ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޮންމެ ރެއަކު ނިދަން ޖެހެނީ އޮކްސިޖަން ގުޅައިގެން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ މަހްފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

މަހްފޫޒު މިހެން ވިދާޅުވީ އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ "އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ" ދައުވާގެ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.

މިއަދު ކުރިއަށް ގެންދިޔަ ދެވަނަ އިބްތިދާއީ އަޑުއެހުން ފަސް ގަޑިއިރަށް ދިގުލައިގެން ދިޔަ އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިބްތިދާއީ މަރުހަލާގެ ކަންކަން ވަނީ ނިންމާލާފައެވެ.

ނަމަވެސް ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލަތު ހުރި ގޮތުން، ޝަރީއަތް ދިގުލައިގެންދާތީ ފަނޑިޔާރު އަލީ ހަމީދުގެ މަރުހަލާ ފަސް ކުރުމަށް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް އެދިވަޑައިގެންނެވިއެވެ. އަދި އެ އެދިވަޑައިގެންނެވުމާ އެއްގޮތަށް ނިންމައި މާދަމާ އަށް އަލީ ހަމީދުގެ އިބްތިދާާއީ އަޑުއެހުން ތާވަލު ކުރުމަށް ގާޒީ އާދަމް އާރިފް ނިންމެވިއެވެ.

އެ ނިންމުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މަހްފޫޒު ވަނީ އެއީ އެކަށީގެންވާ ވަރަށް ވުރެ މަދު ވަގުތުކޮޅެއް ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިރޭ ވެސް އަލީ ހަމީދާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވޭނަމަ ހުންނެވީ ތައްޔާރަށް ކަމަށާއި ނަމަވެސް އަލީ ހަމީދުގެ ސިއްހީ ހާލަތު އެކަމަށް ތަން ނުދޭ ކަމަށް މަހްފޫޒު ވިދާޅުވިއެވެ.

މަހްފޫޒު ވިދާޅުވީ މިއަދުވެސް އަލީ ހަމީދުގެ އަރިހުގައި ޑޮކްޓަރުން ތިއްބެވި ކަމަށެވެ. އެއީ މިއަދު އެމަނިކުފާނު ވަރުދެރަވެގެން ވެއްޓިވަޑައިގަތުމުން ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރެއަކު 9:00 ގައި އެމަނިކުފާނު އޮކްސިޖަން ގުޅައިގެން ނިދަން ޑޮކްޓަރުން އަންގަވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ކަރެކްޝަން އިން ވަކީލުންނާއި 24 ގަޑިއިރު ބައްދަލު ކުރެވޭނެ ކަމަށް މީޑިއާގައި ބުނެފައިވާ ނަމަވެސް އެކަން ނުކުރާ ކަމަށާއި އަލީ ހަމީދާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭ ކަމަށް މަހްފޫޒު ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ކޯޓަށް ހާޒިރުވެ ޝަރީއަތުގެ މަޖިލީހުގައި ކައިރިވެލާފައި އަލީ ހަމީދާ އެކު ދައްކާ ވާހަކަ ހުށަހެޅުމުން އެކަންކަމަށް ގާޒީ ކަންކަން ނިންމެވުމުން އެއީ އިންސާފުތޯ މަހްފޫޒު ސުވާލު ކުރެއްވިއެވެ.

މަހްފޫޒުގެ ވާހަކަތަކައް ބާރުދީ މައުމޫންއާއި އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވާހަކަ ދައްކަވައި އަންނަ ހަފްތާގައި އަޑުއެހުން ބާއްވަން އެދުމުންވެސް ގާޒީ އާދަމް އާރިފް ނިންމެވީ ކުރިން ނިންމެވި ގޮތުގައި ދެމި ހުންނާށެވެ.

"އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެ ބޭފުޅުންގެ މައްޗަށް ކޮށްފައި ވަނީ އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި އެ ބޭފުޅުންގެ ފޯނުގައި ހެކިތަކެއް ވާ ކަމަށް ބެލެވިފައި ވަނިކޮށް އެ ފޯނުތައް ތަހުގީގަށް ހަވާލު ކުރުމަށް ދެކޮޅު ހެދުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އަޖައިބެއް! ހުދު ޖަގިޔަލެއްގެ މައްސަލާގައި އެމްޑީޕީ މީހުން އައިސް ގަޔަށްބޮލަށް އަރާގަތްއިރުވެސް ޑަރުހީނުވޭ. މިހާރު ތި ދަރަޖައަށް ދިޔަ ސަބަބެއް އޮންނާނެދޯ!......... ތި ވާނީ އަތުން ބީވެގެންދިޔަ 15 މިލިއަން ޑޮލަރާހުރެ ޑިޕްރެޝަނަށް ދިޔައީކަމަށް. ތިކަމުން ސަލާމަތްކުރުމަށް ތި ވަކީލުން ކުރަންވީ ކަމަކީ 15 މިލިއަން ޑޮލަރު ގިރާފައި އައިވީ ފުޅިއަކަށް އަޅާފައި ތިކަލޭގެއާ ގުލާފައި ބާއްވާ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނޫކަށިފުރާގެ ޒުވާނެކޭ އެއްފަދަވާނެ.

  2. ޑރ

    ކާބަންޑާއޮކްސައިޑް ވެސް ގުޅަންޥީ. ޜިސްވަތުބެ

    • ހުދާ

      ???????

  3. ޕޮފުބާ

    އެއޮތީ ކޯފާ ލައްވާފަ އެހެންމީހުން އިބުރަތެއް

  4. ޗިއްލޫ

    މާގިނައިން ފައިސާ ކެވުނީމަ ކަރުގަ އަޅައިގެންފަ ހުރީތަ އަދިވެސް؟؟؟

  5. ޗާލާކު

    އެމްޑީޕީ އިން ލައިދިނީދޯ.

  6. ފޮތި ފައިސާ

    އަލީ ހަމީދުގެ ފައިސާ ތަކުގަ ވެސް ހުއްނަނީ ނައިޓްރޯޖަން ގުޅާފަ

  7. މުހައްމަދު

    އަދިވެސް ރިޝްވަތު ކައި .އޭރުން ވައިފުޅިވެސް ގުޅާނެ! މި އެއްޗެހިން އަޅެފަހެ ބިރެއް ނުގަނޭތަ!

  8. ޜަސީދު

    ތީ އެއްމެ މީހެއްނު ތިއްވުރެ ދަތި ހާލާވޭނުގަ އުޅޭ އެތައް ދިވެހިން ނެއް އެބަތިބި

  9. ޝިން

    ފަނޑިޔާރަކަސް ރައީސަކަސް ޖަލުގޮޅި ތަހައްމަލް ކުރަންޖެހުނީމަ ވޭން އަޅާނެ. އެތާގަ ތިބި ޒުވާންކުދިންވެސް ބަލިވޭ! ހޭނެތިގެންވެސް ވެއްޓޭ. އެކަމަކު އެކުދިން ގުއި ފެންބޮއިގެން ބާލިދީގަ ރޭހުރި ބަތް ކައިގެން އުޅޭކަން އެގޭ މީހަކު މިގައުމުގަ އެބަހުރިބާ. ޚާއްޞަކޮށް ތި ވަކީލުންގެ ތެރެއިން. ކަލޭމެންވެސް ހެޔޮ ބަހެއް ބުނާނީ އަތަށް އަރާ ލާރިގަނޑު ބޮޑުވި ވަރަކަށް. އިހަށް ދުވަހު އަހަރެމެން ދެކުނިން ކަލޭމެން ޖަންގިޔާ ބޮލުގަ އަޅައިގެން ޖަސްޓިސް ކައިރީ އެނބުރު މަންޒަރު. މީފެންވަރަކީ. ގޮޅާބޯ މިއަދު ކޮބާ؟

  10. ޙަފްޞާ / މާލެ

    ޝިން އެބުނީ ހެޔޮ ވާހަކައެއް! އެމްޑީޕީ އަންހެން ، ފިރިހެނ އެކްޓިވިސްޓުން ހުދުފޮތިން ޖަގިޔާގެ މޮޑެލްހަދާ އެ ބޮލުގައި އަޅައިގެން ތިބި ދުވަސް އެއީ ދާދި ކައިރި މާޟީ! ކާލިގަނޑު ޓީވީން ހުދުޖަގިޔާއޭކިޔާ ވީޑިޔޯއެއް ދެއްކިދުވަސް އެއީވެސް ކައިރި މާޟީ! މިއަދަކު މިމީހުން މި އުޅޭ ގޮތުން ބަޔަކު އަޅެ ފަހެ ގަޔަށް ބޮޑުކަމަކުނުދެވޭނެތަ؟