ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހުޅުމާލެ އަށް ފޭބި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ އިރުއޮއްސި 18:15 ހާއިރު ހުޅުމާލެ ބަނދަރުގައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީ އިން ހުޅުމާލެ އަށް ފޭބި ކަމަށާއި، އަދި އޭނާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފުވި ދިވެހިންތަކެއް ހައްޔަރުކޮށްފައެވެ.