23:59

23:43

22:41

22:28

22:21

22:04

21:44

ޑރ.މުހައްމަދު އިސްމާއިލް: ކްރިޓިކަލް ހާލަތުގައި އެއްވެސް މީހަކު ނެތް. ނިއުމޯނިއާ ޖެހުނީމަ މި ބަދަލު ކުރަނީ ދަރުމަވަންތަ އަށް ބަދަލުކޮށްފައި. އެގޮތައް ބަދަލުކޮށްފައި މިވަގުތު އޮތީ އެންމެ ބަލި މީހެއް. އޭނާ ހުން ނާންނަތާ ދެދުވަސް ވެއްޖެ. އުއްމީދު ކުރަނީ އޭނާ ވެސް ވަރަށް އަވަހަށް ނެގެޓިވް ވެދާނެ ކަމަށް.

21:39

މަބްރޫކް: އާރަށް އެވޭލަބަލް. މިހާރު ވެސް ބޭނުން ކޮންމެ ކަމަކަށް ބޭނުން ކުރެވޭ ގޮތައް އޮތީ.

21:36

ޑރ.މުހައްމަދު އިސްމާއިލް: ބަލީގެ ނުރައްކާ ބައެއް މީހުން އެބައެނގޭ. ނަމަވެސް ސަމާލުކަމެއް ނުދޭ. ދެން މިތިބެނީ ބަލީގެ ނުރައްކާތެރިކަން ނޭނގޭ މީހުން. އެހެންކަމުން އަޅުގަނޑުމެން މިދަނީ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރަމުން. އަޅުގަނޑުމެން މިދަންނަވަނީ ނުރައްކާ ކުޑައެއް ނުވެއޭ.

21:20

21:16

މަބްރޫކް: ފެލައިނީ ރާއްޖެ އައިސްފައި ވަނީ ދުބާއީ އިން. އޭނާ އެނބުރި ދިޔައީ ވެސް ދުބާއީ އިން. ފެލައިނީ އާއި ބައްދަލުވި 20 މީހަކު ވަނީ ފާހަގަ ކުރެވިފައި.

21:13

މަބްރޫކް: ފިލިޕީންސްގައި ދިވެހިންނަށް ރާއްޖެ ނާދެވިގެން އުޅެނީ ފްލައިޓުން ޖާގަ ނުލިބިގެން. އެކުދިންނަށް ރާއްޖެ އާދެވޭނެ ރޫޓިންއެއް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

21:12

މަބްރޫކް: މިއަދު ރާއްޖެ އަށް 91 ދިވެއްސަކު، 213 ފަތުރުވެރިން އަދި ހަތަރު މީހަކު އެމްޕްލޯއީމެންޓް ވިސާގައި ރާއްޖެ އައި.

21:10

މަބްރޫކް: މިހާތަނަށް ރަނގަޅު ވެފައި ވަނީ އިޓަލީވިލާތުގެ ތިން މީހަކާއި، ދެކުނު އެފްރިކާގެ މީހަކާއި ތުރުކީވިލާތުގެ މީހެއް.

21:10

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

20:43

20:34

ޖަރުމަނުން އިތުރު 10 މީހުން މަރުވެ، މިއަދު މަރުވި މީހުންގެ އަދަދު 21ށް އަރައިފި. މިހާރު އެ ގައުމުން ޖުމްލަ 115 މީހަކު މަރުވެފައި ވޭ. އެ ގައުމުން އިތުރު 1،211 މީހަކު ފައްސިވެ، މިއަދު ފައްސިވި މީހުންގެ އަދަދު ވަނީ 2،416ށް އަރާފަ.

ޖަރުމަަނުން މިހައިތަނަށް 27،289 މީހަކު ފައްސިވެފައި ވޭ.

20:16

20:06

19:35

19:27

19:13

18:57

18:46

18:16

ސިންގަޕޫރުން އިތުރު 54 މީހުން ފައްސިވެ ޖުމްލަ އަދަދު 509ށް އަރައިފި.

18:15

އިސްރާއިލް އިން އިތުރު 167 މީހަކު ފައްސިވެ ޖުމްލަ އަދަދު 1،238 ށް އަރައިފި.

18:10

ޕޯޗުގަލް އިން އިތުރު 9 މީހަކު މަރުވެ، ޖުމްލަ އަދަދު 23ށް އަރައިފި. އެ ގައުމުން އިތުރު 460 މީހަކު ފައްސިވެފައި ވާއިރު، ޖުމްލަ އަދަދު ވަނީ 2،060ށް އަރާފަ.

18:08

ނެދަލޭންޑުން އިތުރު 20 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 112 ށް އަރައިފި. އެ ގައުމުން އަލަށް 1،073 މީހަކު ފައްސި (ޕޮސިޓިވް) ވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 8،547 ށް އަރާފަ.

17:30

https://twitter.com/saifullaahmedd/status/1242065994245275649?s=21

17:07

އިރާގުން އިތުރު ތިން މަރު، ޖުމްލަ 23، ފައްސި 33، ފައްސިވި މީހުންގެ އަދަދު 266

އުތުރު މެސެޑޯނިއާއިން އިތުރު އެއް މަރު ޖުމްލަ 2، އިތުރު 21 ފައްސި،ފައްސިވި މީހުންގެ ޖުމްލަ އަދަދު 136

ލިތުއޭނިއާއިން އިތުރު 11 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 154

ބޮސްނިއާއިން އިތުރު 2 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 128

ޓިއުނޭޝިއާއިން އިތުރު 10 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 85

ބަންގަލަދޭޝުން އިތުރު 3 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 33

ހޮންޑިއުރާސްއިން އިތުރު 1 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 27

ޓޯގޯއިން އިތުރު 2 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 18

ބަރުބާދޯސްއިން އިތުރު 3 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 17

މަޑަގަސްކަރައިން އިތުރު 9 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 12

ނިއުކެލިޑޯނިއާއިން އިތުރު 4 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 8

ގިނީއިން އިތުރު 2 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 4

މިހާތަނަށް މިއަދު މަރު 668

ފައްސިވި މީހުންގެ އަދަދު 12550

16:19

16:00

15:52

15:38

ބަންގްލަދޭޝް އިން އިތުރު އެކަކު މަރުވެއްޖެ. މިހާރު އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައި.

15:38

އަލްބޭނިއާގައި އިތުރު އެކަކު މަރުވެއްޖެ. މިއަދު މިހާތަނަށް ތިން މީހަކު މަރުވެފައިވޭ. ޖުމްލަ އެ ގައުމުން މަރުވެފައި ވަނީ ފަސް މީހުން.

15:37

ރޯމޭނިއާ އިން އިތުރު އެކަކު މި ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި.

15:35

ގްރީސްގައި މި ބަލި ޖެހިގެން އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 16 މީހަކު ވަނީ މަރުވެފައި.

15:35

މެލޭޝިއާ އިން އިތުރު ތިން މީހަކު މަރުވެއްޖެ. މިއަދު މިހާތަނަށް ހަތަރު މީހަކު މަރުވި. އަދި އެ ގައުމުން މުޅި ޖުމްލަ 14 މީހަކު ވަނީ މަރުވެފައި. މެލޭޝިއާ އިން އިތުރު 80 މީހަކަށް ބަލި ޖެހިފައިވޭ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,518 އަށް އަރާފައި.

15:34

ބެލްޖިއަމް އިން އިތުރު 13 މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް އެ ބަލީގައި 88 މީހުން ވަނީ މަރުވެފައި. އިތުރު 342 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް އައިއިރު، 3,743 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

15:09

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ފެލައިނީ އައީ ޗައިނާ އިން ނޫން ކަން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ.

15:05

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ސިނަމަން ހަކުރާ ހުރާގެ ސާމްޕަލްގެ ނަތީޖާ ނުލިބޭތީ އާއި މި ކޭސްއާ ގުޅިގެން އިތުރު މީހުން އައިސޮލޭޝަނަށް ދިއުމަށް ވަނީ އެންގިފައި. އެއީ ކަސްޓަމްސްގެ 17 މީހަކާއި އެމްއޭސީއެލްގެ 41 މީހަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ ތިން ސްޓާފެއް.

15:02

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެފައި ތިބި މީހުން ދިރިއުޅޭ ދެ ގެއެއް އޮތީ މޮނިޓަރިން ހާލަތުގައި. އެއީ މާލޭގެ ދެ ގެއެއް.

15:01

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ސިނަމަން ހަކުރާގެ ނަތީޖާ ނުލިބޭ. އިތުރު ބައެއްގެ ފަރާތުން ބަލީގެ އަލާމާތްތަކަށް ޝައްކު ކުރެވޭތީ ބައެއް މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން މިދަނީ. މާލެ އައި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން އެމީހާ ވަނީ އައިސޮލޭޝަންގައި ބެހެއްޓިފައި. މިކަމާ ގުޅިގެން މާލޭގައި އިތުރު ޓެސްޓްތަކެއް ހެދޭނެ.

 

14:59

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައީ 160 ދިވެހިން، އަދި 204 ފަތުރުވެރިން. ރާއްޖޭގެ އެކި ވިސާތަކުގައި އައި މީހުންގެ އަދަދަކީ 29 މީހުން.

 

14:58

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ވިލިމާލޭގައި އާ ފްލޫ ކްލިނިކެއް ވަނީ ހަދާފައި. އެއީ އައިޖީއެމްއެޗްގެ ފަރާތުން ހުޅުވި ތަނެއް. މިދިޔަ 24 ގަޑިއިރުތެރޭގައި ސެނަހިޔާގައި ހުންނަ ކްލިނިކަށް 177 މީހެއް، ޓްރެވަލް ކްލިނިކަށް 18 މީހެއް، އަދި އެކްސްޕާޓް ކްލިނިކަށް 16 މީހެއް ދެއްކި.

 

14:56

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: ކަރަންޓީން/އައިސޮލޭޝަންގައި ވެލިދޫގައި 19 މީހެއް، ފަރުކޮޅުފުށީގައި މީހަކު ނެތް، ދަރުމަވަންތައިގައި ތިން މީހުން. ކަރަންޓީނު ފެސިލިޓީތަކުގައި 496 މީހުން އެބަތިބި.

14:55

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް: މިހާތަނަށް 673 ސާމްޕަލް ނެގިއިރު، 660 ސާމްޕަލް ވަނީ ނެގަޓިވްވެފައި.

 

14:49

މިހާތަނަށް 13 މީހުން ފައްސިވި އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައި. އަދި އަލަށް ވަނީ ދެ މީހަކު ނެގަޓިވްވެފައި. އެ ދެމީހުން ވަނީ ގެއަށް ދޫކޮށްލެވިފައި. މިހާރު ފަރުވާ ދެމުން ދަނީ އަށް މީހުންނަށް. އެހެންކަމުން މިހާތަނަށް ރާއްޖެ އިން މި ބަލިން ފަސް މީހަކު ވަނީ ސަލާމަތް ކުރެވިފައި.

14:39

14:39

14:38

14:38

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

14:38

ހެއިޓީ އިން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ފަސް މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

14:37

މަޔޯޓޭ އިން އިތުރު 10 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 21 މީހެއްގެ ގައިން ބަލި ފެނުނު.

14:37

ގާނާ އިން އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 24 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

14:36

އޮމާނުން އިތުރު 11 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 66 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

14:36

ހޮންކޮން އިން އިތުރު 38 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 357 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

14:35

ޑެންމާކުން އިތުރު 55 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 1,165 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

14:33

ޖަރުމަނުން އިތުރު ފަސް މީހަކު މަރުވެއްޖެ. މިހާތަނަށް 99 މީހުން ވަނީ މަރުވެފައި. އިތުރު 608 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް 25,481 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

14:33

ސްވިޑެން އިން އިތުރު ތިން މީހަކު މަރުވެއްޖެ. މިހާތަނަށް 24 މީހަކު ވަނީ މަރުވެފައި.

14:32

ސްލޮވޭނިއާ އިން އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައި.

14:32

އަލްބޭނިއާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި.

14:20

13:53

ގެމްބިއާގައި ކޮވިޑް-19 ބަލި ޖެހުނު މީހާ މަރުވެއްޖެ.

13:52

އައިވަރީ ކޯސްޓުގައި އިތުރު 11 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 25 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:51

ބޮލީވިއާގައި އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 27 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:51

ސްރީ ލަންކާގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 87 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:50

ލެޓްވިއާގައި އިތުރު 41 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 180 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:49

ކުވައިތުގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 189 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:48

ކްރޮއޭޝިއާގައި އިތުރު 52 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 302 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:48

ޕޮލެންޑްގައި އިތުރު 15 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާތަނަށް 649 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:47

ފިލިޕީންސްގައި އިތުރު 66 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 462 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:46

މެލޭޝިއާގައި އިތުރު އެކެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 11 މީހަކު މަރުވެފައިވޭ.

13:46

ބްރެޒިލްގައި އިތުރު 58 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 1,604 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:44

ސްޕެއިންގައި އިތުރު 41 މީހަކު މި ބަލީގައި މަރުވެއްޖެ.. މިހާތަނަށް 1,813 މީހެއް މި ބަލީގައި މަރުވެފައިވޭ. އެ ގައުމުގައި އިތުރު 1,141 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް 29,909 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:30

12:57

ނޭޕާލްގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. އިއްޔެ އެ ގައުމުން ބަލި ޖެހުނު ކަމަށް ބުނާ މީހާ މިހާރު ވަނި ނައްސި (ނެގަޓިވް) ވެފައި.

12:57

ފިޖީ އިން އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ތިން މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:56

މަޑަގަސްކަރާ އިން އިތުރު ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 12 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:55

މޮންޓެނިގްރޯގައި މި ބަލި ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ. އެ ގައުމުގައި މި ބައްޔަށް އިތުރު އެކަކު، ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22 އަށް އަރާފައި.

12:55

އުޒްބަކިސްތާނުގައި އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 46 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:54

ލިސްޓެންސައިންގައި އިތުރު ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 46 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:53

ކެމަރޫންގައި އިތުރު 16 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 56 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:52

ވެނެޒުއޭލާގައި އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 77 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:52

ސްރީލަންކާ އިން އިތުރު ހަތަރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 86 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

12:51

ކެމްބޯޑިއާގައި އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 86 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:51

ވިއެޓްނާމްގައި އިތުރު ފަސް މީހެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާތަނަށް 118 މީހުންގެ ގައިން މި ބަލި ފެނިފައިވޭ.

12:50

ހަންގޭރީގައި މި ބަލި ޖެހިގެން އެކަކު މަރުވެއްޖެ. މިހާތަނަށް ހަތް މީހަކު ވަނީ ބަލީގައި މަރުވެފައި. ހަންގޭރީން އިތުރު 36 މީހަކު މިބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 167 އަށް އަރާފައި.

12:49

ބަލްގޭރިއާގައި އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 190 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:49

ޓައިވާންގައި އިތުރު 26 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 195 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:48

ކޮލަމްބިއާގައި އިތުރު ހަތަރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 235 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:48

މެކްސިކޯގައި އިތުރު 65 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 316 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:47

ބަހްރެއިންގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 335 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:47

ފިލިޕީންސްގައި އިތުރު އަށް މީހަކު މަރުވެއްޖެ. މިހާތަނަށް 33 މީހަކު ވަނީ މަރުވެފައި. އިތުރު 16 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 396 އަށް އަރާފައި.

12:46

ރަޝިޔާ އިން އިތުރު 71 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 438 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:45

ތައިލެންޑްގައި އިތުރު 122 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 721 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

12:44

ޕާކިސްތާނުގައި އިތުރު އެކަކަށް މި ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން ހަ މީހަކު ވަނީ މަރުވެފައި. އެގައުމުގައި އިތުރު 27 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. މިހާތަނަށް އައިއިރު، 803 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

12:44

އިޒްރާއީލުން އިތުރު 167 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 1،238 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:43

އޮސްޓްރޭލިއާގައި އިތުރު 100 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 1,709 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:43

އޮސްޓްރިއާގައި އިތުރު 45 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 3,627 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

12:42

ސްވިޓްޒަލެންޑްގައި އިތުރު 250 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7,724 އަށް އަރާފައި.

12:41

ދެކުނު ކޮރެއާ އިން އިތުރު ހަތް މީހުންނަށް ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 111 މީހުން ވަނީ މަރުވެފައި. އެ ގައުމުގައި އިތުރު 64 މީހުންގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް އެ ގައުމުން 8,961 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

12:40

އެމެރިކާ އިން އިތުރު 38 މީހަކަށް ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 457 މީހުން ވަނީ މަރުވެފައި. އިތުރު 1،514 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް އައިއިރު، އެ ގައުމުން 35,060 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

12:24

12:08

11:49

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރާ ބައެއް ވެހިކަލްތަކާއި، އެއާޕޯޓްގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްފި.

11:32

11:21

11:20

11:10

10:27

10:24

10:08

09:45

09:21

ޗައިނާ އިން އިއްޔެ ވެސް ކޮވިޑް-19 ޖެހިފައިވާ އިތުރު މީހަކު ފެނިފައެއް ނުވޭ. އިއްޔެ ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވި 39 މީހުންނަކީ ވެސް ބޭރު ގައުމުތަކުން އެގައުމަށް އެތެރެވި މީހުން ކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ވިދާޅުވެއްޖެ. އިއްޔެ ޗައިނާ އިން ވަނީ ކޮވިޑް-19 ޖެހިގެން ނުވަ މީހުން މަރުވެފައި.

09:14

08:50

02:03

މޮރޮކޯއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި

02:02

ކޮވިޑް-19 ޖެހިގެން މިސްރުން އިތުރު 4 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 14 އަށް އަރާފަ

01:00

00:59

00:43

00:41

ޑޮމިނިކަން ރިޕަބްލިކް އިން އިތުރު 90 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 202 އަށް އަރާފަ

00:40

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން މިވަނީ މިބަލީގައި 4 މީހަކު މަރުވެފަ. އެގައުމުން މިހާތަނަށް 646 މީހަކު ފައްސިވެފައިވޭ

00:39

ކޮވިޑް-19 ޖެހިގެން އައިލޭންޑުން އިތުރު މީހަކު މަރުވެއްޖެ. މި ބަލީގައި އެގައުމުން މިހާތަނަށް 4 މީހަކު ވަނީ މަރުވެފަ

00:38

އިސްރާއީލުން އިތުރު 188 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު އެގައުމުް ފައްސިވި މީހުންގެ އަދަދު މިވަނީ 1،071 އަށް އަރާފަަ.

00:32

ކޮވިޑް-19 ޖެހިގެން ތުރުކީން އިތުރު 9 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 30 އަށް އަރާފަ. އަދި އެގައުމުން މިހާރު މިވަނީ އިތުރު 289 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު 1،236 އަށް އަރާފައި

00:30

އިނގެރޭސިވިލާތުން އިތުރު 554 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 665 މީހަކު ވަނީ މިބައްޔަށް ފައްސިވެފަ. މިހާތަނަށް ޖުމްލަ 5683 މީހަކު ފައްސިވެފައިވޭ.


ކޮވިޑް-19 ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ނަތީޖާއެއް ނުފެނި، ބަލި ކޮންޓްރޯލް ނުކުރެވި، ރެކޯޑް އަދަދެއްގެ މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރެގައި ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއަދު 35418 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު 340408 އަށް އަރައެވެ. މިއަދު 1566 މީހަކު 40 ގައުމަކުން މަރުވިއެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 14573 އަށް އަރައެވެ. މިހާތަނަށް 97571 މީހުން ބަލިން ރަނގަޅު ވެފައި ވާއިރު މިހާރު ވެސް ބަލި ޖެހިފައި 228264 މީހުން އެބަތިއްބެވެ. ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 10535 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.

އިޓަލީވިލާތުގެ ހާލަތައް ބަލާއިރު ކޮވިޑް-19 ޖެހިގެން މިއަދު ވެސް އިޓަލީވިލާތުން އިތުރު 651 މީހަކު މަރުވިއެވެ. މިއަދު އެގައުމުން މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ 5476 އަށް ވަނީ އަރާފައެވެ. އިޓަލީވިލާތުން މިއަދު އިތުރު 5560 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ 59138 އަށް އަރައެވެ. މިހާރު ވެސް 3000 މީހުންގެ ހާލު ދެރަކަމަށް އިޓަލީވިލާތުގެ ސަރުކާރުން ބުނެއެވެ.

ފަރަންސޭސިވިލާތާއި، ޖަރުމަންވިލާތާއި، ސްޕޭންގެ ހާލަތު ވެސް މިއަދު ވަނީ އިތުރަށް ގޯސް ވެފައެވެ.

ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބައެއް މީހުންގެ ނަތީޖާ މިރޭ ވަނީ ލިބިފައެވެ. އިތުރު މީހަކު ރާއްޖެ އިން ފައްސި (ޕޮޒިޓިވް) ވެފައެއް ނުވެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި މީހުން މާލެ ސަރަހައްދުގައި ތިބެދާނެ ކަމަށާއި އެއްވެސް ތަނަކުން އޭނާ އާއި ބައްދަލުވި މީހަކު ހުރިނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ 1676 އަށް އެންގުމަށް ސަރުކާރުން މިރޭ ވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިރުޝާން

    އަދިވެސް ތިއުޅެނީ ފްލެޓް ނައިސްގެން.. މޮޔަފުޅުވީތޯ..

    ބަލަގަ ވައިރަސް ޔައުނީ އެޖެންޑާ19 ނޫނީ ކޮވިޑް19 އަންނީ ހަމަ ތި ފްލައިޓް ތަކުންނޭ..

    އަލީވަހީދު މުއްސަނދިވާން މަހުޖަނުން އަތުން ފައިސާ ހޯދައިގެން ލޮކްޑައުން ނުކުރީމަ ދޯ މިނުރައްކަލާ ކުރިމަތިމިވީ

    ފުރަތަމަވެސް އެހެންގައުމުގަކުން ހެދިހެން އެއާރޕޯޓު ބަންދުކުރިނަމަ ހީ ޑޮކްޓަރުންނަށް މިބުރައެއް ދައލުތަް ފައިސާ ގެ ބުރައެއް.. އަދި މީހުންނަށް ނަމާނުކޮށް ދިތބޭކަށް ނުޖެހުނީސް..

    އަދިވެސް މިދުވަނީ ދޮންމީހުން ފަހަތުން ޑޮލަރު ފަހަތުން... އެކަމަކު ނޭގޭ މިދެވެނީ ކޮރޯނާ ފަހަތުން ކަމެއް.. ވައްﷲ އައުލަމް

  2. މީހާ

    ފައްސިވި މީހުން ނައްސިވީމަ އައްސިކުރީމަ ރަނގަޅުވާނެ.