ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލްގެ ރައީސާ މުހާތަބު ކުރާގޮތް ބަޔާންކޮށްފައިވާ މާއްދާ އުނިކުރަން، އެ ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ބައިނަލްއަގުވާމީ ހައިބަތު ކަނޑާލަން ކުރާ ކަމެއް ކަމަށް އަމިއްލަ ގޮތުން މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރިޔާސީ ނިޒާމުގައި ހިންގާ ލާމަރުކަޒީ ވެރިކަމުގައި ސިޓީތަކުގެ ވެރިންނަށް ކިޔަނީ މޭޔަރުގެ ނަމުން ކަމަށެވެ. އަލްހާން ވަނީ ލާމަރުކަޒީ ވެރިކަމަށް ބިރު ގަންނަނީތޯ ސުވާލު އުފައްދާފައެވެ.

"ހާލި ހަދާ ބިސްވެސް އެޅިއްޖެ، ދެންއޮތީ ފިޔޮއް ފީނުވަނީސް ބިސް ތަޅާލުން،" ފާޑު ވިދާޅުވެ އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުންވެސް އަލްހާން ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. މިކަމާއި ގުޅިގެން އަލްހާން ކުރެއްވި އިތުރު ޓްވީޓުގައި ވިދާޅުވީ އިންތިޚާބު އިއުލާނުކޮށް ކެންޑިޑޭޓުން ފައިނަލްކޮށްގެން ކެމްޕޭން ކުރިއަށް ދަނިކޮށް މިކަން ކޮށްގެން ނުވާނެ ކަމަށެވެ.

"ލިބޭ މާލީ ގެއްލުމަށް ދައުވާ ކުރާނަން،" ފޭދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ވިދާޅުވިއެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ލާމަރުކަޒީ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވި ބޭނުމަކީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ކުރިން އިސްލާހު ކުރަންޖެހޭ ބައެއް އިދާރީ ކަންކަން ހުރުމާއެކު އެ ކަންކަން އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ތަކެއް ގެނައުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތް، ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ހަދާ ގަވާއިދަކުން ބަޔާން ކުރާގޮތަށް ބަދަލުގެނައުން ހިމެނެއެވެ. އަދި އަވަށު އޮފީސްތަކުގެ އާމްދަނީ އާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން ދެ މަސް ދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް އުނިކުރަން ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑިކްޓޭޓަރ ހުސެންހަލީމް

    ކަލެޔަށް ތިހިރީ މިހާރު މޭޔަރުކަން ލިބިފަ! ކަލޭތީ މޭޔަރު! ހެޕީ؟

    5
    2
  2. ހުސޭނުބޭ

    ކަލެޔަށް މޭޔަރުކަމާއި ލޭޔަރުކަމާއި ފޭލިޔަރުކަން ދީފިން! އިހަށް މަރިތިރިވެވޭތޯ ބަލާ!

    8
    2
  3. Anonymous

    ވާ މިއީ ވަރުގަދަކަމެއް، މުޅިދުނިޔެއަށް ބޮޑު ބަލިމަޑުކަމާއި ތަދުމަޑުކަން ކުރިމަރިވެފައިވާ މިހިތާމައިގެ ދަނޑިވަޅުގައިވެސް މިކަލޭފެއަށް ދެވަނަ ވާހަކައެއްނުދެއްކޭ، މޭޔަރކަމުގެ އެދުން ކިތައްމެ ބޮޑުވިޔަސް ތިޔައީ ފުކެއް ބޮޑުވަރެއް އަލްހާނޫ!!! މޭޔަތ ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ތިނޫން އެހެން ބޭފުޅުންވެސް އެބަތިބި، ތިޔަވަރަށް ވަރުއަރުވަނީ ތިބޭފުޅާ އެކަނިވިއްޔާ، ވަރަށްގިނަ ވޯޓްލިބި ހޮވޭނެކަމަށް ބަލަމާ، ވ. ސަލާމް

    6
    1
  4. Anonymous

    އިޞްލާޙު ގެނަޔަސް މިހާރު ޢަމަލުނުކުރެވޭނެ ސަބަބު އިންތިޚާބު އިޢްލާނުކޮށް ކެންޑިޑެންސީ ދިނީ އެނަމިގައިކަަމަށްވާތީ. ޤާނޫނީ ހަމައެއްވެސް ނޫން.
    ދެން އަންނަ ކައުންސިލް އިންތިޚާބެއްގައި ޢަމަލުކުރެވިދާނެ.

    6
    1
  5. ުއުނދުޅި

    މި ބުރާންތި މިއުޅެނީ ކިހިނެއްވެގެން

    8
    1
  6. މާމީ

    އެންޑީޕީ އިން ކުރިމަތިލި މީހުން މޭޔަރު ކަމަށް ނުހޮވޭނެތީ ބުއްޅަބޭ ބުނެގެން ތެޅެނީ ...

    13
    1
  7. ބްރޯ

    ބަލަގަ ސިޓީ ކައުންސިލް ކިއުމެކޭ މުނިސިޕަލްޓީ ކިއުމެކޭ މޭޔަރު ކިއުމެކޭ އަވަށުވެރިޔާ ނުވަތަ ރަށުވެރިޔާ ކިއުމެކޭ ހުރީ ކޮންތަފާތެއް.ބަލަގަ ދުނިޔޭގެ ކުރިއަރާފައިވަގައުމުތަކުގާ ކިޔާ މޮޅެތި ނަން ކިަޔަކަސް ރާއްޖެ އެފެންވަރަކަށް ނުދާނެ އަދި މީގެ 100 އަހަރު ފަހުންވެސް ވީއިރު ނަމަކުން ކެއްކޭނީ ކޮންރިހައެއް. މާލޭ ސިޓީކައުންސިލް މިހަދަނީ އިގިރޭސިވިލާތުގެ ލަންޑަންއަށް . ލަންޑަނުގެ މޭޔަރަކު ހުރިމަ ދިވެހިރާއްޖޭގެ މާލެ ސިޓީގަ ވެސް ހުންނަންޖެހެނީ މޭޔަރަކު .މިއީ ދިވެހިގައުމު ކުރި ނާރާ ސަބަބަކީ ދެއްކުންތެރިކަން އަމަލަށްވުރެ އިތުރުވުން.

    8
    1
  8. މަސީހު

    ނަސީދުވެރިކަުގަކުރި ކަންތައްދެންރިޕީޓްކުރާނީ ރާއްޖެ 4 ބަޔައްބަހާފަ ކޮންމެތަނަކައް ސޯޓޭޓްމިނިސްޓަރެއްލާނެ.

  9. މުގައްދަރު

    މޭޔަރުކަން ކަނޑާލާފަ ކިޔަންވީނު މާލޭ މިޔަރު އައްޑޫމިޔަރު ފޯއްމުލަކު މިޔަރު ތިނަދޫމިޔަރު ކުޅުދުފުށީމިޔަރު ދިވެހި ނަންތަކެން މިކަންވއސް ދިވެހިކޮއްލީމަ ނުމުނީނޫންތޯ ތިޔަހާ ހާސްބޮޑުވެގެން ބައިނަލް އަގުވަމީ ވާހަކަ ތިޔަ ވިދަޅުވަނީ ކަނޑުގަވެސް ބާރުގަދައީ މިޔަރު އަނެއްކޮޅުން މިރީޖަނައް އިނގިރޭސިން ކިޔަނީވެސް އެއވަތަރުކޮއްލައް ސާކްގެ ގައުމުތައް