ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މާލެސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެލުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިއަދު ވިދާޅުވީ، އެ މަސައްކަތް ކުރަމުން ދަނީ، އެމްއެންޑީއެފް އާއި މާލެސިޓީ ކައުންސިލްއާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ތެރެއިން އަޑީގައި ކުނިޖަމާވާގޮތަށް މަގުމަތީގަ ބަހައްޓާފައި ހުންނަ ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ
މަސައްކަތް މާދަމާ ހެނދުނުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނިފައި ވަނީ ރިސޯޓުތަކުންނާއި، ސަފާރީއަކުންނެވެ.

އަދި ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މިއާއެކު މާލެ ސިޓީ ކައުންސިލުންވެސް ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެެ.

ރާއްްޖެއިން ކޮވިޑް-19 އަށް ފައްސިވީ 13 މީހެކެވެ. އޭގެ ތެރެއިން 3 މީހެއްގެ ހާލު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޣަލުމަނަ

    ޗައިނަގަ ބެނުން ކުރަކަހަލަ އެންމެ ޒަމަނި ވެހިކަލް ބެނުންކޮއްގެން މަގުތައް ސަފުކުރަންޔަމުން ވަރަށް ފަަސެހަވަނެ އެގައުމުގައިވެސް ވަރަށް ގިނައިން މަގުތަށް ޑިސްއިންފެޓުކުރެ ނަތިޖައަކަށް ވަނި ބަލިޖެހެމިހުން މަދުވުން

    14
  2. ބްރޯ

    މިސްކިތް ތަކުގެ ކާޕެޓް ނުނެގި ހުރި މިސްކިތްތައް މިހުންވެސް ބަންދުކުރަންވީ . ތަށިމުށި ހުރި މިސްކިތްތަކުގެ ތަޅުން ޑިޓޯލުން ދުވާލަކު ދެތިންފަހަރު މޮޕް ކުރުން މުހިންމު ރައްކާތެރިވުމުގެ ފިޔަވަލެއް.

  3. ސަގަރު

    ސޯލިބޭ ބޭކާ ރު ކަމެއް ނުކޮށް އެއަ ރޕޯޓު ބަންދު ކު ރިއްޔާ ކަލޭގެސަ ރުކާ ރު ވެއްޓެނީތަ ބޯހަލާކު.....؟

    15
    1
  4. ތިލަދުން ސިޓީ

    މާލޭގެ މަގުތަކުގަ އުޅޭ މީހުން ވެސް ކުލޮރިން އަޅައިގެން ދޮވެލަބަލަ!

  5. މަރި

    ގޭގަތިބެން ސަރުކާރު ބަންދުކުރީ އެކަމަކު ބައެއް އޮފީސްތަކުގައި ހަމަ މަންތްލީ މަސައްކަތައްނެރެ މީހުންނެރެ މަގުތަކުގައި އެބައުޅޭ އެހީމަ ބުނަނީ ބިލް ބަހަނީއޭ އެމްޑީ އެންގީމަ

  6. އެމަންޖެ

    މި ސަރުކާރު ކޮލޮރީން އަޅައިގެން ފުރަތަމަ ދޮންނަންވީ.