ކޮވިޑް-19 އާއި ގުޅިގެން 200 އެނދުގެ އިންސެންޓިވް ކެއަރ ޔުނިޓެއްގެ ގޮތުގައި އިމަޖެންސީ ހާލަތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ އިމާރާތް ބޭނުންކުރުމަށް އެކުންފުނީގެ އެއްހިއްސާދާރުކަމަށްވާ ރައީސް ނަޝީދުގެ ބޮޑު ބޭބެ ކެރަފާ ޢަބްދުލްޣަނީ ދެކޮޅު ހައްދަވަފިއެވެ.

މިކަމަށް އޭނާ ދެކޮޅު ހައްދަވާކަން ހާމަކުރެއްވީ ޓްރީޓޮޕް ހޮސްޕިޓަލް އިމަޖެންސީކޮށް ދިވެހި ރައްޔިތުންނަށް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމުގެ މަޝްވަރާތައް ޓްރީޓޮޕް ހޮސްޕިޓަލާއި ސަރުކާރާއި ދެމެދު ހިންގަމުން ދަނިކޮށް، ކުންފުނީގެ އެހެން ހިއްސާދަރުންނަށާއި ޓްރީޓޮޕަށާއި އަދި ބައެއް އެހެން ފަރާތްތަކަށް އޭނާ ފޮނުއްވާފައިވާ އީމެއިލަކުންނެވެ.

ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކަމަށްވާ ކެރަފާ ޢަބްދުޣަނީ ފޮނުއްވި އީމެއިލްގެ މައުލޫމާތު އެނގޭ އިތުބާރު ކުރެވޭ ފަރާތަކުން ވަނީ އީމެއިލްގައި ހުރި މައުލޫމާތު "ވަގުތު" އަށް އާއި ހިއްސާކޮށްފައެވެ.

ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކަމަށްވާ ކެރަފާ ޢަބްދުޣަނީގެ އީމެއިލްގައި ވިދާޅުވެފައިވާގޮތުގައި ރައީސް ޞާލިހުގެ ސަރުކާރު ދިފާޢުކުރުމުގެ މަޤުސަދުގައި އޭނާގެ ހިއްސާ އޮންނަ މިއަގުބޮޑު ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް އޭނާ ބޭނުމެއް ނުވެއެވެ. ރައީސް ޞާލިހްގެ ސަރުކާރާމެދު ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކެރަފާ ޣަނީ ހިއްހަމަޖެހިވަޑައިނުގަންނަވާކަން މި އީމެއިލުން ފާހަގަ ކުރެވޭ ކަމަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ކްރައުން ކޮމްޕެނީގެ 25 އިންސައްތަ ހިއްސާއާއި ޗަމްޕާ ބްރަދާސްއާއި ކުރެއްދޫ ހޯލްޑިންގ އަދި ކާސާ ހޯލްޑިންގގެ 75 އިންސައްތަ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓުން ބިނާކޮށް ހިންގާ އެންމެ މިޒަމާނުގެ ހޮސްޕިޓަލެކެވެ. ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކަމަށްވާ ކެރަފާ ޢަބްދުޣަނީ އަކީ ކްރައުން ކޮމްޕެނީގެ ހިއްސާދާރެކެވެ. ޓްރީޓޮޕް ހިންގާ ކުންފުނީގެ ބޯޑުގައި ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅު ކެރަފާ ޢަބްދުޣަނީ އިންނަވައެވެ.

ޓްރީޓޮޕް ސަރުކާރުން ބޭނުން ކުރަން ދިނުމަށް ކެރަފާ ޢަބްދުޣަނީ ދެކޮޅު ހެއްދެވުމާއި ގުޅޭގޮތުން އިތުރު ތަފުސީލު ހޯދުމަށް އެކުންފުނީގެ އެހެން ހިއްސާދާރުންނަށް ގުޅޭތޯ "ވަގުތު" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓްރީޓޮޕް ބޭނުން ކުރަން މަޝްވަރާ ކުރަމުން ގެންދާ ކަމަށް ސަރުކާރުން ވެސް ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަޝްވަރާތަކާއި ގުޅޭ މައުލޫމާތު ސަރުކާރުން ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ޖޯން

  ތިޔަ ކެނަރީގެ އާއިލާ އަކުން މިދިވެހިގައުމަކަށް ދުވަހަކުވެސް ހެވެއްނޭދޭނެ. ތި އާއިލާއަކީ މިގައުމުގާ ކޮންމެވެރިއަކު މެރުމަށް ބަޑިއެތެރެކުރި އާއިލާއެއް. މިހާރުހުރި ފަސްޓްލޭޑީގެ ބަފަޔަކީ ނޮވެންބަރު 3ގައި މިގައުމުގެ އެތައްބައެއްގެ ލޭއޮހޮރުވާލާފާއިހުރި ބާގީއެއް. އެއީ ބޮޑުސިއްކަ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.

  105
  5
 2. މޯޑް

  މިކަމާ ނަސީދު ވިދާޅުވާނީ ކީކޭތޯ؟

  42
  5
  • ކަނީރު

   ކަލެއަށް އެނގޭނީ

   • ކިޔާން

    ރައީސް ނަޝީދު ވާހަކަ ވެސް ނުލާހިކު ގޯސް

 3. ޒަކް

  ސޫދާ ނަޝީދު އަޑީގަ ހުރެގެން ކުޅޭ ގޭމަކަށް ތި ވާނި.. ސަރުކާރަށާ ރައީސް ސޯލިހަށް ޖެއްސުންކުރުމަށް.. ކުރީކޮޅު މަޖިލީހުގަ ވެސް ސަރުކާރުގެ އަގުވައްޓަން އޭނާ ލައްކަ އަނގަ ތެޅި

  75
  3
 4. ކިނބޫ

  ބާޣީންނަކީ ދިވެހިންނަށް އެހީތެރިކަމެއް ދޭނެ ބައެއް ނޫން. ދިވެހިން ފޭރުން އެމީހުން ކަމަކީ.

  79
  3
 5. ޙނ

  ފިތުނަ އުފެދޭ ލިޔުން ނުލިޔުމަށް އެދެން.

  28
  87
 6. ޢަންސާރު

  ޢޭނަ ބަފާ މުދަލެއް ނުހުންނާނެ

  52
  1
 7. ޕިސްޕިސް

  ސާބަހޭ ހަމަ ނަށީދުގެ ބޮޑުބޭބެ ލާފަ ނޫނީ ހަމަ ނުލިޔެވުނު ދޯ..ނަށީދަކާ އަޅަިގަނެގެން ނުނެއްޓިގެން ތަ ތި އުޅެނީ..ކިތައްމެވަރަކައް ނަށީދު ބަދުނާމް ކުރަން އުޅުނަސް ނުވާނެ ތިކަމެއް..ރައްޔިތުންގެ ހިތުގަ ހައްތާ އެ މަނިކުފާނައް އޮތް ލޯބިވަނީ އިތުރު

  21
  160
  • Anonymous

   ކިތަންމެ ވަރަކަށް ތިޔަ ނަސީދު ދިފާއުކުރަން އުޅުނަސް. އެއީ މި ގައުމުގަ ބޮޑުހުޅުޖެހުމަށް ރައްޔިތުންނަށް ގޮވާލާ އެކަން ކޮށްފަހުރި ބޮޑު ލާދީނީ މުޖުރިމެއް!!

   79
   2
  • ނަން

   ހައްހައްހާ! ލޯބި އިތުރުވާ މީހުންނަށް ޓްރީޓޮޕުން ހިލޭ ބޭސްފަރުވާތަ؟
   އަދި މި އިގުނީ ޓްރީ ޓޮޕް ޚިދުމަތްތަކުގެ އަގު ބޮޑުވަނީ ކީއްވެގެންކަން...

   41
  • އީތޭން

   ރައިސް ނަޝީދުގެ ވާހަކަތައް ހުންނަނީ ވަރަށް ގޯސްކޮށް... ދިވެހިންނަށް ހެވެއް ނޭދޭ. އަމިއްލަ އެދުމަށް އުޅޭ މީހެއް ރައީސް ނަޝީދަކީ...

 8. ސަނީހު

  ކެރެފާ އާއިލާއަކީ އިންސާނިއްޔަތު ކަމަށްވުރެ ވެސް އަމިއްލަ އެދުން އިސްކުރާ ބައެއްކަން މިކަމުން އެގިގެންދަނީ. މީ ހަމަ ކެރަފާ ނަޝީދުގެ އަމުރަށް ބޮޑު ބޭބެ ކުރިކަމެއް. . ކޮރޯނާ ފެތުރެންފެށީމަ އަވަސް އަވަހަށް ރާއްޖެއިން ބޭރަށް ގޮސް ވައިރަސް ހިފާގެން އައިސް އިބޫ ގަޔަށް ވައިރަސް އަރުވަން ވެސް މީނަ ނޭގެ މަސައްކަތް ނުކުރާ ކަމެއް. އިބޫ ބަލިމީހަކަށް ވީތީ މިމަގުންވެސް އުނުލަފާ މީހާ މަސައްކަތް ކުރާނެ. އިބޫ ވަރަަށް ވިސްނާތި މިނަޝީދަށް މިދަނޑިވަޅު

  57
  8
 9. އެކްޓިވިސްޓް

  ރައީސް ނަޝީދުގެ ޢަމަލުތަކާއި ބަސްމަގަށްބަލާއިރު ރައީސް ނަޝީދުމެން ރައީސް އިބޫ ޞޯލިހުއާއި އެހާ ހިތްޕުޅާ ހަމަނުވާކަން ކުރިންވެސް އެނގެއެވެ. ކޮވިޑް-19 ގެ ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ރައީސް އިބޫ ޞޯލިހު އަޅުއްވަންފެއްޓެވި ހަރުދަނާ ފިޔަވަޅަށް ރައީސް ނަޝީދުމެން ފާޅުގައި ދެކޮޅުހަދައި ހުން ނާންނަނީސް ރަޖާލަނީއޭ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާކުރެވިދާނެއޭ ކިއާ ފާޑުކިއަންފެށީ ހަޤީގަތުގައި މިބަލީގެ ނުރައްކާ ނޭނގިގެނެއްނޫނެވެ. ބޭނުމަކީ މި ރާއްޖެއަށް އެބަލިފަތުރުވާ ކޮންޓްރޯލް ނުވޭވަރުކޮށް ރައީސް އިބޫ ޞޯލިހުގެ ސަރުކާރުދެކެ ރައްޔިތުން ނުރުހޭނެހާގޮތްތަކަށް މަގުފަހިކުރުމެވެ. އެމީހުންގުޅިގެން ސަރުކާރު ހިންގުމަށްވެސް އޮބިއަޅާފަ އެއޮތީ އެހެންވެއެވެ. އެމީހުން ނުރުހުން ފާޅުކޮށް ކޮށްތިއްބާ ރައީސް އިބޫ ޞޯލިހު ތި އެޅުއްވިފަދަ ހަރުދަނާފިޔަވަޅުތައް ސަރުކާރުހިންގުުގައިވެސް ވަކިމީހަކަށް މޫނަކަށް ކަނދުރާކަށް ބެލުމެއްނެތި ހަރުދަނާ ސިޔާސަތެއް އެކުލަވާލައްވައި މަނިކްފާނަކީ ރައްޔިތުންގެ އެއްމެ ލޯބި ހޯއްދެވި ވެރިއާކަމުގައިވުމަށް މަސައްކަތްކުރައްވާށެވެ. އެކަން ވިޔަނުދޭން އެކި ގޮތްގޮތުން އިސްމީހުން މަސައްކަތްކުރާނެކަން މިއަދުމިވަނީ ސާބިތުވެފައެވެ. އެކަމަކުވެސް އަޅުއްވަންޖެހުނު ކޮއްމެފިޔަވަޅެއް ސާބިތުކަމާއި އެކު އަޅުއްވަމުން ގެންގޮސް ރައްޔިތުން އެދުނުފަދަ ސަރުކާރަކަށް ވުމަށް މަސައްކަތް ކުރައްވާށެވެ.

  52
  1
 10. ހާލަތު

  ޤައުމުދެކެ ލޯބިވާ ފަރާތްތަކާ ޤައުމައް ގައްދާރުވާ ފަރާތްތަށް ފާޅުވާނީ މިފަދަ ދަނޑިވަޅުތަކުގަ

  62
 11. ބަަާގީިވަހީިދު

  ބޮޑުބޭބޭފުޅު....ހަހަހަ.

  40
 12. ާއަލީ

  ޢެމަޖެންސީގައި ސަރުކާރަށް ބޭނުން ކޮންމެ ކުރެވޭނެ. ގައުމު އެފަދަ ހާލަތެއްގައި ކެރަފާގެ ރުހުމެއް ބޭނުމެއް ނުވެއެވެ

  67
 13. ޟީިިިިިި

  މި ން ވާ ލް

  8
  1
 14. މި ން ވާ ލް

  މި ން ވާ ލް

 15. ޕިނޯކިޔޯ

  ތީ ނަސީދުގެ ރޭވުމެއް

  37
  2
 16. ާައަހުމަދު

  ކޮންމެހެންވެސް ރައީސް ނަޝީދުގެ ވާހަކަ ގެންނަން ޖެހޭތަ؟ ނަޝީދުގެ ހިއްސާ އެކުންފުނީގަ އޮވޭތަ؟ ތީ ފިތުނަ އުފެއްދުން.

  10
  60
 17. ޙާލިދު

  ބަންގާޅީން ބޭރުކުރޭ!

  26
  2
 18. ހަސަނު

  ކޮބާތޯ މައްސަލައަކީ. އެމީހެއްގެ ހިއްސާއޮތްތަނަކާ ބެހޭގޮތުން އެމީހަކަށް ފެންނަ އެއްޗެތް ބުނެވިދާނެ.

  7
  41
 19. ޙިމް

  ޢޭ ނަޝީދުގެ ބޮޑު ބޭބެ އެއް ނުން އޭ ނަޝީދުގެ ބައްޕަގެ ދެބެންގެ ދެދަރި މީހެއް

  16
  5
  • ނަން

   ކޮންމެ މީހަކަސް ތިމާގެ ތާ

   17
 20. މުބީނު

  ކެރަފާ ޢަނީ އަކީ އިބޫ ގެ އަންހެނުން ފަޒުނާ ގެ މަންމަ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ. އައްނި ގެ ބޮޑުބޭބެ. ކެރަފާ އާއިލާ އަކީ ރިސޯޓް ތައް ވެސް އޮއްނަ ބައެއް. މިއީ ރާއްޖޭ ގެ ރައްޔިތުންނަށް ކޮރޯނާ ޖެހުނަސް ގެސްޓުން ގެންނަ ސަބަބަކީ. އެއަރޕޯޓް ބަންދު ނުކުރާ ސަބަބަކީ.

  43
  4
 21. ޟ

  ރައްޔިތުންގެ ބިން. ސަރުކާރު ބޭނުންވީމަ ނެގޭނެ. ކޮން ކެރަފާއެއް. ތި އައުލާދަކާ ހެދި މުޅި ގައުމު ފުންޑިއްޖެ.

  44
  1
 22. ސަދސަ

  މިފަދަ ދަނޑިވަޅެއްފައި މިގައުމުގައި ހުންނާނީ މުޅިންވެސް ރައްޔިތުންގެ ލާބަޔަށް ހުރިކަންކަން.
  ތިތަން ރައްޔިތުންނަށް ބޭނުންކުރެވޭނެ. އެގޮތް ސަރުކާރުން ހޯދަންޖެހޭނެ.
  ކޮރޯނާއަކީ މާބޮޑުކަމަކަށް ނަހަދައި އެއްވުން ނުބާއްވަން އެހާވަރަށް އެއްބަޔަކު ގޮވި އިރު އަނެއްކޮޅުން ބަލިފެތުރުމުގެ ފުރުސަތު ބޮޑުގޮތަކަށް އަމަލުބަހައްޓަން އުޅުނު ސަބަބާއި ތިބުނާ އީމެއިލް އާއި އޮތީ ކޮންގުޅުމެއްތޯވެސް ބަލަންޖެހޭ

  27
 23. ޟުނހގހ

  މިފަދަ ދަނޑިވަޅެއްފައި މިގައުމުގައި ހުންނާނީ މުޅިންވެސް ރައްޔިތުންގެ ލާބަޔަށް ހުރިކަންކަން.
  ތިތަން ރައްޔިތުންނަށް ބޭނުންކުރެވޭނެ. އެގޮތް ސަރުކާރުން ހޯދަންޖެހޭނެ.
  ކޮރޯނާއަކީ މާބޮޑުކަމަކަށް ނަހަދައި އެއްވުން ނުބާއްވަން އެހާވަރަށް އެއްބަޔަކު ގޮވި އިރު އަނެއްކޮޅުން ބަލިފެތުރުމުގެ ފުރުސަތު ބޮޑުގޮތަކަށް އަމަލުބަހައްޓަން އުޅުނު ސަބަބާއި ތިބުނާ އީމެއިލް އާއި އޮތީ ކޮންގުޅުމެއްތޯވެސް ބަލަންޖެހޭ

  14
 24. ގާދިރު

  މުޅިޤައުމުގަ ހުސް ތިމީހުން އޮތީ .... އަމިއްލަ އެދުން ބޮލަށް އަރާފަ.

  34
  1
 25. ާވަހަުސ

  އަޖައިބެއް. ޞާލިހުއަށްތަ ދެނީ ނޫނީ ދިވެހި ސަރުކާތައްތަދެނީ

  18
  1
 26. ކޮރަލް

  އެމީހުން ގަބޫލު ނުވިއަސް އިމަޖެންސީ ހާލަތުގަ ނެގޭނެ އެވެ

  37
 27. ޢިޔާބު

  މީ މާ ވަރެއްގެ މީހެއްތަ؟ މީހެއްގެ ބޮޑުބޭބެ

  10
 28. އަޙްމަދު

  އިމެންޖެންސީއެއްގައި މީހެއްގެ ރުހުން އޮތްތޯނޫންތޯ ބަލަންވީ. އެތަން ސަރުކާރަށް ނެގީމަ ނިމުނީ! ބަހަނާ ދައްކަންޏާ ސަރުކާރައްވެސް ކުރެވޭނެ ކަންކަން ހުންނާނެ! ރައްޔިތުންނަށް ވެސް ކުރެވޭނެ ކަންތައް ހުންނާނެ!

  13
  1
 29. ޝީޒާ

  އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ ބުރުން ފަޅާނީ ހަމަ ބުރު ބުރަކުން އުއްދަނޑިއެއް ނުފަޅާނެ ކިތަންމިވަރަކައް ދޮންކުރިޔަސް ދޮންދުންބުރިއެއް ދޮން އަނބަކައް ނުވާނެ

  13
  1
 30. ނައީމް

  ރައްޔިރުންނޭ ވިސްނާށޭ މިހިރަ މިހިރަ ކަންކަން ރޯމާދުވާލު ދެލޯކުރިމަތީ ހިދަމުންދާއިރުވެސް ގައުމާދޭތެރޭގަ ވިސްނާލާކަށްނުވޭހެއްޔެވެ ރައްޔިތުންނޭ ވިސްނަބަލާށެވެ އައްނިގެ ކިބައިން ގައުމު ސަލާމަތް ކުރެވޭނީ އޭނައަށް ތާއީދުކޮށް ސަނާކިއުން ހުއަޓާލައިގެން ރައްޔިތުންނޭ ހޭއަރާ ނިކަން ވިސްނަބަލަ މިހިރަ ވަމުންދާގޮތް

 31. Anonymous

  ފަޒްނާ މެޑަމްގެވެސް ބޮޑުބޭބެ އެއާއިލާގެ ގިނަ ބައެއްގެ ހިއްސާ އޮތް ހޮސްޕިޓަލެއް ކީކޭދޯ ބުނާނީ ގައުމު ދެކެ ހަމަ ލޯބި ވާވަރު ތި ފެންނަނީ ދަރުމަ ވަންތަ ހޮސްޕިޓަލް ޔާމީން އެޅިކަންވެސް އެއީ ހަމަ ދިވެހިންގެ ނަސީބު އެހޮހަޅަ ފިޔަވާ ދިވެހިންނަށް ރައްކާ ތެރިކަން ފޯރުކޮށްދޭނެ އެހެން ތަނެއް ހެދިފަކާ ނެތްވިއްޔަ އެހޮހަޅަގެ ވެރިޔާ މިދަނޑިވަޅުގައި ނެތީތީ ދިވެހިންނަށް ވަރަށް ދެރަ ގައިމުވެސް ކަދުރު ފާތުމަގެ ހިއްސާ އެއް އޮތް ތަނެއްނަމަ ދިވެހިންނަށްޓަކައި އެތަން ދިނިސް ކަން ކަށަވަރު

  12
  2
 32. ޙަސަން ޒަރީރު

  ދެން ވިސްނާ އަލަގަހަކުން ކެޔޮނިރެއްނުފަޅާނެޔޭ ބުނެއުޅޭ އެއީ ހަމަ ވަރަށްބޮޑުތެދެއް މިފެއްނަނީ ހަގީގަތް ޝުކުރިއްޔާ ކެރަފާ ޣަނީ

 33. ކުޑަކާށި

  މިހާލަތުގަ ބޭނުން ނުކުރެވޭތަނެތް މިޤައުމުގަ ނުބެހެއްޓޭނެ ، އޭނަބަންދުކުރޭ ބިޑިއަޅުވާ ..

 34. ސޮނިފޮތިކޮޅު

  ކެ ރަފާ އާއިލާގެ ސަބަބުން އެއަ ރޕޯޓު ބަންދު ނުކު ރަން އަންނި ނިންމި ސަބަބާ މިނިވަންވޭޖު ކަނޑައެޅުންން ލަސްވުން ދިގުދެމިގެންދަނީވެސް މި އާއިލާގެ ސަބަބުންކަން ވަ ރަށް ސާފު..

 35. މުހައްމަދު

  ނަގަންޖެހޭ ހާލަތަށް އައީމަ އެތަން ނަގާނަން އޭރު ހުރިޙާ ތަނެއްވެސް ހުންނާނީ ސަރުކާރު ބެލުމުގެ ދަށުގައި

 36. ޒީކް

  ކެރެފާ ތިހާ ހެޔޮއެދެންޔާ ނިކަން މިހާލަތުގަ ދިވެހިންނަށް އެހެވެ ބަލަ.... ކެރެފާ ކަހަލަ މީހުން އެހީއްޔެނުވާނެ ވިއްޔަ...

 37. ހަސަން

  ރައްޔިތުންްނަށް އިޚްލާސްތެރިއެއްނޫން. މައުމޫން ބާލަން ކީ ހުރިހާކަމެއް މިހާރު އެމީހުން އެތިބީ ކޮއްގެން.މަޖްލިސް ލިބިގެން މިހާރު އުޅެނޫ ރާއްޖެތެރެ މީހުން ނިކަމެތިކުރަން. މިވެސް އޭރު ހަރުއަޑުން ދެއްކި ވާހަކައާ އިދިކޮޅުކަމެއް.ތާކުން ތާކުޖެހޭ ބައެއްނޫން..