އދގެ ވޯލްޑް ޓޫއަރިޒަމް އޯގަނެޒޭޝަން (ޔޫއެންޑަބްލިވްޓީއޯ) އިން "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" އަށް ގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ޓޫރިޒަމް ޢަލީ ވަހީދު އައްޔަން ކުރައްވައިފިއެވެ.

އެ ކޮމެޓީއަށް އަލީ ވަހީދު އައްޔަން ކުރެއްވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިންނެވެ.

މާރިޗް 19 ވަނަ ދުވަހު އިންތިޒާމްކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ" ގައި އެކުލަވައިލުމަށް ނިންމި "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ"އަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިވްޓީއޯ އިން އެލުލަވާލި ކޮމެޓީއެކެވެ.

ކޮވިޑް-19 ދުނިޔޭގެ 192 ގައުމަކުން ފެނިފައިވައިރު، މި ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ދަނީ ލޮޅުންތަކެއް އަންނަމުންނެވެ. އަދި ސަރުކާރުން ދަނީ މި ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެއިން ބޭރުގެ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    ޢިތުރަންހަލާކުވީ

    8
    4
  2. ޝައްތާރު

    ތި ކޮމެޓީ އަށް ކޮރޯނާ ޖެހުނީ ތިޔަ....

    2
    1
  3. ޢ

    ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގައި މިނިސްޓަރ ޢަލީ ވަޙީދު

    6 ގަޑިއިރު ކުރިން ( މާޗް 23, 2020 )

    އަންނަން އޮތް ގެއްލުމަށް މަރުހަބާ؟

    2
    1