ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީ ފޮނުވުމަށް ދަތިވަނީ އެންމެ އެކަށީގެންވާ ރޫޓެއް ނެތުމުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ޗައިނާއިން އެހީ ބޭނުންވި ވަގުތު ރާއްޖެއިން އެ އެހީ ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށާއި އެހެން ކަމުން ދިވެހިންނަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ރާއްޖެ އަންނަ ބައިނަލްއަގުވާމީ ބައެއް ފްލައިޓްތައް އައުން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާވެސް ހިމެނެއެވެ. އެހެންކަމުން ޗައިނާއިން ރާއްޖެއަށް ބޭނުންވާ އެންމެ އެކަށީގެންވާ އެހީ ފޮނުވުމަށް ދަތިތަކެއް ވަނީ ދިމާވެފައެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވިޓާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާއިން ދެމުން އަންނަ އެހީތެރިކަން ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި ޗައިނާގެ އެހީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީންނެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 81,093 އަށް އަރާފައިވާއިރު އެ ބަލި ޖެހިގެން އެގައުމުން މިހާތަނަށް 3,270 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުއްޅަ

  އިންޑިޔާއިން އެހީނުވާތާގައި ޗައިނާއިން އެހީވެވުނަ ނުވެސްދޭނެ! އިންޑިޔާ މަތިން އުދުހުހުމުގެ ހުއްދަ ނުދޭނެ!

 2. ސޯސް

  ޗައިނާގެ ސިލްކު ރޫޓެ މުހިއްމުކަން މީގެންވެސް މި އެނގެނީ...

 3. ރާއްޖޭގެ ހަލާކު ޑީޕީ

  ކޮބާތަ އެއްކަލަ ގެެރިޕާޓީގެ މީހުން.؟

 4. ލުޓޭރުންގެ ސަރުކާރު

  ދިވެހި ރައްޔިތުންނަ މަ ރުހަބާ އހަ ރެންވެސް ހިމެނޭގޮތުން.....ޗައިނާގެ އެހީ ރާއްޖެގެނައުމަށް ހު ރަސްއަޅާ އިންޑިޔާގެ ދީލަތި އެހީތެ ރިކަމުން ސަ ރުކާ ރުން އެދެނީ ރައްޔިތުން ޕެނިކްނުވުމަށް...ފިތުނަވެ ރިވާނެޔޯ އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ގެންގިއްސިޔޭ ބުނެފިނަމަ...ފެންކުންފުނީގަ އަލީފާނުގެ ހާދިސާގަވެސް ޗައިނާއިން ފެންފޮނުވަދޭން ބޯޓުތައް އައުމަށް އުޅުމުން އިންޑިޔާ ހު ރަސްއެޅީ..ފަސްޓް ޕޮލިސީ އިންޑިޔާ.