ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ދެދިވެހިންގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފެލައިނީ އާއި ބައްދަލުވި މީހުން ދެނެގަނެ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފެލައިނީ ރާއްޖެ އައި މަގު ދެނެގަނެވިފައިވާ ކަމަށް މަބްރޫކް މިރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެލައިނީ ރާއްޖެ އައީ ދުބާއީން ކަމަށާއި އޭނާ ޗައިނާ އަށް އެނބުރި ދިޔައީ ވެސް ރާއްޖެ އިން ދުބާއީ އަށް ގޮސްފައި ކަމަށެވެ.
ފެލައިނީ އާއި ބައްދަލުވި ދެދިވެހިން އަދިވެސް ތިބީ ވެލިދޫ ކަރަންޓީން ފެސިލިޓީގައެވެ. ނަމަވެސް އެމީހުން މާލޭގައި ދިރިއުޅުނު ގެ މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ފެލައިނީ ފައްސިވީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި، އެނބުރި ޗައިނާ އަށް ދިޔަ ފަހުން މިމަހުގެ 20 ވަނަ ދުވަހު އެވެ.
ފެލައިނީ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބުނީ ވަރަށް އަވަހަށް ކޮވިޑް-19 އިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
އަލްޙަމްދު ލިއްލާހި
އަލްހަމްދުލިއްﷲ، އަޅުގަނޑުގެ ހެޔޮދުޢާ އަކީ، މިނު ރައްކާތެ ރި ވައި ރަސްއިން
ގައުމުގެ ހު ރިހާ ލޮބުވެތި ރައްޔިތުން މާތްﷲގެ އި ރާދަފުޅާއި މިންވަ ރުފުޅުން ސަލާމަތުގެ އައްސޭ ރިއަށް ދިއުން.
ރާއްޖޭގައި ކާފިއުހިންގާކައް އަދިވެސް ނުވޭތޯ
ނަސީބެއް. ﷲ ގެ މިންވަރުފުޅުތީ. ސަރުކާރުން މާ ބޮޑަށްވެސް ޒިންމާދާރުވާންވެއްޖެ މިހާރު
ބަންގާޅިން ބޭރު ކުރަމާ!!!
ކަލޭމެން ރާއްޖެއަށް ޓޫރިސްޓުން ގެންނަން ހުއްދަ ދެނީ ކީއްވެހޭ؟ ކަލޭމެން ގެސްޓުންނާއި ކޮންޓެކްޓް ނުވާތީތާ؟
ދިވެހިންނަށް އަމިއްލަ މަސައްކަތް އަމިއްލަ އަށް ކުރަން ކެރޭނަމަ ބިދޭސިން ގެންނާކަށް ނުޖެހުނިސް އިގޭ ބިން ކަންނެތް ކަމާ ބޮޑާ ކިބުރުވެރި ކަމުން ދިވެހިން ދުރުވި ދުވަހަކުން ނޫނީ ބިދޭސީންނާ ނުލާ ދިވެހިންނަކަށް ނޫޅެވޭނެ އަހަރެން އަމިއްލަ ތަޖުރިބާ ބުނެލަންތަ އަހަރެން އަލައް ފިރިމީހަާގެ ގެއަށް ބަދަލުވި ދުވަހު ފަހަރިޔަކު ބުނިިިީ ހިގާށޭ ހިގާލަން ހިގާލަން ނުކުމެފަ ފަހަރިވަނީ ގެޔާ 10 ވަރަކަށް ފޫޓް ދުރުމިނުގައިހުރި ގެޔަކަށް މިތަނަށްހޭ ހިގާލަން ތިޔަ އައީ އެހީމަބުނީ'' މިއީ މަސްކަށްކާ ގެޔެކޭ މަސްގަންނާށޭ މިއައީ މަސްކިބަ ހިފައިގެން ހިގަން ނުކެރިގެނޭ ތީނަ ގެނައީ އަޅެ މީ ތި ހިފާލަ ދީ ބަލާށޭ '' މީ ދިވެހި އެ ބުނާ ތަހުޒީބު މޮޑަން މިީހުންގެ ހާލަތު ކަމަށް ވަންޏާ ބަންގާޅިންނާ ނުލާ ދިވެހިން ދިރިއުޅޭނީ ކިހިނެއް ބިން ކައިރީ ބުނެލަންއޮތީ ކަމުގެ ދެކޮޅުބަލާފަ ބިދޭސިންނަށް އެއްޗެހި ގޮވާށެވެ
ވަރަށްބޮޑު ތެދެއް! ބަންގާޅީން ފޮނުވާލެވިދާނެ! ދެން އޭރުން އަހަރެމެންގެ މި ރީތި ދިވެހިރާއްޖޭގެ ހުރިހާ ކޮންސްޓަރަކްޝަން މަސައްކަތް ހުއްޓި ދެންވެސް އާންމު ދިރިއުޅުމަށް ކުރަންޖެހޭ ވަރަށް ގިނަކަންކަން ހުންނާނީ ނުކުރެވިފަ! ދިވެހިންގެ ހާލަކީ ބޮޑެތި ސައިކަލްގަ ބުރުޖަހާފަ، ކޮފީޝޮޕްތަކުގަ ދުންއަރުވާފަ .. ދެން ކިޔާނެ ކަމެއްނެތް.
ބިން މަމީ ދިވެއްސެއް ބަންގާޅީއެއްނޫން