އޮޅުވެލި ބީޗް އެންޑް ސްޕާގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެރިސޯޓްގައި މަސައްކަތް ކުރާ ސްރީލަންކާ މީހެކެވެ. އޭނާ އަކީ ރިސޯޓްގެ ޕޭސްޓްރީ ޝެފް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ މަރުވެފައި އޮތްކަން އެނގުނީ މިއަދު ހެނދުނު އޭނާ ދިރިއުޅޭ ކޮޓަރި ސާފުކުރަން ދިޔަ މުވައްޒަފުންނަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ މަރުވެފައި އޮތީ ކޮޓަރީގެ ފާހާނާތެރޭގައެވެ.

މަރުވެފައި ވަނީ ވިމަލްސިރީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ 2013 ވަނަ އަހަރުން ފެށިގެން އޮޅުވެލި ބީޗް އެންޑް ސްޕާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިހާރު ފުލުހުން އެރަށަށް ދަތުރުކުރަމުން ގެންދާކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ާއައިމިނަ

    ޢައިލާ އަށް އެނގެން ބޭނުންވާނެ މަރުވިގޮތް. އެޓްލީސްޓް ވައިރަސް ޖެހިގެންތޯ

    90
    2
  2. އިބްރާހިމް

    ގޮތްނޭނގޭ މަރުބަލާ ކޮމިޝަން ކޮބައިތޯ؟

    75
    3
    • ބެއްޔާ

      ހަމަ ތެދެއް. އެވެރިންގެ ހަބަރެއް ނުވެ ހާދަ ދުވަހެއް ވެއްޖެއޭ

  3. ޢަހުމަދް

    އެންމެންވެސް ބޭނުންވާނެ އެނގެން

    81
  4. ބެއްޔާ

    ކުއްލިއަކަށް ފޮޓޯ ފެނުނީމާ ހީވީ މަޖިލީހުގެ ކުރީގެ ރައީސް މަސީހު ކަމަށް.

    7
    32
  5. ހިތާމަ

    ހުރިތާމައެއްގެ ބޮކަމާއޭ މިވެރިކަން ފެށުނުވަހު ން އެންމެ ހަފުތާއެއް ނުދޭ ގޮތްނޭގޭ މަރެއް ނުފެންނަ މީއީ ކޮންފަދަ ނުބައި ކަމެއް ކޮށްގެން ތިބި ޖާހިލުންތަކެއްގެ ވެރިކަމެއްބާ!

    32
    38
    • ހަމް

      މީހަކު މަރުވުމުން ނޫނީ ދެރަކަމެއް ދިމާވުމުން ވަކި މީހެއްގެ ބޮލަށް ޖަހާނީ އަދި އެއީ މުސީބާތެއް ކަމަށް ދެކޭނީ ﷲ ފިޔަވައި އެެހެން އެއްޗެއްސަށް އަޅުކަންކުރާ ޖާހިލުން.. ދިރުމާއި މަރަކީ ހަމައެކަނި ﷲ ދެނެވޮޑިގެންވާ ކަންތައްތަކެއް. ކުއްލިކުއްލިޔަށް މީހުން މަރުުވުމަކީ ޤިޔާމާތްވުމުގެ އަލާމާތެއް. ހަަމަ މީހަކު މަރުވާ އިރަށް ނޫނީ ދަންޖެހޭ އިރަށް އެއިރެއްގަހުންނަ ސަރުކާރެއްގެ ބޮލުގަ ތިއަޅުވަނީ އެމީހުންނަކީތަ މަރުގެންނަވާ ފަރާތަކީ؟ ޤިޔާމާތް ދުވަހުން ކަލޭ ކުރި ހެޔޮ ކަންތައް އެމީހުނަށް ގޮއްސަ އެމީހުން ކޮށްފަހުރި ނުބައިކަންތައް ކަލެޔަށް އަންނަން ބޭނުންނުވަންޏާ މައިތިރިވެގެންހުރޭ މީހުނާ ދިމަލަށް ފާޑުފާޑު އެެއްޗެހި ނުކިޔަ. ކަލޭއަށް ތިހުރިހާ އިލްޒާމެއް ސާބިތުކޮށްދެވޭނެހޭ ސުވާލަކީ؟

      41
  6. ޙުސެން

    ކަލޯ ކިނބުލާ! ރައްޔިތުންނަށް ސާފުކޮށްދީ ގައުމުގައި މިބަލި އޮތް ހާލަތު! ޔަޤީނާއި ގާތަށް އެނގޭ މިތާނގައި ކޮރޯނާ ވައިރަސް އެބަ އުޅޭކަން! ކުއްލި މަރުތައް ގިނަވީ ވެސް އެހެންވެ! އަދި ވެސް ކަލޭ ތިޔަ އުޅެނީ ސިއްރުކުރަން!

    32
    11
    • ހަމާ

      ތިމާ މީހާއަށް ވަހީތަ އަންނަނީ؟ އެއްޗެއް ސިއްރު ކުރާކަން ކަލޭމެނަށް އެނގެންޏާ ކަލޭމެން މާ މޮޅެއްނު. އެހެންވީމާ ފިތުނަ ނުއުފައްދާ އަޅެ ބުނެބަލަ އެނގޭ މީހާ ކޯއްޗެއްކަން އެމީހުން ސިއްރު ކުރަނީ؟

  7. ދަރަނި ދަންތުރަ

    މަރުތަންމަތިއަޅާ ކޮމިޓީގެ އެއްމެ ދިގުއަތް ސޫދު ހުސްނު މިހާރުވަނީ ހުސްވެފައި ރައްޔިތުންގެ ހަޒާނާއިން އެތަށް ލައްކަ ރުފިޔާއެއް ބޭކާރު ކޮށްލި މީހެއްއެއީ މަރުތަހުގީގު ކުރީ ސާބިތުވީ ސޫދު ހުސްނު އެއީ އެއްމެ އަތްދިގު މީހާކަން މިހާރު އަނެއްކާ ހުރިހާ މަރެއް ތަހުގީގު ކުރަން ފުޅުހުންނަށް ހަވާލުކުރީ ސޫދު ހުސްނަށް ބޮޑު މަގާމެެއްް އެއާހިސާބުން ހައްޕު ސޫދު ހުސްނު ހުސްވެއްޖެ؟

    21
    2
  8. Anonymous

    މީ ކުރީ ސަރުކާރުގެ ކަމެއްތޯ ހުސްނު ބުރޯ ގެ ކޮމިޝަން ގައި އަހާލަބަލަ އެސޮރު ވަރަށް މޮޅޯލަ އެކަހަލަ ކަންތައް ބަލަން

    25
    5
  9. އަހުމަދު މުހައްމަދު

    މީ ކުރީ ސަރުކާރުގެ ކަމެއްތޯ ހުސްނު ބުރޯ ގެ ކޮމިޝަން ގައި އަހާލަބަލަ އެސޮރު ވަރަށް މޮޅޯލަ އެކަހަލަ ކަންތައް ބަލަން

    16
    4
  10. މުހައްމަދު

    މީ ކުރީ ސަރުކާރުގެ ކަމެއްތޯ ހުސްނު ބުރޯ ގެ ކޮމިޝަން ގައި އަހާލަބަލަ އެސޮރު ވަރަށް މޮޅޯލަ އެކަހަލަ ކަންތައް ބަލަން

    18
    1
  11. ދަވާލި19

    މިސަރުކާރު އައިފަހުން ދިމާވާ ކޮންމެކަމަކީ ކުރީސަރުކާރާހެދި ދިމާވާ ކަންތައް ކަމައްގަބޫލުކުރާމީހުންވެސް މަދެއްނޫން އެއީ އެފަދަމީހުންގެ މޮޔަކަން

    8
    1
  12. ކޭޑީ

    މަނެތިން އެއްވެސް އެއްޗެއް ބުނާކަށް🤭

    3
    2
    • ސާބަސް

      ތި ބުނީ އެއްޗެއްނު؟؟؟؟؟؟؟

      13