އެއާޕޯޓް މުވައްޒަފުން ފަސެންޖަރުންނާއި އެކު ސެލްފީ ނުނަގަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލް އިން މިރޭ ކުރި ޓްވީޓެއްގައި ފަސެންޖަރުންނާއި އެކު ނަފްސީ (ސެލްފީ) ނުނަގަން މުވައްޒަފުންގެ ކިބައިން ވަނީ އެދިފައެވެ. އެމްއޭސީއެލްގެ ޓްވީޓްގައި ހިމަނާފައިވާ ޕޯސްޓަރުގައި ބުނެފައި ވަނީ ގައިގޯޅިވެ ފޮޓޯ ނެގުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
"އިޖުތިމާޢީ ގައިދުރުމިން ބެހެއްޓުމަށް ސަމާލުކަން ދެއްވާ، ފަރުދީ ޒިންމާ އަދާކުރައްވާ." އެމްއޭސީއެލް އިން ބުންޏެވެ.
#Farudheezinmaa adhaa kuravaa pic.twitter.com/CP5CSgUoRY
— Maldives Airports Company Ltd - MACL (@MACLmedia) March 23, 2020
ފަސެންޖަރުންނާއި އެކު ސެލްފީ ނުނަގަން އެމްއޭސީއެލް އިން އެދުނު އިރު އެއާޕޯޓްގައި މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒަފުން ވަނީ އެކަހެރި ކޮށްފައެވެ. އެއީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ އާއި ކުރާހުރާ އިން ޝައްކުވި ފަތުރުވެރިޔަކާއި ބައްދަލުވި މުވައްޒަފުންނެވެ.
ހަކުރާ ހުރާއިން ޝައްކުވި ފަތުރުވެރިޔާ އާއި ބައްދަލުވި ކަސްޓަމްސްގެ 17 މުވައްޒަފުންނާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ މުވައްޒަފަކާއި ޓީއެމްއޭގެ ތިން މުވައްޒަފެއް ވަނީ އެކަހެރި ކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައި ވެއެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ނަމަވެސް އަދިވެސް ކޮވިޑް-19 ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑުކަމަށް ތަކުރާރުކޮށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބަލިން ރައްކާތެރިވުމަށް ސިއްހީ އޮފިޝަލުން ދެއްވާ އިރުޝާދުތައް ގަބޫލުކޮށް އެއިރުޝާދުތަކަށް އަމަލު ކުރުމަށް ސަރުކާރުން ގެންދަވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ސެލްފީ ނެގި މީހުންދޯ މިއީ.
އެހެންވާނޭ އަދިވެސް ގައިގޯޅިވެ ސެލްފީ ނެގޭތޯ ބަލާތި!
ނުކުރަށޭ ބުނެފިތަ ކުރާނެ، އެވަރަށް އެކިޔަނީ ދޯ މީހުންނައި 3 ފޫޓް ކައިރި ނުވާށޭ ނުވާށޭ ، ހަމަ ބުނެ ބުނެ އޮށްވާ ތަނަކުން ފަރަންޖީއެއް ފެންނަ އިރަށް ނޭފަތު ބުޑަށް ވަދެ ސެލްފީ ނަގަލަނީ މަ ވަރު މީހަކު ނެތިގެން. ކިހާ ދެރަ ކަންކަން ކިތަށް މީހުންގެ ވަގުތު ކިތައް މީހުންގެ މަސައްކައް ބުރު އަރާ ކިހާ ރުފިޔާއެއް މިދަތި ހާލުގައި އޮއްވާ އިސްރަފު ވެގެން މިދަނީ މިކަހަލަ އަޑު ނީވޭ ބުރާންތި ވެފައި ތިބޭ މީހުންނާއި ހެދި
ހޫ
އަޅުގަނޑުމެންގެ ލޮބުވެތި ރައިސް އަކީ ވެސް ވަރަށް ސެލްފީ ނަގާ ހިއްޕުޅުވާ ރައިސްއެއް އޭނަ ފޮލޯ ނުކުރާށޭތަ ތިބުނިީ
އަޅެ ކީއްވެފަ ތިބޭ ބައެއްތަ ތީ! އިންސާނިއްޔަތު ނެތި ދާން ކައިރިވާއިރު ކަލޭމެން ތި ކުޑަ ހަސަދަވެރި ކަނު ވިސްނުމުގަ އަވަދިވެ ހުސްވެފަ. ތި ވިސްނުންތީ ގައުމަށް އޮތް އެންމެ ބޮޑުބަލާ. އެމްޑީޕީ އެއް ޕީޕީ އެއް ކިޔާނެކަމެއް ނެތް ..މޯލްޑިވްސް ކިޔަނީ ހަމަ ހެޔޮކޮށް...މަރުމޯލުންގެ ރާއްޖެ މީ
އެމަނިކުފާނު ސެލްފީ ނަގަން ޖެހިދާނެތީ މިހާރު ނުފެންނަނީ. ބަލި މަޑުކަން ނިމެންދެން ފިލާ އޮވެފަ ނިކުމެ މެޑަލް ޖަހާނެ. މީނާ ކުރި، ކުރާ އެއްވެސް ކަމެއް ނެތް.
ޓޯކީ އިން ނަގާ
ތި ސްރީލަންކަންގަ އުޅޭ ބުންޔާމީންއަކީ މީހަކުފެންނައިރަށް ގޮސް ސެލްފީނަގާމީހެއް.
އަދިވެސް އެދެންތަ ވީ؟ ކަނދައެޅިގެން މަނާ ކޮށް ބަލަ. ތިޔަހާލޮނުމަޑު ވެގެން ކަންކަމެއް ނުވާނެ
މީހުންނަން އޮޅުން ނާރާގޮތަށް މުޖުތަމައުގެ މަސްލަހަތު ނުގެއްލޭގޮތަށް ހަބަރުތަކުގެ ސުރުހީ ލިޔުމަށް އެދެން. ބައެއް ދިވެހިންނަކީ ހަބަރު ސުރުހީ ކިޔައިގެން ހަބަރު ފަތުރާބައެއް.