ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، އެމްޕްލޮއިމަންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭގޮތުން އިމިގްރޭނުުންކޮށްފައިވާ އިއުލާން ގައި ވާގޮތުން،އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާ އަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ ހުއްދައެއް ހޯދައިގެން ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ހާއްސަ ހުއްދައަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ގެ އިތުރަށް ހޯދަންޖެހޭ ހުއްދައެއް ކަމާށެވެ.

އަދި އެ ހުއްދަ ހޯދުމަށް އެދޭ ފޯމް މި މިނިސްޓްރީއަށް ހުށަހަޅާތާ 48 ގަޑި އިރު ތެރޭގައި މި ހުއްދަ ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުުވިއެވެ.

މި ހާއްސަ ހުއްދަ އަށް އެދޭ ފޯމް ހުށަހަޅާނީ މި މިނިސްޓްރީގެ [email protected] އަށެވެ. އަދި އެކަމާ ބެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑަކައިތި 12

    ގާނޫނާއި ހިލާފަށް އުޅޭ ހިސާބެއް ކިތާބެއް ނޭގޭ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ތިބިއިރުގައި އެވަރުންވެސް ޖީބުތަކަށް އަޅާލެވޭ ވަރުމަދުވެގެން މިދަޑިވަޅުގައިވެސް އެއުޅެނީ ބިދޭސީން ނުގެނެވިގެން.. އޭގެ ވިޔަފާރިނުކުރެވިގެން

  2. Anonymous

    މިދުވަސް ވަރު ނުވެނެބަލަ އެހަށް. ހެޔޮނުވާނެ

    8
    1
  3. އަހުމަދު

    މިދަޑިވަޅުގައިވެސް ބިދޭސީންގެ ވަގުވިޔަފާރިކުރާމީހުން އެއުޅެނީ އެމީހުން އެތެރެނުވެގެން

  4. ޑާން

    ގަވާއިދާއި ހިލާފަށް އުޅޭބިދޭސީން މަދުވެގެން އެއުޅެނީ މިދަޑިވަޅުގައިވެސް އެމީހުންގެ ވިޔަފާރި ނުކުރެވިގެން..

  5. ހެޔޮނުވާނެ.

    ޢަނެއްކާވެެސް ލާރި ގަނޑެއް ކާލަން އެއުޅެނީ

  6. އަހމަދު

    އިބޫއަށް ވަރަށް ސަލާމް! އަދިވެސް ރާއްޖޭޣޭ އުޅޭ ބަންގާޅިން ގަޑު މަދުވެގެންދޯ ތިއުޅޭނީ ރާއްޖެއިން ބޭރުވާ އެއްވެސް ބަންގާޅީއެއް ޗުއްޓީއައްދިއުމައްފަހު ނާދެވޭ ގޮތަށް ހަދަންވީ ނޫނީ ތި ބައިގަޑަކުން ލާހިއްކެއްނުން މިޤައުމު ސަލާމަތް ކުރާކަށް ، އެބައެގޭ 100000 އަށް ވުރެ ގިނަ ބިދޭސިން ގަވައިދާ ހިލާފައް ރައްޖޭގަ ވަޒީފާ އަދާ ކުރަމުން އެބަދާކަން ކީއްވެ އެބައިމީހުން ނުހޯދެންވީ ، އަދި އެބައިމީހުން ރައްޖޭ އެތެރެވާން މަގުފަހި ކޮށްދިން އިމިގްރޭޝަންގަ އުޅޭ ގައުމަށް ހަރާންކޯރުވާ ބައިގަޑު އެތަނުން ނެރެ ،ޝަރިއަތަށް ގެންދަންޖެހޭ ، ދިވެހިންނޭ ހޭ އަރާ ، މިގައުމު ސަލާމަށް ކުރަނެ ދެނަޖެހޭނީ އާމު ރަތްޔަތުން ނިކުންނަން، ނޫނީ އަހަރުމެން ހޮވާފަ ހުރި ސަރުކާރުން ޖެހޭނީ މިކަންކަން ކުރަން.

  7. އިޞު

    ކިހާބޮޑު ކަމެއް ދޯ! ތި ބަންގާޅީންގެ ކިބައިން މިޤައުމު ސަލާމަތް ވާނީ ކޮންދުވަހަކުން ބާ ހިތައްއަރާ! އަދި ވަރަށް ހީވޭ ، ދިވެހިން ނިކުމެ މިކަންކަން ނުހުއްޓާފީޔާ ، ޤައުމުގެ ދުވަސް ދއްވާލާނެހެން، ހޭއަރާ ދިވެހިންނޭ!