ބ. އަތޮޅުގައި އެންދަމަން ފީނި މަސްވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުންދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ރ. ކިނޮޅަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު 14:00 ހާއިރު ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެނާގެ ހަރަކާތެއް ނެތެވެ. އޭނާ ނިޔާވިކަމަށް ޑޮކްޓަރު ނިންމެވީ 15:00 ހާއިރު އެވެ.

މޫދު އަޑީގައި އޮވެފައި މައްޗަށް އަރައި ވަރަށް ބޮޑަށް މޭގައި ރިއްސާ ކަމަށް އޭނާ ބުނި ކަމަށް ދޯނީގައި ތިބި މީހުންނާއި ހަވާލާދީ ހޮސްޕިޓަލުން ބުނެއެވެ.

ފަހަކަށް އައިސް މަސްވެރިން ނިޔަވީ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. މިދިޔަ ހަފްތާގައި ވެސް މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވިއެވެ. އޭނާ ވެސް ނިޔާވީ މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބްރޯ

    މޫދު އަޑީގަ އޮވެ ނޭވާ ހުސްކޮށްފާ މާއަވަހަށް މައްޗަށް އަރާތީ ދިމާވާކަމަކަށް ވެދާނެ. މޭގަރިހުން.

    13
  2. ރަދީފް

    ސިހުރު

    3
    7
  3. ޢާދަމް

    މިއަދު އިތުރު މަސްވެރިއެއްވެސް ނިޔާވި. ޙާދަ ދެރައޭ.

    13
    1
  4. ނުތަނަވަސްކަން

    އިންތިހާއަށް ހިތް ނުތަނަވަސް ވާވަރަށް އިންސާނުން މަރުވަމުން ދާމަންޒަރު މިފެންނަނީ އޭއެންމެ މަތިވެރި އިލާޚު ހިތްނުތަނަވަސް ވެފައި ވާއެންމެހައި މުސްލިމުންގެ ހިތްތަކަށް ހަމަޖެހުމާއި ފިނިކަމެއް ދެއްވަވާފާންދޭވެ.އާމީން

    26
    1
  5. ވާނުވާ

    ސެޓިފައިޑް ޑައިވަރުންނެއް އެން ހޯދަން މިފީނަނީ. ޑީކޯވާތީ މޭގަ ރިއްސަނީ. ރިސޯޓުތަކުގައްޔާއި ސަފާރީ އުޅަނދުތަކުގައި ވެސް ކޮންމެ ދުވަހަކު ޑައިވްކުރޭ. އެވެރިންގެ ތެރެއިން ޑައިވިންކުރާ މީހުން މަރުވާ ވާހަކަ އަޑުނީވެނީ ކީއްވެ؟

    2
    1
  6. ތިއްތި

    ތި ވާނީ ޑީކޯ ވެ ފުއްޕާމޭ ފަޅައިގެން ދިޔައީ ކަމަށް. މަރުހޫމު ގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި.