އާއްމު ގޮތެއްގައި ނަމަ މިއަދަކީ ގިނަ މީހުންނަށް އޮފީސްތައް ހުޅުވިފައި އޮންނަ ދުވަހެއް ކަމުން އޮފީސް ވަގުތުތަކުގައި އުޅެން ޖެހޭނީ ވަރަށް ބުރަކޮށެވެ. ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތަކުގައި ވަގުތު ހޭދަ ކޮށްލަން ދިވެހިންނަށް ލިބޭ ވަގުތުތަކަކީ އޮފީސް ނިންމާ މަސައްކަތުން އަވަދިވެގެން އެ ލިބޭ ވަގުތުތަކެވެ. ނަމަވެސް މިއަދަކީ އާއްމު އުސޫލެއްގެ ދަށުން ސަރުކާރު ހުޅުވިފައި އޮންނަން ޖެހޭ ދުވަހެއް ކަމަށްވީ ނަމަވެސް ކޮވިޑް19 ގެ ނުރައްކާތެރިކަމުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުންނާއި އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައެވެ.

ސަރުކާރާއި އެކުގައި ދެން ދިވެހިން އެންމެ ގިނައިން ވަގުތު ހޭދަކުރާ ކޮފީ ޝޮޕުތަކާއި ކެފޭތަކާއި ސައި ހޮޓާ ފަދަ ތަންތަންވެސް ކޮވިޑް19 ގެ ސަބަބުން ވަނީ ބަންދު ކޮށްފައެވެ. އެހެންކަމުން ގޭގައި އޮވެގެން ކުރާނެ މާބައިވަރު ކަންތައްތަކެއް ނެތުމުން ގިނައިރު ބޭރުގައި އުޅެ ކެފޭތަކަށް ގޮސް ކޮފީ ބޮއި އުޅޭ މީހުންނަށް މިހެން އަބަދު ގޭގައި އޮންނަން ފޫހިވެސް ވާނެއެވެ. ބައެއް މީހުން ފޫހިވެގެން ގޭގައި ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު އެއްބަޔަކު ރޯދައަށް ގޭތެރެ ސާފު ކުރުމުގެ ކަންކަންވެސް އަންނަނީ ކުރަމުންނެވެ.

އެހެންނަމަވެސް ފޫހިވެގެން ސޯޝަލް މީޑިއާގައި ލަވަބާޒީ ކުޅޭ ވާހަކަ ބުނެފި ނަމަ ކޮންމެ މީހަކުވެސް ހައިރާންކަން ގެނުވާނެއެވެ. ސަބަބަކީ އާއްމު ގޮތެއްގައި ލަވަބާޒީ އަކީ ދަތުރު ގޮސް އުޅޭ އުޅުމުގަޔާ ގޭތެރޭގައި ގިނަ ބަޔަކު އެއްވެގެން އެއްތަނެއްގައި ތިބެގެން ކުރާ ކަމަކަށްވާތީއެވެ. ނަމަވެސް މިކަން ވެސް މިއޮތީ މިފަހަރު ސޯޝަލް މީޑިއާގެ ތެރެއަށް ވަދެފައެވެ.

ޓްވީޓާއިން މިއަދު ފެންނަމުން ދަނީ ދުވަސް ކުރުކޮށްލުމުގެ ގޮތުން ލަވަބާޒީ ކުޅޭ މަންޒަރެވެ. އުފަލަކީ ގިނަ މީހުން ލަވަބާޒީ ކުޅޭއިރު ލިޔެފައިވާ ލަވަ ލިޔަމުން ދަނީ ދިވެހި ބަހުން ކަމަށްވާތީއެވެ.

މިދުވަސްވަރަކީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވަމުން އަންނަ ދުވަސްވަރެއް ކަމުން އެއްވެސް މީހަކު ބޭރަށް ނުނިކުތުމަށް ސަރުކާރުން އަންގާފައި ވަނިކޮށް މިކަމަކީ ގޭގައި ތިބޭއިރު ކޮށްލުން ހަމަ ރަނގަޅު ކަމެކެވެ. ހަމަގައިމުވެސް ފޫހިވެގެން އުޅޭކަން ނުޖެހޭނެއެވެ. ލަވަބާޒީއަކީ އޭގެ ޒާތުގައިވެސް ފޯރި އަރާ ކުޅިވަރެކެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި މި ކުޅިވަރު ކުޅުނު ނަމަވެސް މިކަމުގެ ރޫހަކަށް ބަދަލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ލަވަބާޒީ އެއްނޫން ކުޅެންވީ ﷲ އަށް ޒިކުރުކޮށް ތަސްބީހަ އާއި ތަހުލީލު ކިޔުން ގިނަކުރަންވީ މިނުރައްކާ ބަލިން އަޅަމެން ސަލާމަތްކުރައްވާ ރައްކާތެރި ކުރެއްވުންއެދި ދުއާ ކުރަންވީ މިނުރައްކަލުން ސަލާމަތް ވެވުނީމައި ދަތުރުގޮސް ލަވަބާޒީ ކުޅެވިދާނެ...

  83
  2
 2. ފެކްޓް

  ލާ ޙައުކަ ޥަލާ ޤުއްޥަތަ އިއްލާ ބިއްލާހ!
  ތިފެންނަނީ މީސްތަކުން ޣާފިލުވެފައިވާ މިންވަރު! ޖާހިލުކަން ފެތިރިފައިވާ މިންވަރު.

  74
  2
 3. ސައިންޓިސްތު

  ލަވަބާޒީ ދޯ އަދިވެސް ކުޅެންވީ... ﷲ ނަހީ ކުރައްވާ ކަމެއްކަމަށް އެކަންވަނީ....

  31
  2
 4. ތިމަންނަ

  ބަލަ މިތިބަ އިންސާނުންނޭ ، މިއިން ގަރުނަކު ދުނިޔެ ނުދެކޭފަދަ ކަންތައްތަކެއް ( ދެ ޙަރަމު ބަންދުކުރުން) އެކިއެކި ގައުމުތައް ދަތުރުތައް ހުއްޓާލުން ފަދަ ކަންތައް ކުރަން މަޖްބޫރުވެގެން ކުރަމުން ދާއިރު ތިޔަބައިމީހުން ލަވަ ކިޔާ ނާޗަރަގީ ކުޅެންވީހެވެ. މި ބަލިން ތިބާގެ ޢާއިލާ އާއި މިގައުމު ސަލާމަތް ކޮށްދެއްވާތޯ މާތް ﷲ އަށް ޒިކުރުކޮށް ދުއާކުރަންވީއެވެ. މާތްﷲ މިބައި މީހުނަށް ތެދުމަގު ދައްކަވާށި .......

  25
  1
 5. އަހްމަދު

  މުސީބާތާއި ދަތިކަން ޖައްސަވަނީ އަޅުތަކުން ޣާފިލުކަމުން ހޭލައި ﷲއަށް ރުޖޫޢަވެ ތަވްބާވުމަށް. އެވަރުން ވެސް ހޭވެރިކަމެެއް ނުވާ މީހާ އެ ހުރީ ހަމަ ރަނގަޅަށް ވެސް ހަލާކުވެ ޣާފިލު ކަމުގެ މައްޗަށް ހިތުގައި ސިއްކަ ޖެހިފަ.
  ﷲ ތަޢާލާ އަޅަމެން ރައްކާތެރި ކުރައްވާނދޭވެ

  8
  1
 6. ހިތާމަ

  މިޓްވިޓާއަކާއި އެހެންވެސް ސޯސަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ދިވެހިންނަށްވެސް މިފަދަ ނާމާން ދަނޑިވަޅެއްގައިވެސް ލަވަބާޒީ ފަދަ ﷲ ނަހީކުރެއްވިކަމެއް ނުނީ ފަށާކަން ނޭގުނުދޯ! ތިތިބީ ޖާހިލުކަމުގެ މައްޗަށް ޖާހިލުކަން ފެތުރިފައި! ހުރިހިތާމައެއްގެ ބޮޑުކަމާއެ!

  7
  1
 7. ތިބާގެ އަޚް

  ކީއްކުރާނީދޯ ވަރަށް ދެރަވަރު ކަންތައް! ގިނަބަޔަކަށް ހަމަވިސްނުންދެއްވާދޭވެ...ކީއްތޯވާނީ
  ދުވާލަކު އެންމެ ފަނަރަޕޭޖް ކިޔަވާލިއްޔާ... މާނައާއިއެކު
  ކިއްތޯވާނީ ތިމާ ވިސްނާލުން.. ކޮވިޑް ވައިރަސް ޖެހުމުގެ ކުރިންވެސް މަރުވެދާނެކަމަށް