މިނިވަން އިންސާފުވެރި އިންތިޚާބަކަށް އޮތް ހަމައެކަނި ހުރަހަކީ، ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީން ވެރިކަމުން ދުރުކޮށްފައި ނޫނީ، އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

އިދިިކޮޅު ޕާޓީތަކުގެ ފަރާތުން މިރޭ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ އިދިކޮޅު ފަރާތްތައް އިންތިޚާބުގެ ކުރިން ހިފައި ހައްޔަރުކުރުކޮށް ކޯލިޝަން ރޫޅާލުން ކަމަށެވެ.

"އިދިކޮޅު ޕާޓީތައް ބައިބައި ކުރުމަށް ޔާމީން މަސައްކަތް އެބަ ކުރޭ. އިންތިޚާބަކަށް ދާނީ، މިހާރު ދާގޮތުން ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ހިފައި ހައްޔަރުކުރުމަށްފަހު" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ނިކުންނާނީ އެއް ކެންޑިޑޭޓޭއް ކަމަށެވެ. ނަމަވެސް އިންސާފުވެރި އިންތިޚާބެއް ބޭއްވޭތޯ ސުވާލު އުފައްދަމުން އިބޫ ވިދާޅުވެފައި ވަނީ އިންސާފުވެރި އިންތިޚާބަކަށް އޮތް ހަމައެކަނި ހުރަހަކީ ރައީސް ޔާމީން ކަމަށެވެ.

"އިންތިޚާބާ ކުރިމަތިިލާނީ އެއް ކެންޑިޑޭޓްއަކާއެކު އަދި އެކަމުގެ މަޝްވަރާތައް މިދަނީ ކުރަމުން, އެއަށް ފަހު އެކުލެވިފައިވާ ސަރުކާރެއް ފެނިގެންދާނެ" އިބޫ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ އިންތިޚާބުވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް، މި ހުކުމުން އެކެއް ފެބުރުއަރީގައި އެކޯޓުން ނެރުނު އަމުރަށް ބަދަލެއް އައިސްފައި ނުވާކަމަށެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ މިއަދު ސުޕްރީމްކޯޓުން ނިންމުމާމެދު ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަކީ ރައީސް ޔާމީނު ހައްދަވާގޮތަށް ކޯޓުގެ ހުކުމްތައް ބޮލާލައި ޖަހާނެ ޕާޓީތަކެއް ނޫންކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.

"12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ދެން ނިންމާނެ ވަކިގޮތެއް ނެތްކަން މިއަދު ހުކުމުންވެސް އެނގިގެންދޭ، 12 މެންބަރުންނާއި ގުޅުންހުރި ކަމެއް މިއަދުގެ ހުކުމުގައި ނެތް" އަލީ ހުސެއިން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތުޕާޓީގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، މިއަދު އެ ނިންމެވި ނިންމެވުމުގެ ސަބަބުން މެންބަރުންނަކީ، ރައްޔިތުން ތަމްސީލް ކުރާ ބަޔަކަށްވުރެ ބޮޑަށް، ޕާޓީަތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި އެންޓިޑިފެކްޝަން ޤާނޫނު މިހާރު އޮތްގޮތުން ވެގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. ހުވަފެން

  ޙިޔާލީ ފޮލާ ކައްކަން ނޫޅޭ. 2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ. އިންޝާﷲ

  • ނުރަބޯ

   ކުޅަދާނައެއް ނޫން

 2. ޑރ

  ކިހިނެއް ތި ވާހަކަ ގަބޫލު ކުރާނީ. ކަނޑަނީ ހުސްބައިސާ. ޢަމަލަކާ ބަހަކާ ދިމައެއްނުވޭ. ކަލޭމެނަށް ވަންޏާ ތިކަން ކުރޭ. އަހަރުމެނަށް ދެން ނުދާނަން ގުނބޯ ހެލޭކަާށް. ސޮރީ އިބޫބޭ.

 3. ހަފީ

  ވެރިކަންވެސް ކިހާވަރަކައް ވައްޓާފަތަ ތިޔަތިބީ ހޭބަލިވަނީނު ތިތިބަގޮސް ހޭބަލިވެފަ ތިތިބީ މިހާރު ނިއުމާ ނެރޭދެން ކުރިމަތިލާން ނޫނީ ނައިންޓޭ ލޮލް

 4. ރަށްދު

  އިދިކޮޅުގަ 3 ޕާޓީ ސަރުކާރުކޮޅުގަ 3ޕީޓީ ކޮންޕީޓީތަކެއްކިޔާކަށް

 5. އެފައިސާ މިފައިސާ

  ތިކަމެއް ނުވާނެ! ރައީސް ޔާމީން އަކީ ހިތްވަރު ހުރި ކެރޭ ފިސާރި ގަޓްހުރި ވެރިއެއް! އެމްޑީޕީ މީހުން ކޮޅު ގޮވައިގެން ފަރަށް ބޮލިހިލަންދޭ!!!

 6. މޫސާ

  އިދިކޮޅުން ބުނަންވީނު މިހާރު މިޤަވްމުގެ ވެރިޔަކީ އިދިކޮޅު އެނެްމެންނޭ. އޭރުން ހުރިހާ ދިވެހިން އެކަން ޤަބޫލުމޮށް ކަލޭމެންނަށް ސަޖިދަ ޖަހާނެ.

 7. ޙާލުގެދުލުނ

  މިހާރު ކަށަވަރުވެއްޖެ އިނދިކޮޅުބަލިވެއްޖެކަން އެހެންވީމަ މިނިވަނއިންސާފުވެރި އިނތިޚާބެއް ރައީސް ޔާމީން ހުރެގެން ނުބޭއްވޭނެޔޭ ރައީސް ހައްޔަރުކޮއްފަނޫނީ އިންތިޚާބަކަށް ނުދާނަމޭ އެކިޔަނީ ރައީސް ޔާމޭން 2018 ޔަޤީން

 8. ާަަމަނިކު

  އިންސާފުގެވާހަކަދައްކާއިރު2008ަގައި ބޭއްވުނު ރިޔާސީއިންތިހާބަކީއިންސާފުވެރި އިންތިހާބެއްބާ؟

 9. ވަކަރޭ

  މިތާމިތިބަ މީހުން ހައްޔަރު ކުރަން ވެއްޖެ މިހާރު

 10. ޑރ

  ޢިބޫ މޮޔަފުޅު ވީ ތޯ؟

 11. ނުރަބޯ

  ދެންމިހާރު ތިޔަކަހަލަ އަޑު އިވިއިވި ފޫހިވެއްޖެ. މީގެކުރިންވެސް ތިޔަކަހަލަ ފޮނިބައިސާ ކެނޑީމެއްނު؟ ވައްޓާލަން، ނިންމާލަން، ތިރިއަރުވާލަން، މީ ގައިމުފަހަރު، އާނދޮގޭ، ހީކުރާގޮތްދޮތަ، ލާޗާރުން ބިޗާރަށް، މިފަދަ ޝިޢާރުތަށް ނެރެގެން އުޅުނީމެއްނު ވީކަމެއް އެބައޮތްތަ؟ ނުވާނެ ފޭރޭ ވަގުން ނަށް އިންޝާﷲ ދުވަހަކުވެސް މަގްޞަދު ޙާޞިލް ނުވާނެ.

 12. ޖޮއްބެ

  ބަލަ މީގެދުވަސްކޮޅެއް ކުރިން އެއްރެއަކު ބުނި ސަރުކާރު ވައްޓާލާފަ ނޫނީ ގެއަކަށް ނުވަންނާނަމޭ އެރޭއްސުރެ ތިޔައުޅެނީ މަގުމަތީގަދޯ. ?ހެހެހެހެހަހަހަހަހުހުހުހު.....!!!

 13. ރީތީ މޫސަ

  އިންތިޚާބުވެސް އޮންނާނެ ޔާމިނުވެސް ހުންނާނެ ފަހުވަގުތު ޔާމިނަށްވޯޓްދިނުމަށް ނަޝީދު ގޮވާލާނެ ނަޝީދުބޭނުންވާގޮތަށް މިދަނީކަންހިގަމުން

 14. ބޫތުނާތު

  ފޮޓޯގަ ދެވަނަޔަށް އެއިނީ މަސްކަނޑާ އަލިބެ ދޯ....!!!

  • ޖަމީލާ

   އެޔޯ މޮޔަ ސޮރެއް. ގިނަ ފަހަރެ ދެއްކޯ ވާހަކެވެސް ނުއެގޭނެޔޯ

 15. ފުތާބެއްޔާ

  "އިންތިޚާބަކަށް ދާނީ، މިހާރު ދާގޮތުން ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ހިފައި ހައްޔަރުކުރުމަށްފަހު" / "އިންތިޚާބާ ކުރިމަތިިލާނީ އެއް ކެންޑިޑޭޓްއަކާއެކު" މިދެ އިބާރާތުން އިނގިއްޖެ ތީީ މިހާރު ގޮތްހުސްވެގެން ކިޔޭނުކިޔޭވެސް ނޭގޭވަރުގަ ތިބި ބަޔެއްކަން. ޔާމީން ނެތް އިންތިހާބަކަށް އެއް ކެނޑިޑޭޓެއް ނެރުމުގެ ބޭނުމެތްވެސް ނެތްތާ. އެހެންނޫނަސް އެދުވަހަކުން ތި އެއްމެން އެއްމެނަށް އެއްޗެހިގޮވާ ކޮންމެ މީހަކު ވަކިވަކިން ކުރިމަތިލާނެކަމީީ ޔަގީން ކަށަވަރުކަމެއް

 16. އިންތި

  ޔާމިން ވެރިކަމުން ދުރުކޮށްފަ، 1 ކެންޑިޑޭޓަކު ނެރެގެން ކޮން އިންތިހާބެއް ބޭއްވޭނީ؟؟ ފެންނަ ނުފެންނަ އިންތިހާބެއްތާ

 17. ދޮގު ހަސަނު

  ފުރަތަމަ ތިމާމެންނަށް ތިއުޅެނީ އެއްކެނޑިޑޭޓަކަށް އެއްބަސް ނުވެވިގެން، ދެން އެންމެން އެއްބަސް ވެގެން ގައުމު ހިންގާނީ ކިހިނެއް؟ ހަގީގަތަކީ އެއް ކެނޑިޑޭޓަކަށް އެއްބަސް ނުވެވި އުޅެނިކޮށް ވަގުތު ފާއިތުވީ. ދެން އޮތް ހަމައެކަނި ޗޮއިސް އަކީ މިހާރުގެ ރައީސް ވެރިކަމުން ވަކި ކުރުން. އެކަމު މިހާރު ތިތާތެރޭ އެވަރު މީހެއް ހުރިހެނެއް ހިޔެއް ނުވޭ. އަދިވެސް ބަސް މަދުކޮށްފަ އަމަލު ގިނަކުރާށެވެ

 18. އަލީ

  ތިގޮތަށް ގަދަބަސް ބުނާމީހުން ﷲ އިރާދަކުރެއްވިއްޔާ ވާނީ ނާކާމިޔާބު.

 19. ޙަނީފް

  މިމީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ދަތިަނީ މިކަހަލަ ތާކުންތާކު ނިޖެހޭ ވާހަކަ ދައްކާތީއެވެ. ރައީސް ޔާމީން ހައްޔަރު ނުކުރެވިގެން ތިއުޅެނީ ކަލޭމެން ތި ޕްރެސް ކޮންފަރެންސް ނުބާއްވައިގެން ހެއްޔެވެ. މި ކެންދޫ ޢަލީ ޙުސައިނަކަީވެސް ކުކުޅަށްވުރެ ބިސްދޮށީވެގެން އުޅޭ މީހެކެވެ. ތިލެވެލްގައި މީހާ ހުންނައިރު ދައްކަންޖެހޭނީ މީހުންގެ ބުއްދިވެސް ޤަބޫލުކުރާ ހަރުދަނާ ވާހަކައެވެ. ހަމަ ތިމާއަކީ ޤާނޫނީ ވަކީލެކޭ ކިޔާ ތަންމިނަށް އަނގަ ހުޅުވާލިޔަސް އެއީ އަދި ގަޓްހުރި ފިރިހެނަކަށް ނުވާނެއެވެ.

 20. ދިސްވޭ

  ޕާޓީ ބަދަލުކުރުމުގެ ހުތުރު ކުޅިގަނޑު ރަސްމީކޮށް ނިމިއްޖެ ކަމަށް ނިހާން ވިދާޅުވާނަމަ އެކަން މަމެން ގަބޫލުކުރަމެވެ. ޕާރޓީ ނަމުގައި ހޮވޭ އެމްޕީން ތިބެން ޖެހޭނީ ޕާރޓީ ގައެވެ. އެމެން ޕާރޓީ ބަދަލު ކޮށްގެން ނުވާނެއެވެ. އެއީ ގޯހެކެވެ. އެއިރުން އެވަނީ ޕާރޓީ މެމްބަރުންނަށް ގައްދާރެވެ. އެމެން ކަޓް ކާލައިގެން އެކަން ކުރަން ބޭނުން ނަމަ ޕާރޓީ ނަމުގައި ހޮވި އެމްޕީ ކަމުން އިސްތިއުފާ ދިނުމަށް ފަހު ދެން އެމެން ދާން ޖެހޭނީ އެހެން ޕާރޓީ އަކަށް. އަދި މީގެއިތުރުން އެބަޖެހޭ ޕާރޓީ ނަމުގައި ބާއްވާ ލައިވް ޖަލްސާ ތައް ޓީވީން ބްރޯޑް ކާސްޓް ކުރާ ނަމަ ކުރިއާލާ އެފަދަ އިވެންޓެއްގައި ވާހަކަ ދައްކާ މީހުންނާއި އެމީހުން ދައްކާނެ ވާހަކައިގެ މައިގަނޑު ޚުލާސާ ހޯމް މިނިސްޓްރީ އަށް ހުށައަޅާ ހުއްދަ ހޯދުމަށް ފަހުގައި އެފަދަ ޖަލްސާ ބާއްވަން. ރޭގައި ވެސް އެމްޑީޕީން ބޭއްވި ޖަލްސާ އެއް ގައި ދިއްދޫ ލަތީފު ކޮށި އަރައިގަނެގެން ރައީސް ޔާމީން ވެރިކަމުން ވައްޓާލާނެ ކަމަށް ބުނުން އެއީ ގާނޫނާއި ޚިލާފު ތޯ ބަލަން ޖެހޭނެއެވެ.

 21. ހުސޭނުބޭ

  މަށަށް ފެންނަނީ ރައީސް ޔާމީނު ބަހައްޓާފައި ޔާމީނު ކިޔާ އެހެން މީހަކު ވައްޓާލަން. އެ ވަރިހަމަ މަގުމައްޗަށް ވައްޓާލިއަސް. ގައިމު މަޤްޞަދު ހާސިލްވާނެ.

 22. ޖޭޑް

  ހަމަބުއްދި ފިލާގޮސް ހަދާނެގޮތް ހުސްވެ މޮޔަފުޅު ހީވީމާވެސް މޮޔަ ގޮވޭނެ. އަޅާނުލާ.

 23. ޖިބްރީލް

  މިހާރު އެއްވެލާނެ ކުއްޖަކުވެސް ނުލިބޭ. އަބަދުވެސް ތިބެނީ 4 ކެނަ. ދެން މިގޮވަނީ ރާއްޖޭގެ ރައްޔިތުންނޭ. އަޅުގަނޑު ހިލާ ނުދާނަން ލާދީނީ މީހުން ފަހަތުންނެއް. އަދި މިގައުމުގެ ހަމަޖެހުމާއި ގައުމު ނާމާން ކަމުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ ބައެއްގެ ފަހަތަށް ދުވަހަކުވެސް ނުވަންނާނާން.

 24. ރުޒާނާ ޗޮއްޕަޓު

  މާނައަކީ އިންތިޚާބެއްގަ ޔާމީނާ ވާދަ ކުރާކަށް ނުކެރޭނެއޭ. އެހެންވީމާ މިފަހަރުގެ އިންތިޚާބަށް ހޯހޯއޭ. ގައިކޮޅުގައިގާ ދުރޭ އެހެންނު.

 25. ރީޒަން

  ސިޔާސީ ޕާރޓީ ތަކުގެ ނަމުގައި ސިޔާސީ ޕާރޓީން ދަ ބަނޑުއަކިރިން ފީންނެއް ނެރެ ވޯޓް ދޭށޭ ބުނި ނަމަވެސް ޕާރޓީ މެމްބަރުން ނިކުމެ އެފަދަ ދަ ބަނޑު އަކރިިންނަށް ވޯޓް ދީގެން އެމެން މަޖްލީހުގެ މެމްބަރުންނަށް ހޮވަނީ އެއީ އެމެން ޕާރޓީގެ ސިޔާސަތު ކުރިއަރުވަން އެކަނިއޭ އެއީ އެއްގޮތަކަށް ވެސް މަޖްލީހުގެ މެމްބަރު ކަމަށް އެމެން ހޮވުމުން އެމެން ޕާރޓީ ދޫކޮށްލާ ގޮސް އެހެން ޕާރޓީ އަކާއި ގުޅެން ނޫނޭ ނޫނޭ ނޫނޭ އެއީ އޭ މީގެ ރީޒަން އަކީ އެއީ އޭ މީގެ ރީޒަން އަކީ. މީގެ ސަބަބުން މަޖްލީހުގެ މެމްބަރުން ކަޓް ކާލައިގެން މަޖްލީހުގައި އެމެން ދޭ ކޮންމެ ވޯޓަކަށް މިލިއަނުން އަގު ނުކިޔޭނެ ނޫންތޭ އެންޓި ޑިފެކްޝަން ގާނޫނު އެއީ މިކަމަށް އެންމެ ރަނގަޅު ފަރުވާ ގެނެސް ދިން ގާނޫނޭ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް. އެން ދަ ރީޒަން އިޒް ދެެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

 26. ރަންރީދޫ

  އިންތިޚާބަށްދާވީ އެމްޑީޕީ އުވާލާފަ ،، އެއިރުން ދަންކޮޅެއް ބަލާކުޑަވާނެ ތިދެން މިހާރު ބޮޑު ބަލާއެއް

 27. ރީޒަން

  ސުޕްރީމް ކޯޓުގެ ހުކުމާ އެކު 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށް އިދިކޮޅު ޕާރޓީ ތަކުން އެބުނަނީ އެމެން ސައިވީމައޭ އެމެން ބަލިވީމައޭ. ތަމެން ކޮރަޕްޓް ފައިސާ ބޮޑު ސޭޓް އަތުން ނަގައިގެން ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރިއިރު ހީނުކުރަން ދޯ ތަމެންގެ ގޮނޑި ގެއްލޭނެ ކަން ހީނުކުރަން ދޯ މީ މަމެންގެ ޕިންކީންގެ ވެރިކަމޭ މަމެން ނާއި ނެކްޓު ނެކް ނުޖެއްސޭނެއޭ ޖައްސައިފިނަމަ ތަމެން ޖެހޭނީ ހެރިކޭން ކެޓްރީނާ ތެރެއަށް ވަންނަން އޭ ސިޔާސީ ގޮތުން އެބައޭ މިހާރު ތަމެން ތަޖްރިބާ ކުރަމުން ދަނީ. އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން 12 މެމްބަރުންގެ ގޮނޑި އެވަނީ ގެއްލިފައޭ އަދި ވެސް ރިޔާސީ އިންތިޚާބާއި ބެހޭ ގާނޫނެއް އުފަން ކުރާނަމޭ އަދި މަޖްލީހުގެ އިންތިޚާބާއި ބެހޭ ގާނޫނެއް ވެސް އުފަން ކުރާނަމޭ އަދި ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ބާއްވަން ޖެހޭ ގޮތުގެ ގާނޫނެއް ވެސް އުފަން ކުރާނަމޭ. އައި ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ..

 28. ރީޒަން

  އެންޓިޑިފެކްޝަން ގާނޫނު ގެ ސަބަބުން ކޮރަޕްޓް ފައިސާ ބޭނުން ކޮށްގެން މަޖްލީހުގެ މެމްބަރުންނަށް ވޯޓް ވިއްކުމުގެ ކަން ނިމިގެން ދިޔައީއެވެ. ދެން އެބަޖެހޭ ސިޔާސީ ޕާރޓީ ތަކުގެ އެތެރޭގައި ޕްރައިމަރީ ބާއްވަން ޖެހޭނެ ގޮތުގެ ގާނޫނެއް ފާސް ކުރަން އަދި ސިޔާސީ ޕާރޓީ ތަކުން ލައިވް ކުރާ ޖަލްސާ ތަކުގައި އެމެން ދައްކާ ވާހަކަ ތައް ދައްކަން ޖެހޭ ގޮތުގެ ގާނޫނެއް ވެސް މަޖްލީހުން ފާސް ކުރަން ދުނިޔޭގެ އެހެން ގައުމު ތަކުގައި މިކަން ކުރޭތޯ ނޫންތޯ އެއީ މަމެން ބަލަން ޖެހޭނެ ކަމެއް ނޫނޭ މަމެން ބަލަން ޖެހޭނީ އިނޮވޭޓިވް ބައި އެޕްލިކޭޝަން އެއުސޫލުން ކަން ކަން ކުރަން އޭ މަމެން މީ ގައުމެއް ގަވަރން ކުރުމުގައި އެންމެ ޕާރފެކްޓް ސަރުކާރޭ މަމެންނަށް ފެނެއޭ 1000 ސަބަބު މިކަން ކަން މަޖްލީސް ތެރޭން ގާނޫނު ތައް އުފަން ކޮށްގެން ރަނގަޅު ކުރެވޭނެ ގޮތް. މަމެންނަށް ފެނެއޭ ސަބަބު ތައް ފެނެއޭ ސަބަބު ތައް ފެނެއޭ ސަބަބު ތައް ފެނެއޭ ސަބަބު ތައް..

 29. ޖަސްޓް

  ތަމެން ދޭ ބަލަ މަހަށް. ރަން ރީނދޫ ޓުވިޓަރޭގެ ލާހި ދަރިން މިއުޅެނީ އިދިކޮޅުގަ. ދުވަހަކު ވެސް ތިބައިގަނޑަކަށް ވެރިކަމެއް ނުލިބޭނެ. ހައްހައްހާ. ÷ވެން ޔޫ ސޭ ސަމްތިނ ޕލޒ ބީ މޯ ރިއަލިސްޓިކ. ސީމްސް ލައިކް ޔޫ އާރ އިން ވޮންޑަރލޭންޑް.

 30. ކުރާށޭ

  ގައުމެއް ތަރައްގީ ވާނީ އެގައުމު ސިޔާސީ ގޮތުން ސްޓޭބްލް ވެގެން ނޭ އެކަން ސްޓޭބްލް ކުރާނީ އެއީ މަޖްލީސް ތެރޭން ފާސް ކުރާ ގާނޫނު ތަކުންނޭ މަމެންނަށް ހޯދާ ހޯދާ ނުފެނެއޭ މަޖްލީސް ކޮންމެ ތިން މަހުން އެއް މަހު ޗުއްޓީ ނަގަން ޖެހޭނެ ގޮތެއް އެގޮތަށް އެކަން ވެގެން ނުވާނެއޭ ރައީސް އޮފީސް ބަންދުވޭތޭ ކޮންމެ ތިން މަހުން އެއް މަހު ނުވޭދޯ ސްޕްރީމް ކޯޓް ބަންދުވޭތޭ ކޮންމެ ތިން މަހުން އެއް މަހު ނުވޭދޯ ދެން މަޖްލީސް ކޮންމެ ތިން މަހުން އެއް މަހު ބަންދުވާން ޖެހޭނެ ސަބަބެއް ނެތޭ އަދި މަޖްލީސް ރަސްމީ ކޮށް ޖަލްސާ ބާއްވަނީ ހޯމަ ދުވަހުން ބުދަ ދުވަހަށް އެކަން ވެސް އުވާލާހަފްތާ އަކު 6 ދުވަހު ދުވާލަކު 12 ގަޑިއިރު އެއީ މަޖްލީހުގެ ރަސްމީ ގަޑި ކަމަށް ހަދާ މަޖްލީހުން ފާސް ކޮށްދޭންވީއޭ ބިލް ތައް. އެގޮތުން ސިޔާސީ ޕާރޓީ ތަކުން އިންތިޒާމް ކުރާ ޖަލްސާ ތައް ލައިވް ކުރާނަމަ އެފަދަ ޖަލްސާ އެއްގައި ވާހަކަ ދައްކަން ޖެހޭނެ ގައިޑް ލައިނަކާއި ބެހޭ ގާނޫނެއް އުފަން ކުރަންވީއޭ މަޖްލީހުން މިކަން ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ...

 31. އާބިދާ

  ކުޑަކުދިން ކުޅޭ އަކުން ބަކުން ތިކުޅެނީ، ހެހެހެހެ ހައްޕުނޑު

 32. ރީޒަން

  އެންޓިޑިފެކްޝަން ގާނޫނު ފާސްވެ ސްޕްރީމް ކޯޓުން ވަރަށް ބޮޑަށް ގައުމު ދެކެ ލޯބިން އެތަނުގައި ތިބި ބިއުޓިފުލް މައިންޑުން ތަކެއް ސެންސް މޭކް ކުރާ އުސޫލުން އެންޓި ޑިފެކްޝަން ގާނޫނު އެއީ ސައްހަ ގާނޫނެއް ކަމަށް ނިންމުން އެއީ ގައުމު ސްްޕްރީމް ކޯޓަށް ސެލިއުޓް ކުރާނެ ކަމެކޭ. އެންޓިޑިފެކްޝަން ގާނޫނު އެއީ ފެށުމޭ އަދި ވެސް އެބަޖެހޭ ވަަރަށް ގިނަ ގާނޫނު ތައް އެބަޖެހޭ މަޖްލީހުން ފާސް ކޮށްދޭން. އެގޮތުން މަޖްލީހުގެ މެމްބަރުން އެމެންގެ އަމިއްލަ ގޮނޑީގެ ދިފާއު ގައި އާންމު ތަންތާނގައި ވާހަކަ ދައްކާ ނަމަ ވާހަކަ ދެއްކޭނެ ގޮތާއި އަދި ނޫސްވެރިން ސިޔާސީ ކަންކަމުގައި ސިޔާސީ އިޝޫސް ތަކުގައި ސުވާލު ކުރަން ޖެހޭނެ ގޮތުގެ ގައިޑް ލައިނެއް ވެސް އެކުލަވާލާ އެކަމާއި ބެހޭ ގާނޫނެއްވެސް އެބަޖެހޭ މަޖްލީހުން ފާސް ކޮށްދޭން. ރާއްޖެ ފުރަތަމަ ހަމައަކަށް އެޅެންވީ ސިޔާސީ ގޮތުން. މިކަން ހަމަ އަކަށް އެޅޭނީ މިކަމަށް ބޭނުންވާ ގަނޫނު ތައް ހެދިގެން ނޭ އެއީ އޭ މީގެ ފަހަތުގައިވާ ރީޒަން އަކީ އެއީ އޭ ރީޒަން އަކީ އެއީ އޭ ރީޒަން އަކީ....

 33. އަންމަޑޭ

  އަނެއްކާވެސް މޮޅުވާހަކައެއްބުނެލީދޯ. ވެރިކަމާހެދިއުޅުނަސްތީ ބޮޑުވަރު. މުޅިޤައުމު ހަލާކުކޮށްފި މިބައިގަޑު.

 34. ސުލައިމާން

  އަނެއްކާވެސް މޮޅުވާހަކައެއްބުނެލީދޯ. ވެރިކަމާހެދިއުޅުނަސްތީ ބޮޑުވަރު. މުޅިޤައުމު ހަލާކުކޮށްފި މިބައިގަޑު.

 35. ލާދީނީ ނަސީދު

  އަލީ ހުސެން ދެން ދޭ މާރުކޭޓައް މަސް ކަންޑަން އެއްކޮޅަސް ދެކޮޅަސް މިހާރު ނުކުރާނެ ކަލޭމެން ދައްކާ ވާހަކަ ގަބޫލެއް.. މިހާރު ހަމަ ތިތިބީ މަހައް ދާންޖެހިފަ..

 36. ޙަފްޞާ / މާލެ

  ސާބަސް! އިދިކޮޅަށް ނާކާމިޔާބުވާ ކޮންމެ ފަހަރަކު އިދިކޮޅު ސަޕޯޓަރުން މާޔޫސް ވާނޭކަން އެބައެނގޭ! އެހެންވެ ސަޕޯޓަރުން ރުއްސައި ، ހިތްވަރު ދީ ދެމެހެއްޓުމަށް އަބަދުވެސް ވާނެ ގުއިރޯނެއް ދަމާފަ ބަހައްޓަން! ދެން ކޮންމެސް ބަޔަކު ތިބޭނ އަތްޖަހަން!

 37. ޤާދިރު

  "އިންތިޚާބާ ކުރިމަތިިލާނީ އެއް ކެންޑިޑޭޓްއަކާއެކު އަދި އެކަމުގެ މަޝްވަރާތައް މިދަނީ ކުރަމުން, އެއަށް ފަހު އެކުލެވިފައިވާ ސަރުކާރެއް ފެނިގެންދާނެ" އަނެއްކާ މަގޫދަނޑި ވަކި ސަރުކާރެއްބާ؟ މީގެ ކުރިން ވެސް ކެބިނެޓު 40 ވަޒީރާއެކު ތިކަހަލަ ސަރުކާރެއް އުފެއްދީމެއްނޫން. އެ ސަރުކާރު އުވުނީތަ؟

 38. ޑޮންޑޮން ރައީސް

  ވެރިކަމާ ހެދި ކުރި ދަތުރު
  ދެމީދާ ހިފި ބުޅަލައް ވިޔޭ

  ޑޮންޑޮން ބޮއެ ލަންޑަނުގާ މަކަރުން އޮވެފިލިނަޝީދު ގޮވަނީ ލާދީނީ ކަންކަމަށޭ

  ނަޝީދު އިންޑިޔާ ގާ ރޮއެ އާދޭސްކުރުން
  މޯދީ ބޮލައް ވެއްދީ ރާއްޖޭގެ މަލަމަތި
  ސިފައިން ފޮނުވާނެ ކަމައް މޯދީ ދެއްކި ބިރު
  ވިޔޭ އިންޑިޔާ ކުޑަ ރާއްޖޭގެ ކުރިމަތީ ރާއްޖޭ ހުރީ ގަޓު ރައީސެއް ކަމުން
  ނުވި މޮޅެއް ވަކިއެއް ގޮތުން
  ގޮވެނީ ހުސް ކަނޑު ކޮހޭ
  އިދި ކޮޅައް ބޭލެނީ ހުސް ކެހޭ

 39. ޙަބޭސް

  މިހާރު އަތަށް ގޮވީދޯ

 40. ޒާ

  ތިހެން ވިއްޔާ އިންތިޚާބު އިންސާފުވެރި ނުވޭނެ. ރައީސް ޔާމީނު ހިފާ ހައްޔަރު ކޮށްފައި ތި ނެރެނީ އެއް ކެއްޑިޑޭޓެއް. ދެން އެ ކެންޑިޑޭޓާ ވާދަކުރަން ހުރީވެސް ޔާމީނު. ޔާމީނު ހައްޔަރު ކުރީމާ އިންތިޚާބަކާއި ނުލައި ތި މީހުންނެރޭ މީހާ ހޮވޭނެތާ؟ މި ސޯލިހަކުވެސް މިހާރު ބޯގަޅިވެއްޖެ.

 41. ތިޔޭ އެއްކަލަ

  މޮޅެތި ވާހަކަ ނުދައްކާ، ޔާމިން ކުރިމަތި ލާނެ. އަދި ލާފަ ދެން ބަލާއިރު މި އިންނަނީ އެއްބުރުން ވެރިޔަށް ވެފަ.

 42. ހަސަން

  އިންތިހާބައް ބޮޑުކަމުދާންވީނޫންތޯ

 43. ޢަހުމަދު

  2008 ގެ އިންތިޚަބު އަކީ ކަޑައެޅިގެން ވޯޓް ގުނުމުގެ ތެރޭގައި އޮޅުވާލިކަން އެންމެންވެސް ދަންނަ ވާހަކައެއް! އިބޫ އަށް ހީވާކަހަލަ އެކަން އެހެން މީހުންނަކަށް އެގިފައި ނުވާނެކަމަށް! ޢެންމެން އެކަން ދަނޭ! ޢެކަން ހިގިގޮތް މުއަދު އެމްޑީޕީ ދެކެ ފޫހިވެގެން މިއަދު ޕީޕީއެމް އާއި ގުޅުފައިވަނީ، ވީމާ އެވާހަކަތައް ދައްކާނެނޫންތޯ!