ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ އަމަލުތައް ހުއްޓުވައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުން ފެންނަ ދިވެއްސަކަށް ނިސްބަތުން ދިހަ ބިދޭސީން ހިންގާ އުޅޭ ހޮޓާ އަދި ކެފޭތަކުގައި އެމީހުން ކައިބޮއެ ހަދާއިރު، ބިދޭސީން ކުރާ މިފަދަ އަމަލުތަކުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ދޫކޮށްނުލެއްވުމަށް ގޮވާލައްވައިފައެވެ.

ރީކޯ މޫސަގެ އެ ޓުވީޓުގައި ޓެގް ކުރައްވާފައި ވަނީ ފުލުހުންނެވެ. އެހެންވެ، ބެލެވޭ ގޮތުގައި މިއީ ފުލުހުންނަށް އަމާޒުކޮށް ރީކޯ މޫސަ ކުރެއްވި ޓުވީޓެކެވެ.

ރީކޯ މޫސަ އެގޮތަށް ވިދާޅުވި އިރު، މިހާރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އާންމުން ބޭރު ތެރެއަށް ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

އަދި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނިކުމެ ނޫޅުމަށް އެދިފައެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކެފޭ، ރެސްޓޯރެންތް އަދި ހޮޓާތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއް ކެފޭ އަދި ރެސްޓޯރެންޓްތަކުން ޑެލިވާ އަދި ޓޭކްއަވޭގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖެއިން މި ބައްޔަށް 13 މީހަކު ފައްސި ވެފައިވާއިރު މިހާރު ތިން މީހަކު ވަނީ ރަނގަޅު ކުރެވިފައެވެ. ރާއްޖެއިން މި ބަލި ޖެހިފައިވަނީ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ފަތުރުވެރިންތަކަކަށެވެ. މިހާތަނަށް ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން އަތް ދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުންކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފީކޯ

    މި ރާއްޖެއަށް ބިދޭސީން ގެނެސް ގައުމު ފުރާލީ އާންމު ރައްޔިތުންތޯ؟ ވިޔަފާރިވެެރިންތޯ

    13
  2. ބުއްޅަ

    ތިކަމެއް ނުހުއްޓުވޭނެ ރަނގަޅުވާހަކައެއް މަގުމަތިންފެންނަ ދިވެއްސަކައް ދިހަވަރަކައް ބިދޭސީން އެބަފެނޭ އެމީހުންވެސް ކާންވާނެ އެމީހުންނައް ކާންދެނީ މަހުންމަހައް ލާރިދައްކާގޮތައް އެހެންވީމާ އެމީހުންކާންދާންޖެހެނީ ހޮޓަލައް ދެންކިހިނެއް އެމީހުން ހުއްޓުވާނީ އެމީހުންނާނުލާ ދިވެއްސަކައް ފިޔަވަޅެއްވެސްނޭޅެ އަނެއްކޮޅުން އެމީހުންގެ ޤައުމައްވުރެން މާއަރާމުގަ މިގައުުުގަ އުޅެވޭކަމައްވަނީ

    13
    1
  3. ފެކްޓް

    ކޮން ބިދޭސީ އެއްގެ ވާހަކަ ދައކާކަށް! މިތަނަށް ބިދޭސީން އޮއްސައިގެން އުޅެނީ ކަލޭމެން ވިޔަފާރިވެރީން. ފައިދާ ވަންޏާ ކޮންމެ ގޮތެއްވެސް ވަރިހަމައެއްނު! އާރޓް ޖައްސަން ވަރަށް މޮޅުވާނެ!

    15
  4. ތެލަނގަ

    އެމީހުން ބަރޯބަރު ބޯކަށާދެނީ

    4
    3
  5. ކިންގފިޝަރ

    ހެލްތު އިމަޖެންސީ ގެ ދަށުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ފޮނުވާލަން ފެނޭ.

    16
  6. ނާހިން ނިހާން

    މަޖުލީހުގަ މިއޮށްހުރިހާ ދުވަހަކު އުޅުނުއިރަކު އެއްކަލަ ބިދޭސީ މީހާގެ އުނދަގުލެއް ނުފެނުނު. މިއަދުދެން ކޮންވާހަކައެ؟

    12
  7. ރާއި

    ހޮޓާތައް ނޫނަސް ބިދޭސީން އެއްވެ ކާ ތަންތަން ކޮބާ

  8. ބަންގާޅީންގެ ޖަމިއްޔާ

    ދިވެހިރާއްޖެއަށް މާ ހެޔޮއެދޭ ކަމަށް ހެދިގެން މިއުޅޭ ސިޔާސީ ބައިގަނޑުގެ އަމަލު ތައްވެސް ހުއްޓުވައި ދީބަލަ.

    10
    2
  9. އިދުރީހު

    ރީކޯމޫސަ ބުންޏަސް ތިކަމެއް ނުކުރެވޭނެ މިސަރުކާރުން ބޭނުންވަނީ ދިވެހިން ކިތަންމެކުޑަކުށެއް ކުރިއަސް ޖޫރިމަނާކޮށް ޖަލައްލާ ނުވިތާކައް އެމީހެއްގެ މުޅިދިރިއުޅުން ފުނޑާލާން އެކަމަކު ބޭރުމީހެއް ވެއްޖެއްޔާ އެމީހަކާއެއްގޮތައް ގަވާއިދުހަދަނީ ނޫނީ އެމީހަކު ގަވާއިދު ތެރެއައް ފައްތަނީ މިޙާރުވެސް ވަކިސިގިރޭޓް ވިއްކުމާ ރިލޯޑް ކޮއްދިނުމަކީ އެމީހުންގެ މައިގަޑު އެއް ވިޔަފާރި އެކަން ހުއްޓުވޭނެ ފަރާތެއް ނެތް ދިވެހިން ކުރާކަމެއްނަމަ މިހާރު އުލު ބައިންދާފިސް މީދިވެހިންގެނައި އޯގާތެރި ސަރުކާރު ރީކޯ ވެސް ޖެހޭނީ އޯކޭވެގެން ހުންނަން

    7
    2
  10. ޣޯސް

    ވަކިސިނގިރޭޓުވިއްކައިގެންއެތައްފަެިދާއެއްނަގާގުލިސްތާންގޯޅީގައިހަބޭހަށްއެކަންކުރޭ