ރާއްޖެއިން ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން މިހާރު ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ އެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލުމުން ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ޗެނަލް13" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ރާއްޖެއަށް ގައުމުތަކުން ދަތުރު ނުކުރެވޭ ގޮތް ހެދުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައިވަނީ އެކަންކަމަށް އިދިކޮޅު ކޯލިޝަނުން ގޮވާލި ފަހުން ކަމަށެވެ. އަދުރޭ ވިދާޅުވީ މިވަގުތު އިދިކޮޅުން ސަރުކާރަށް ފާޑު ކިޔަނީ އެއްވެސް ހާލަތެއްގައި ފިތުނަ ފަސާދަ އުފައްދަން ނޫންކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރަށް ފާޑު ކިޔަނީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އަދުރޭ ވިދާޅުވީ އިދިކޮޅުން ކުރި މަސައްކަތް ކާމިޔާބުވެ އެ މަސައްކަތަކީ ޒިންމާދާރު މަސައްކަތެއްކަން އެނގިގެން އިދިކޮޅުން ގޮވާލި ފިޔަވަޅުތައް ސަރުކާރުން އެޅުމުން ކަމަށެވެ.

"ޒިންމާދާރުކަމާ އެކީގައޭ މިކަން މި ކުރަނީ. އެއްވެސް ހާލެއްގައި މިއީ ފިތުނަ އުފައްދާކަށް ކުރާކަމެއް ނޫނޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ދަނޑިވަޅުގައިވެސް ސަރުކާރުން އަދި އެއް ކަންތައް ނުކޮށް އެބަ އޮތް ކަމަށެވެ. އެހެން ގައުމުތަކުން މިސާލު ނަންގަވާ އަދުރޭ ވިދާޅުވީ ގައުމުގެ ހާލަތު އޮޅުން ފިލުވައި ދެއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެހެން ގައުމުތަކުގައިވެސް އަމަލު ކުރަމުން އަންނަނީ އެގޮތަށް ކަމަށާއި އެގައުމުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދެމުން ގެންދަނީ އެގައުމުތަކުގެ ވެރިން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހެނީ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއި އެކަމުގެ ބޮޑުކަމުން ކަމަށެވެ. އަދުރޭ ވިދާޅުވީ އެކަމުގެ ނުރައްކާތެރިކަމާއި މިވަގުތު އެކަމުގައި ގައުމު އޮތް ހާލަތުތައް އެހެން ބޭފުޅަކު އަރާ އިއުލާން ކުރެއްވުމުގެ ބަދަލުގައި ރައްޔިތުން ގައުމު ހިންގެވުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ހާލަތު ބަޔާން ކޮށްދެއްވަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޖުމްލަ 13 މީހަކު ފައްސިވިއެވެ. ނަމަވެސް އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ އެބަލިން ރަނގަޅުވެފައެވެ. ދެ މީހަކު ގެއަށް ބަދަލުކޮށްފައިވާއިރު މިވަގުތު ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދެމުން ދަނީ އަށް މީހަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޒރ

    މިކަމާ އިދިކޮޅާ ކޮންކަމެއް،

    8
    5
  2. ބޮކި

    ރަހީމްބޭ ގޮވާލީމާ ދޯ ޔާމީން ޖަލައްލީ........

  3. ސަޓޯ

    ތިބުނީ ހެޔޮކޮއް

  4. ޓިނުވަގު

    އިދިކޮޅުން ގޮވާތީ ވަގު ގުންޑާ ޖަލައްލީވެސް މިސަރުކާރުން..!!

  5. ފެކްޓް

    'ކަން ހިނގީ ރަހީމު "ބުނިފަހުން"ނޯ'. ރަހީމު ބުނިފަހުން ކަމެއެއް ހިނގީމަ އެދެން ރަހީމުގެ ނުފޫޒުން ވީކަމެއްތަ!!
    ތިދެން ފިތުނަ ނޫން ކޯއްޗެއް!
    ތަންކޮޅެއް މެޗުއަރ ވާންނުވޭތަ!