މިހާރު ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން އޭޑީކޭގެ ހޮސްޕިޓަލުގެ އޯޕީޑީ ގަޑިތަކަަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ހޮސްޕިޓަލުން މި ބަދަލުތައް ގެނެސްފަައި ބަނީ މިއަދުން ފެށިގެންނެވެ. އެގޮތުން ދެން ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް ލިބެމުންދާނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހޮސްޕިޓަލްގެ އެހެން ހިދުމަތްތައް ހެނދުނު 08:00 8:00 ން ރޭގަނޑު ހަމަ ކުރިއެކޭ އެއްގޮތަށް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޑޮކްޓަރުންގެ ޑިއުޓީ އާއި މެމޯ ނަންބަރު އެ ހޮސްޕިޓަލްގެ މޯބައިލް ގިދުމަތް އާސްކް އޭޑީކޭ މެދުވެރިކޮށް ބެލޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން ވަނީ ކޮވިޑް-19 އާ ގުޅިގެން އޮންލައިން ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ. އަދި މި ކްލިނިކުން ހިދުމަތް ލިބޭނީ ހެނދުނު 08:00 ރޭގަނޑު 8:00 އަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަން ޖެހޭނީ 3313553 އަށެވެ.