ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ވިޔަފާރިވެރިންނަށް އެކަނި ފައިސާ ދީގެން އާންމުން ދިރިއުޅޭ ގެތަކަށް ފައިސާ ނުވަންނަ ކަމަށާއި މިއީ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެހީވާންވި ވަގުތު ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ބޮޑެތި ކުންފުނިތަކަށް އެކަނި ލިބޭ ފައިސާގެ ސަބަބުން ހުރިހާ ގޭބިސީތަކަށް އެކަމުގެ ފައިދާ ނުކުރާނެ ކަމަށެވެ. އަދި މިވަގުތު ރާއްޖެ އަށް ބޭނުން ވަނީ ރަނގަޅު ކޮންޓިންޖެންސީ ޕްލޭނެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ގިނަ ބައެއްގެ މުސާރަ ކުޑަކުރަމުންދާ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، މިވަގުތު ސަރުކާރުން އިސްނަގައިގެންް ގޭބީސީތަކަށް އެހީ ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ.

"ގޭބިސީތަކަށް ފައިސާއެއް ނުވަންނާނެ، ނޫންތޯ ހުރިހާ އެންމެންނަކީ އެންމެ ބޮޑެތި ވިޔަފާރިވެރިން ކައިރީ މަސައްކަތް ކުރާ ބައެއް ނޫން. އެހެންވީމަ ސަރުކާރުން އެބަ ޖެހޭ މިކަހަލަ ގޭބީސީތަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދެއްވަން. އެއީ މިހާލަތުން އަރައިގަތުމަށް. ވަގުތު އޮއްވާ ރަނގަޅު ކޮންޓިންޖެންސީ ޕްލޭނެއް މިހާލަތުން އަރައިގަންނަން އެބަ ބޭނުންވޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރިތަކަށް އެހީވުމަށް ފައިސާ ދެނީ ބޭންކްތަައް މެދުވެރިކޮށް ކަމަށްވާ އިރު، އެ ފައިސާ ވެސް އަވަހަށް ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.

ޖާބިރު އެގޮތަށް ވިދާޅުވި އިރު، ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނަށް އެދި ހުށަހަޅާ ކޮންމެ ރިސޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ވެސް އެންމެ ގިނަވެގެން 30 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ލިބޭނެ ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ.

" އިންޑަސްޓްރީތަކަށް އެހީވާން ދޭ ފައިސާ ބޭންކުން އެބަ ޖެހޭ އަވަހަށް ފޯރުކޮށްދޭން. ދެން އާންމުކޮށް ބޭންކްތައް އޮޕަރޭޓްވަނީ ކޮމާޝަލްކޮށް. ނަމަވެސް މިކަމުގައި ޖެހޭ މި ޕްރޮސެސް އަވަސް ކުރަން. ސަރުކާރުން ފައިސާ ދޭން ނިންމީ ވަރަށް ރަނގަޅު މަގްސަދެއްގައި. އެކަން ހާސިލް ވާނީ މި މަސައްކަތް އަވަސްވެގެން. މި ފައިސާ އެބަ ޖެހޭ އިންޑަސްޓްރީތަކަށް ޖެނެރޭޓްވާން." ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެން ފެށި ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ކުރަމުންދާތީ ވިޔަފާރިތަކަށް އަންނާނެ ހީނަރު ކަމަށް ވިސްނައި އެހެން ވިޔަ ނުދިނުމަށް އިންޓްރެސްޓް ރޭޓް ދަށްކޮށް އަނބުރާ ދެއްކޭ ގޮތަށް ލުއި ލޯންތަކެއް ހަމަޖައްސައި ދިނުމަށް ރާވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓު ދަށްކޮށް ވީހާވެސް ލުއި ގޮތްތަކެެއް އަނބުރާ ލޯނު ދެއްކުމަށް އެކުލަވައިލުމަކީ ވިޔަފާރިތައް މުޅިން ބަނގުރޫޓު ނުވެ ބެހެއްޓުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި މީހުންގެ ވަޒީފާތައް ގެއްލުނަ ނުދިނުމަށް ވެސް އެއީ އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޓިނު

    ވަރަށް ރަނގަޅު ވާހަކައެއް ދެރައީ ގިނަމެންބަރުން އަބަދުވެސް ވިޔަފާރި ތަކުގެ ވާހަކަ ދައްކާތީ

    52
    6
  2. ލިއުޝާ

    ޖާބިރު މީ މޭންނެކޭ.

    25
    4
  3. ފާ

    މޭން އެކޭ

    15
    3
  4. މިސްޓަރު

    ޖާބިރުކަހަލަ މެންބަރުން ބޭނުމީ ދެންތިބީ ވަގުތީއުފާ ކުރާ މެންބަރުން ގޮޑި ބަދަލްކުރާ؟؟ މާލޭގައި ކުއްޔަން އުޅޭ މީހުންގެ ހާލްކޮބައި ؟؟އަދި ބޯހިޔާ ވަހިކަން ނުލިބި އެތަކެން އަހަުވީ މީހުންކޮބައި؟؟ ބަލަ މިހާރުވެސް އެއްކަލަ ހަތްހާސް ފުލެޓް ދިނުން އަވަސްކުރޭ އަނެއްކާ ދެވަނަ ރޯދަމަސް އައިސް ކުރިމަތިވަނީ؟ ކުރީގެ ސަރުކާރުންވަނީ މިދިއަހަރުގެ ރޯދަޔަން މިފުލެޓްދޭނެކަމްން މިސަރުކާރުގެ ދަތުރު ދިގުވަނީ މިވެރިން ނާގާބިލީތަ؟؟ރައީސްހާވީހާވެސް އަވަސްކޮއްދެއްވާ؟؟

    22
    6
  5. ހުސޭނުބޭ

    ތިމާ މީހާ އެކަން އަމަލުން ދައްކަވާ! ދާއިރާގެ ކޮންމެ ގޭބިސީއަކަށް މި މާޗްމަހާއި އެޕްރީލްމަހު ކޮންމެ މަހަކު ކޮންމެ ގެއަކަށް 2000 ރުފިޔާ ދެއްވުން ވަރަށް ރަގަޅުވާނެ!

    23
    4
  6. އިބްރާ

    ކޮރޯނާ ފެތުރެމުންދަނިކޮށް އިޓަލީން މީހުން ގެންނަން އެންމެ ބޮޑަށް މަޖިލީހުގައި މީނާވަނީ ވާހަކަދައްކައިފަ. ވީމާ މީނާގެ އޯލް އެސެޓްސް ދައުލަތަށް ނަގަންޖެހޭ. އަދި މަޖިލިސް ރައިސްގެ އަނގައިގެ ވިހަ ރާއްޖެއަށް ޖެހުނީކަމަށް ބެލެވޭ. ޖުމްލަކޮށް އެމްޑީޕީގެ މަޖިލިސް މެމްބަރުންވަނީ މިބައްޔަށް ޖޯކްޖަހައިފައެވެ.

    30
    5
    • ކަނީރު

      ކަލޭ އެހެންކަމަކާ އުޅެގަ

      1
      2
  7. އަޖާއިބު

    އާންމުން ނަގާފަ ހުރި ލުއި އެކްސްޕްރެސް ލޯނުތަކާއި ސަރުކާރުގެ ފްލެޓްތަކުގެ ކުއްޔަށް ލުޔެއް ދޭން އެބަޖެހޭ. އެތައް ބައެއްގެ ވަޒީފާތައް ގެއްލުމާއި މުސާރަތައް ކުޑަވުމުގެ ބިރި މި އޮތީ ބޯމަތިވެފަ

    25
    2
    • ސަމްކުޅިބޭ

      އެހެންޏާފަހެ، މިހިރަ މިހިރަ ކަންތައްތަކަކީ އަހަރެއަހަރެމެންނާ އަރާއަރަފޯދިގެންވާ ކަންތައްތަކެއް ނޫންވިއްޔާއެ!

  8. ބޭންކް

    ތީ ކަނޑައެޅިގެން ދޮގެއް ލޯނަށް ބޭނުންވާ ކޮންމެ ގެސްޓް ހައުސްއަކަށް 2 މިލިއަން ކީއްކުރަން ބައިރުފިޔާ ފޮއްޗެއްވެސް ނުދޭ މޯގޭޖް ކުރާނެ އެއްޗެއް ނެތިއްޔާ، ތަންތަން ކުއްޔަށް ނަގައިގެން ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ލޯނު ލިބޭނެ ލުއިގޮތެއް ހަމަޖެހިފައެއް ނެތް، މި ފަދަ މީހުންގެ ޙައްޤުގައި ވާހަކދައްކާނެ ފަރާތެއް ނެތް އަދި މިވާހަ ކަތައް ލިޔާނެ ނޫހެއްވެސް ނެތް މިއީ ކޮން ކަހަލަ ޤައުމެއް. މޮޅު މީހާއަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް ހިތާމައިގެ ކޮޅެއްނެތް

  9. ސާމަތު

    އަސްލުވެސް ރާއްޖޭގެ ރައީސަކަށް ލާންވީ ޖާބިރު.

  10. ރައްޔަތު މީހާ

    މިކަން ކުރެވޭ.. ޖަލްސާ ބޭއްވޭ.. ވިޔަފާރި ކުރެވޭ.. ރިސޯޓު ހިންގޭ.. ފޮލިޓިކަލް ކަންކަން ކުރެވެ

    އަހަރުމެން މިސްކިތައް ދިއުން މަނަލީ<

    ކޮރޯނާ ނުޖެހޭ ތަ މިކަންކަމަށް ބައްދަލުވުން ބޭއްވީމަ..؟

    ﷲ ގެ ގެކޮޅަށް ގޮސް ދުއާ ކުރީމަ ނަމާދު ކުރީމަ ހުކުރު ކުރީމަ ނޫންތަ ސަލާމަތްކަން އޮތީ..؟

    އަސްބާބު ތަކުގައި ހިފައި ތާހިރުވެ، މާސްކު އަޅައިގެން ހަމަ އެންމެން ނަމާދު ކޮށް ދުޢާކުރަން ވީނޫންތަ؟

    އެކަމަކު މިމީހުން މިބަލަނީ އެހެންގޮތްގޮތުން ސަލާމަތް ކަން ހޯދަން.. މިފަދަ ވަބާއެއް ކުރިމަތި ވީމަ ވެސް އިސްލާހެއް ނުވީ..؟

  11. ސޜޭމް

    ޖާބިރަށާއި އިޓަލީއައްވެސް އެހީވާންޖެހޭ އެހެންނުން..

  12. ހަޑާދޫ

    ކިތަމެރަނގަޅު ވާހަކަ އެއްކަލޭދެއްކިޔަށް ހިތުން ރުހުމުން ކަލޭ ބައިގަތުމަކީ ވަރަށް އުނދަގޫކަމެއް ދެން ކޮންމެއަކަސް އަނެއްކާ ކޮންނިޔަތެއް އޮވެގެން ދެއްކި ވާހަކައެއްބާ!

  13. ލޮލިޕޮޕް

    މީދެން ކާކު ފައިސާ ފައިސާ ކިޔާލަ ކިޔާލާ މިހުންނަނީ؟ ބަލަ މިކަލަ ކަންކަމަކީ އިންސާނުން ހެއްދެވި ފަރާތުން އެބައިމީހުން އިމްތިހާނު ކުރެއްވުމަށް މެދުވެރިކުރައްވާ ކަންތައްތައްކަން ޤަބޫލުކޮށް ކޮންމެ މީހަކުވެސް ޚަރަދު ކުޑަކުރުމަށް ވިސްނަބަލަ. އެހެންމީހުންގެ ތައްޕާހުން އުޅެން ދަސްކޮށްފިމީހާ މިފަދަ އިމްތިހާނުތަކުން ވާނީ ފެއިލް.

  14. ޝީޒާ

    މިވަގުުތު ވަރައް ރަނގަޅު ސަރުކާރުން ރައްޔިތުންނައް ލުއިލޯނެއް ފަސޭހައިން ލިބޭނެ ގޮތްތައް ހެދުން ބޯމަތިވަމުން މިއަންނަނީ ރޯދަމަހެއްް ކޮންމެ ގޭބިސީއެއްގަ އުޅޭނެ ރިޒޯޓް ތަކުގަ މަސައްކައް ކުރާ ދެތިން މީހުން . ގިނަމީހުން ރަށައް ފޮުނުވާލަނީ މުސާރަނެއްގޮތައް . ދެންވިސްނާ ރައްޔަތުން މިރޯދަމަހު އުޅޭނެ ހާލު