ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމެވީ ފައިސާ ލިބޭނެ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށާއި ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ލިބިވަޑައިގެންފި ނަމަ، މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ގާސިމް އިޝާރާތް ކުރެއްވި ދެ މިލިއަން ޑޮލަރަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭން ނިންމާފައިވާ ލޯނެވެ. ބީއެމްއެލް އިން މިގޮތަށް ނިންމުމާ އެކު، އެ ލޯނަށް އެދި ހުށަހަޅާ ކޮންމެ ރިސޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ވެސް އެންމެ ގިނަވެގެން 30 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ލިބޭނެއެވެ. މިއީ ޝޯޓް ޓާމް ފައިނޭންސިންއެއްގެ ގޮތުގައި ބީއެމްއެލް އިން ތައާރަފްކުރި ލޯނެކެވެ.

ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިްނމީ އެއްވެސް ތަނަކުން ލޯނެއް ލިބޭނެ ގޮތެއް ނުވެގެން ކަމަށެވެ. އެކަމަކު، ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ލިބިއްޖެ ނަމަ، މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެވިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެ ކަމަށް ބުނީމަ، އަޅުގަނޑު ދެންނެވިން 10،000ރ. އިން ފެށިގެން ދަށް މުސާރަވެރިންނަށް މާޗް މަހުގެ މުސާރަ ފުލްކޮށް ދޭނެ ކަމަށާއި ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމަށް. އަދި އެމީހުންގެ ސާވިސް ޗާޖު ވެސް ލިބޭނެ ކަމަށް ދެންނެވިން،" ގާސިމް ވިދާޅުވިއެވެ.

"ނަމަވެސް އެއަށް ވުރެ މަތިން މުސާރަ ލިބޭ ބޭފުޅުންގެ ކަންތައްތައް އަޅުގަނޑުމެން ނިންމާނީ އޭގެ ފަހުންކަމަށް އަޅުގަނޑުމެން ދެންނެވީ. އަދި އެ ޓާމްސް އެންޑް ކޮންޑިޝަނަށް ބަލާފަ އެލިބޭ މިންވަރަކަށް ބަލާފަ. އެއީކީ އެއްގޮތަކަށްވެސް މިކަމާ ގުޅުންހުރި ކަމެއް ނޫން،"

ގާސިމް ވިދާޅުވި ގޮތުގައި ނުލިބޭ އެއްޗެއް "ދެވޭނެ ގޮތެއް" ނޯންނާނެއެވެ. އަދި ނެތް އެއްޗެއް ވެސް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ހޯދަން ކުރައްވާ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މިކަން ދިމާވެގެން އުޅެނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި އިނގިރޭސި ވިލާތާއި ޖަރުމަނު ފަދަ ބޮޑެތި ކުރިއަރާފައިވާ ގައުމުތަކުގެ ހާލަތު ވެސް އޮތީ އެގޮތަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ގަވައިދުން ލިބެމުން ނުދިއުމާއި އެކި ގޮތްގޮތުން ހޯދަން މަސައްކަތްކުރެވުނު ލޯނުތައްވެސް ނުލިބޭތީ އަޅަންޖެހޭ ބައެއް މާލީ ފިޔަވަޅުތައް ވިލާ ޝިޕިން އާއި ވިލާ ގުރޫޕުން އަޅަންޖެހޭ ވަގުތުގައި ހާލަތަށް ރިއާޔަތް ކުރައްވައި އަޅުއްވާނެ ކަމަށެވެ.

ރިސޯޓުތައް ދިނީ އަގަކާ ނުލާ، އަޅުގަނޑު ބޮޑު އެއްޗެއް ވެސް ބޭނުމެއް ނޫން: ގާސިމް

ވިލާ ގުރޫޕަކީ އިންސާނިއްޔަތަށް އެހީވުމަށް މަސައްކަތްކުރާ ބައެއްކަން ކޮންމެ ދިވެހި ރައްޔިތަކަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި ބާރު ހުރިކަން ދައްކަން ނުވަތަ ބޮޑާކަން ދައްކަން ނުވާނެ ކަމަށާއި ޚާއްސަކޮށް މިވަގުތަކީ އެފަދަ ކަންކަން ދައްކަންވީ ވަގުތު ނޫން ކަމަށެވެ. ވިލާ އިން މިހާ ދުވަސްވަންދެން ކުންފުނި ކުރިއަށް ގެންދިޔައީ މާލީ ތަނަވަސްކަން ލިބެމުން ދިއުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް، ގާސިމް ވަނީ ރޯޔަލް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓު އެއްވެސް އަގަކާ ނުލައި ސަރުކާރަށް ދެއްވައިފައެވެ. ކޮވިޑް-19 އާ ގުޅިގެން ވިލާ އިން ވަނީ އެ ރިސޯޓަށް ފަތުރުވެރިން ގެނައުން ހުއްޓާލައިފައެވެ.

ގާސިމްގެ އަނެއް ދެ ރިސޯޓު ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓު އަދި ދޫކޮށްލާފައި ނުވާ އިރު، އެ ދެ ރިސޯޓުގައި މިހާރު ވެސް ފަތުރުވެރިން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ހަސަދު

  ރަނގަޅު ގޮތް ހޯދާ ދޭންވެގެން ލިބުނު ފައިދާ އެއްކޮށް ޖީބަށް، ޓެކުސް ވެސް ނުދެއްކުނު. ދެން ފަިޔަފާރި އަޑި އަޅާލާ އިރަށް މުސާރަ ކަޑާލުން. ދެން ހެޔޮ އަގުފައި ބޭރު މީހުން ގެނެސް ރަސް ފުރާލުން. ދެން ސަރުކާރަށް އޮޅުވާލަން ވެގެން އެކައުންޓަންޓުން ނަށް ދިވެސަކު ކައިރި ވެސް ނުކުރޭ. މިވަރަށް ހެޔޮ ގޮތަ ހޯދާ ދެވޭނީ.

  29
 2. ބުއްޓޫ

  މަނިއްޕުޅު. ޙާސްވެ ނުލައްވާ. 2023 ޔަޤީން

  3
  24
 3. ކަލީމް

  ގާސިމްގެ ހަގީގީ ކުލަ މިހާރު ފެނި ނިމިއްޖެ. މާތްﷲ އާ އޭނާ އަހުރެން ވަކީލު ކޮށްފިން. އޭނާ ވިލާ ޓީވީ މުޒވައްޒަފުންނަށް ހެދި ގޮތް އެއީ އެނގި ފެންނާން ހުރި ކަމެއް. އެ ގޮތް އޭނާ އެހެރެ ހެދީ އޭނާގެ ރިސޯޓް މުވައްޒަފުންނަށް. އެހެންވީމާ ގާސިމް އިތުރަށް ކީކޭ ބުނާނީ. އޭނާ އަކީ މީހުން ކޮށްދޭ ހެޔޮކަން ބަލައިގަންނަ މީހެއް ނޫން. އަމިއްލަ އެދުން ފުދުމުން މީހުން ހަލާކުކޮށްލާ މީހެއް.

  32
 4. އަލީ

  ގާސިމްއަށް ތިކަން ވެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު. މީނަގެ މުވައްޒަފުންނަށް ކިތަންމެ ފަހަރަކު ވައުދުވެ ހަރާމްކޯރުވެފައިވާ މީހެއް ގާސިމަކީ. ދެން ކިިހިނެއްތޯ ކިތަންމެ ދަޅައެއް ދެއްކިއަސް މީކަލޭގެ ދައްކާ ވާހަކަ ގަބޫލު ކުރާނީ.

  27
 5. ނަހޫ

  ހުސް ދޮގު ހަދާމީހެއްތީ. ޢެހީ ވަނީވެސް ކަރީގަ ސަނާ ކިޔަން އުޅޭ މީހުންނަށް. މާ ފައިދާ ތަކެއް ވާނެކަމަށް. ޢެހެން މީހަކު އެހީ ހޯދަން ސަލާން ޖެހިޔަސް ކަހާތަން ހިރުވާވެސް ނުލާ. މިހާރު މި ތެޅިގަތީ ރައްޔިތުންގެ ލާރިން ލޯނު ނަަގަން. ޓެކުހެއް ދައްކަނީ ކީ ނޫން. ނަގާ ލޯނެއް ދައްކަނީކީ ނޫން. ގާސިމްބޭ ތިޔަހެން ލާރިޔާ ހެދި މޮޔަފުޅު ވެގެން ނޫޅެބަލަ.

  23
 6. ސަމްސިއްޔާ

  ކޮންއަޅުގަނޑު ދެންނެވީ އޭ ކިޔާކަށް. ހަމަ ކަނޑާފައި ފޮނުވާނލީ. އެއި ތިޔަ ބޭފުޅާގެ އިންސާނިއްޔަތުކަން ހުރިވަރަކީ.

  15
 7. ހުސޭނުބޭ

  ގާސިމްބޭ ގަބޫލުކުރަމުތަ ޒަކާތް ނުނެރެ އެ ދިރުވާލާ މީހުން ދުވަހަކު ހިތެއް ނުފުރޭނެ! މުދަލަކު ބަރަކާތެއްވެސްނުލައްވާނެ!

  16
  1
 8. ައައިމިނަ

  ކޮބާތޯ ލިބުނު ފައިދާ

  14
  • ސަޓޯ

   ނަހުލާ ގަތީ ލިބުނު ފައިދާއަށް

 9. އަޙްމަދު

  މާނިކުފާނުގެ ވިޔަފާރީގައި ބަރަކާތް ލައްވާ އިތުރަށް ކުރިއަރުވާފާނދޭވެ. މުވައްޒަފުންނަށް ރަނގަޅުގޮތެއް ވާނެ ކަމަށް އުއްމީދު ކުރަމެވެ.

  10
  3
 10. ސައީދު

  ތިޔަށްވިޔަފާރި ކިޔާފަ ދައުލަތުގެ ފައިސާ ޖީބަށްކަހާލުމަށް ކިޔާނީ ކީކޭ. ކަލޭމެންގެ މުވައްޒަފުންނަށް ހަމަމުސާރަ ދޭތީ އިތުރު 3 ރިސޯޓު ހަދާނެ ފައިސާ ދައުލަތުންދީފަ. ދެންވެސް ދައްކަންހުރި ފައިސާއެއް މައާފުކުރީމަ އާދައިގެ ނިކަމެތިންނަށް އޮތީ ކޮންމޮޅެއް. މިއުޅެނީ ކަރާކިލޯއެއްވެސް ނުވިއްކިގެން.

 11. ވެރިޔާ

  ޤާސިމްގެ ހުރިހާވެސް އެދުމަކީ ރާއްޖޭގެ ރައީސް ގެ މަޤާމު ލިބިގަތުން.

 12. ސަން އައިލެންޑް

  ބޭ ރުން މީހުން ލައްވާ ގުލާނު ތަޅުވާފާ. ސާވިސް ޗާޖު ކޮޅުވެސް ނުދީ ފޮނުވާލީ. އަދި އެވަ ރުން ނުވެގެން މިމަހު 15 އިން ފެށިގެން ނޯޕޭ އައުލާނު ކޮށް ސުޓާފުން ލައްވާ މަޖުބޫ ރުން ޖެނެ ރަލް މަސައް ކަތް ކު ރުވަނާ . ގައުމައް ދެވޭނޭ ގޮތެއް ނެތް .މުސާ ފައެއް ނުދޭ. ސާވިސް ޗާޖު ކޮޅުވެސް ކާލީ.

 13. ސަންއައިލެން ސުޓާފުން

  ޕެބް ރުއަ ރީ މަހު ގެސްޓުން އަތުން ސުޓާފުން ނައް ްްްްްްްްްްްްްްްްްް ދޭންށޭ ކިޔާފަ ނެގި ސާ ރވިސްޗާޖު ކޮބާ؟ އެވެސް ކާލައިފި. މުސާ ރަ އެކަނި އެއް ނޯން

 14. ސަޓޯ

  ފަގީރު ސޭޓޫ ކަލޭދެން ދުވަހު މުސާރައަށް މީހުން ގެންގުޅެންވީނު... ކީއްކުރާ ވިޔަފާރިއެއް ތިއީ.. ލަދު.. ގެސްޓަކު ނައަސް 14 ދުވަސްވާއިރަށް މިކަލޭގެ ބަނޑައްޖެހި ބިކާރީވޭ ވިއްޔަ

 15. ސޮއްބެ

  ސިޔާސީ ނުފޫޒު ބޭނުންކޮއްގެން ޓެކްސް ނުދައްކާ އުޅޭ މީހެއް ނޫޅޭނެ މިނޫނިއްޔާ... އެކަމަކުވެސް ކަމެއް ޖެހުނީމަ އަތުގަ ނޯވޭ ބައި ރުފިޔާގަނޑެއްވެސް... ލަދު