ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކޮށް ފަތުރުވެރިކަން ރަނގަޅު ކުރުމަށް މިވަގުތު "ރިސޯޓު ޗާޓާ ކޮންސެޕްޓަށް" ރާއްޖޭގެ ފަތުރުވެރިކަން ކުުރިއެރުވުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މިވަގުތު ފަތުރުވެރިން ރާއްޖެ އަށް ނާންނާތީ އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި ރާއްޖޭގެ ވަސީލަތްތަކުގެ ބޭނުން ހިފެނޭ ތަފާތު ވިސްނުން ގެންގުޅެގެން ރާއްޖެ އަށް މުއްސަނދިން ގެނައުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.

ޑީއާރުޕީން ކުރި ޓުވީޓެއްގައި ވަނީ މި ދަނޑިވަޅުގައި ރާއްޖެ މާކެޓް ކުރަންވީ މުއްސަނދިންނަށް ކަމަށް ބުނެފައެވެ. އަދި މުއްސަނދިން، އެމީހުންގެ އާއިލާ ގޮވައިގެން ޕްރައިވެޓް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލެވޭނެ ރައްކާތެރި މާހައުލެއް އުފައްދަން ޖެހޭ ކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.

އެ ޓުވީޓުގައި ބުނި ގޮތުގައި އެފަދަ ފަތުރުވެރިންނަށް ރާއްޖެ ބާއްވަންވީ "ރައްކާތެރި ސުވަރުގެ"އެއްގެ ގޮތުގައެވެ.

 

ޖާބިރު ވެސް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމާއެކު މުއްސަނދިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ކަމުދާނެ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

"މި ބަލީގެ ޕީކްމިން ދަށްވާ ވަރަކަށް މުއްސަނދިން ތަންތަނަށް ދާން ފަށާނެ. އެ ރަނގަޅުވާ ތަނުން. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މިހާރުވެސް ޗައިނާގެ މުއްސަނދިން ވެސް އެބަ ތިބި ބޮޑެތި ހޮޓާތައް ވެސް ކުއްޔަށް ނަގައިގެން. އެހެންވީމަ ރާއްޖޭގައި ކީއްވެތޯ އެހެން ނުވާންވީ؟. އަދި ޖަޒީރާ ގައުމެއް. ނުލާހިކު ސޭފް. ޕްރައިވެޓް އައިލެންޑްސް ވެސް ހުންނަނީތާ ދެއްތޯ؟. ރާއްޖެ އޮޕަރޭޓްވާން ޖެހޭނެ. ހުއްޓިގެން ނުވާނެ،" ޖާބރިު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ވިސްނުމުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތް ވެސް މިވަގުތު ނަގާ ކޮޅަށް ޖަހަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 13 މީހަކު މިހާތަނަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލަަމިންޖާ

    އޭ ޖާބެ ޖެފް ބެޒޮސް ނޫނީ ވެރެން ބުފެޓް ގެންނަންވީނުން.. ޖެކް މާ އައްތުރެ އެވެރިންގެ ލާރި މާ ގިނަވާނެ
    އޭރުން ބައިވަރު މާސްކު ހަދިޔާ ކުރާނެއެނު

    15
  2. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް،އެމެރިކާ)

    ޖާބިރު ގެ ތިޔަ މިވަގުތު މުއްސަނދި ގެސްޓުން ގެންނަ ފިލޯސަފީ އަށް ކިޔަނީ، "ހަނގުރާމަ އެއްގައި ވިއްޔާ މީހުން ވެސް މަރުވާނެ". ތިޔައީ އިންސާނިއްޔަތު ކަމުގެ ފިލޯސަފީ އެއް ނޫން. އެހެން މީހުންނާއި ދޭތެރެ ކަންތައް ކުރަންވާނީ ތިމާ އާއި ދޭތެރޭ އެހެން މީހުން ކަންތައް ކުރަން އެދޭ ފަދައިން. ޖާބިރު ތިޔައީ ރޫމްބޯއި އެއް ނަމަ މުއްސަނދި ގެސްޓުން ގެންނަން ގޮވާ ލައްވާނަން ތޯ ؟ މިދަނޑިވަޅު ގައި ރޫމްބޯއި އަކަށް ޖާބިރު މަސައްކަތް ކުރައްވަން، އަޅުގަނޑަށް ހަމަ ޔަގީން ބިރުފުޅު ގަންނާނެ. އެކުދިން ގެ އާއިލާ ވެސް ބިރުގަންނާނެ. މައިންބަފައިން އެތިބީ ބިރުން ލޮލު ފިޔަ ނުޖަހާ ! މި ވައިރަސް ގެ ބާރުބޮޑު 2 މަހުގައި ގެސްޓުން ގެނެސްފި ނަމަ ދިވެހިންނަށް ޖެހުން ވަރަށް ގާތް. ބޭރުގެ އެހީ އިން މި 2 މަހަށް ޑޮލަރ ހޯދޭނެ. ސަރުކާރުން ގެންގުޅެން ވާނީ، "އެންމެ ފުރާނަ އެއްވެސް މުހިއްމު" ޕޮލިސީ !!!

  3. އަހްމަދު

    އިއްޔާކަ ނަޢުބުދު ވައިއްޔާކަ ނަސްތަޢީން.

  4. ހަސަން ފޭދޫ

    ރާއްޖޭގެ ރިސޯޓެއް މިހާރުވެސް ތިހެން ނަގާފަ އެބައިން.

    7
    1
  5. ރ

    ޖާބިރު، ދިވެހިންނަށް މި ހާލަތުގަ އެހީތެރިކަމެއް ފޯރުކޮށްދޭންވީނު!