ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޖެނުއަރީ މަހު މާލޭގެ 10 ގެއެއް ފާސްކޮށް ހައްޔަރު ކުރި ނުވަ މީހެއްގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފިއެވެ. މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އަންނަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން މިއަދު ވިދާޅުވިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ޖެނުއަރީ 30 ގައި މި އޮޕަރޭޝަން ހިންގީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަންގައި ނުވަ ކިލޯ އަށްވުރެ ގިނަ ހެރޮއިނާއި، 4 ގްރާމަށްވުރެ ގިނަ ކޮކެއިން ވަނީ އަތުލައިގެންފައެވެ. އަދި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ 4 މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ކުށުގެ ވެށިން ފުލުހުން ހޯދާފައި ވެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ބޭންކް އެކައުންޓްގައި ހުރީ މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާކަމަށް ތަޙްޤީގަށް ތުޙުމަތުކުރެވޭތީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެދަށުން ވަނީ އޭނާގެ އެކައުންޓް ފްރީޒްކޮށްފައެވެ.

"މި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ވަނީ ފްރީޒް ކޮށްފަ އެވެ." ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ:

1- އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫ (24 އަހަރު، ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ރެކޯޑް)
2- އަލީ ޒުބައިރު- ގުލޭނޫރަންމާގެ ގދ. ހޯނޑެއްދޫ (50 އަހަރު، މަސްތުވަތާކެތި، ވައްކަމުގެ ރެކޯޑް)
3- އަހުމަދު ސުނައިން- އިރުމަތީގެ ގދ. ހޯނޑެއްދޫ (23 އަހަރު، މާރާމާރީގެ ރެކޯޑް)
4- އަހުމަދު ޣިޔާސް- މެޑްރިޓް ހައުސް، ގދ. ހޯނޑެއްދޫ (25 އަހަރު)
5- ހުސައިން ޒަހީން- މަތަރަސްމާގެ، ލ. ކަލައިދޫ (25 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
6- އިސްމާއިލް ވިޝާލް- މ. ދާރުލްގަރާރު، މާލެ (25 އަހަރު، މަސްތުވާތަކެތި، އަމުރަށް ނުކިޔަމަންތެރިވުން)
7- އަސްލަމް ނާޒިމް- މއ. ވައިލެޓްމާގެ، މާލެ (37 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
8- އަހުމަދު އިމްސާހް- މިސްކިތްދޮށުގެ، ޅ. ނައިފަރު (32 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
9- މުހައްމަދު ސިދުރަތު- ސުރައްޔާމަންޒިލް، ގއ. ގެމަނަފުށި (27 އަހަރު)

މި ނުވަ މީހުންގެ ތެރެއިން ސިދުރަތު ފިޔަވައި އެންމެން އަދިވެސް ތިބީ ހައްޔަރުކޮށްފަ އެވެ. ސިދުރަތު، ފެބްރުއަރީ 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ. އޭނާ އަކީ ގާނޫނީ ވަކީލެއް ކަމަށް ވެއެވެ. އޭނާ ދޫކޮށްލާފައި ހުރިނަމަވެސް އޭނާގެ މައްޗަށް ވެސް ދައުވާ ކޮށްދިނުން އެދި ޕީޖީ އަށް މައްސަލަ ފޮނުވަން ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަރީދާ

    ގާނޫނީ ވަކީލު ވީމަ ގެއަށް ދޯ! ޢަޖައިބެއް

    65
    2
  2. ޑެރސ

    ޢެކަކުވެސްދޫނުކުރާތި

    23
    1
  3. ޙަސަނާ

    ތިޔަމީހުންނައް ބޮޑުއަގުގަ ވަލާލާތުކޮއްދޭނެ ވަކީލުންވާނެ ތިފައިސާއާއި މީހުން ސަލާމަތްކުރާނެ މިހާރު މިގައުމުގަ އިންސާފު ލިބޭނީ ފައިސާވެރިންނައް ވަކީލުންނަކީ މިފަދަ މަސައްކަތުން ބޮޑުއާމްދަނީއެއްހޯދާބައެއް ޑުރަގް ކޭސްތަކަކީ އެއްމެގިނައިންލާރިލިބޭ ކޭސްތައް އަދި ބާރުގަދަފަރާތްތަކާގުޅުން އޮންނަލޯފާމު ތަކުގެ ވަކީލުން ކާމިޔާބުވާނެ އެމީހުނއގެ އަގުވެސްބޮޑުވާނެ...

    9
    1
  4. ނަލަ

    ހެޔޮނުވާނެ ފޮޓޯ އާންމު ކުރަން... އާއިލާ ތިބޭ މީހުން މީ

    5
    26
    • ެޖދސހޖދހ

      އާއިލާތިބޭކަމެއް ނޭގޭތަ އެކަހަލަކަންކަން ކުރާއިރު.

  5. އިބްރާހީމްދީދީ

    ކީއްވެގެން ވަކި އޭނާ ދޫކޮށްލަންވީ،
    ގާނޫނީ ވަކީލަކަށް ވީމަތަ؟ ނޫނީ ކުރީގެ ވަރުގަދަ މމީހެއް އޭނަގެ ފަހަތުގަ ހުރީމަތަ؟
    ޤާނޫނާއި ޝަރީޢާ ކިޔަވައިގެން މިކުދިން އުޅޭ ގޮތްދޯ؟ ލަދުން ބޯހަލާކު

    16
    1
  6. ޢަމަަން ހަލީމް

    އޭނާ ދޫކުރީ އޭނާގެ ފަހަތުގައި އިސްމަގާމެއްގެ މީހަކު ހުރީމަހެން މަށަށް ހީވަނީ . ރާއްޖޭގެ ކަންތައް ރަނގަޅު ވާނީ ކިހިނެއްދެން