ފުވައްމުލައް
ފުވައްމުލައް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުވައްމުލަކުގައި މިރޭ އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކު މަންހަޖުލް ހުދާ ސްކޫލް ކައިރީ ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 20:45 ހާއިރުއެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފައި ބިންދައިގެން ގޮސް ފައިގެ ކަށިގަނޑެއް ވަނީ ބޭރަށް ނިކުމެފައެވެ. އޭގެ އިތުރުން ވެސް އޭނާ އަށް ބައެއް ޒަހަމްތައް ލިބިފައިވެއެވެ.

އަންހެން މީހާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވީނަމަވެސް އޭނާގެ ހާލަތު "ސްޓޭބަލް" ކަމަށް ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަންހެން މީހާގެ ހާލަތާއި ބެހޭ ގޮތުން ފުވައްމުލަކު ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް