ހދ. ކުޅުދުއްފުށި ސިޓީން މުސަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެރަށު ގެއަކުން ފަސް މުސަޅު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އަދި އޭގެ ތެރެއިން ހަތަރު މުސަޅެއް ކޮއްޓެއްގައި ބަންދުކޮށްފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށާއި، އަނެއް މުސަޅު އަދި ފެނިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހެކެވެ.

އަދި އެ މައްސަލާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.