މިގޮވަނީ ގޭން ބޭރަށް ނުނިކުންނާށޭ ރާއްޖެއިން ބަލިފެނުނު އެންމެނަކީވެސް ބިދޭސީންނޯ ދިވެއްސަކު އަދި ޕޮޒިޓިވް ނުވެޔޯ މިކިޔާ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ މިސްކިތްތައް ބަންދުކޮށް ޖަމާޢަތުގަ ނަމާދުކުރުން ހުއްޓުވައި ހުކުރު އެޅައި މީހުން ގޭން ބޭރަށްނުނުކުމެ ގޭބަންދުގަ ހަމަ އެކަނި ތިބުމަކީ ބަލިން ސަލާމަތްވުމަށް އޮތް މަގު ކަމަށް ބުނާތީ ސުވާލު އުފެދޭ
ރީއްޗެއް ނޫން ،ހަމަ ޔޫރަޕް ޓުއަރިސްޓުން އެބަ އަރުވާ ، ބޯޑަރު ބަންދުކުރާށޭ ރައްޔިތުން ގޮވަގޮވާ އޮއްވާ! ބުއްޅަބެއާ ކިނބޫ ޒިންމާވާން ޖެހޭނެ!
ކޮބާތޯ އެއްދުވަހުން އަނެއްދުވަހަށް އަޅާފިޔަވަޅު އިތު ރުކު ރުމުގެ މާނައަކީ ކީއަްވެތޯ ރާއްޖެ އެހެންހާލަކަށް ދާންވީ މިހު ރިހާކަމެއްގެ ސުވާލު އަމިއްލަނަފުސާ ސުވާލުކޮށްލީމަ ޖަވާބަކަށް މިއަންނަނީ ސަ ރުކާ ރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެއަ ރޕޯޓު ބަންދުނުކު ރެވި ފޫނެތް ފަޔަށް ފެންފު ރެމުން މަންޒަ ރު.
ކޮބާތޯ އެއްދުވަހުން އަނެއްދުވަހަށް އަޅާފިޔަވަޅު އިތު ރުކު ރުމުގެ މާނައަކީ ކީއަްވެތޯ ރާއްޖެ އެހެންހާލަކަށް ދާންވީ މިހު ރިހާކަމެއްގެ ސުވާލު އަމިއްލަނަފުސާ ސުވާލުކޮށްލީމަ ޖަވާބަކަށް މިއަންނަނީ ސަ ރުކާ ރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެއަ ރޕޯޓު ބަންދުނުކު ރެވި ފޫނެތް ފަޔަށް ފެންފު ރެމުންދާ މަންޒަ ރު.
ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވޭކައްނެތް ފައިސާއެއް ލިބޭނީ ފަތުރުވެރިން ރާއްޖެގެނެވިގެން އެހެންނޫނީ ބަނޑައްޖެހޭނީ ފައިސާއަކީ ވަރައް މުހިންމު އެއްޗެއް އަދިއެއީ އެއްވަނަދަރަޖައިގެ އެއްޗެއް
އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންވިއްކާލާ...
މުޅިރާއްޖެއައް ގަވާއިދުން ދުވާލަކު 3 ފަހަރު ފޮގު ކުރަން އެބަޖެހޭ.. އެެއީ ވޫހާންގައި ޗައިނާއިންވެސް އެޅި ފިޔަވަޅު. ދެން ޓޫރިސްޓުން އައުން މުޅިން ހުއްޓުވާބަލަ.. އެބަފެނޭ އަދުވެސް ޓޫރިސްޓުންތައް އަންނަތަން.. މިއީ ކިހާބޮޑު ބިރުވެރިކަމެއް.. ވެކްސީން ހޯދެންދެން ޓޫރިސްޓުން އެރުން މަނާކޮއްބަލަ..
ބަލިޖެހިފަ ތިބޭ ގައުމު ތަ ކުން ދޮންމީހުން އެތެރެވާނަމަ.. ނުފެތުރޭނެ އެއް ގޮތެއްވެސްނެތް