ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާ މި އުނދަގޫ ހާލަތުގައި އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ރޭ ވިދާޅުވެއްޖެއެވެ.

ރިޒްވީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކުންފުނިން އޮޕަރޭޓް ކުރާ ކާގޯ ފްލައިޓުތަކާއި މުވައްޒަފުން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އަދި އެ ކުންފުންޏާ އެކުގައި މަސައްކަތް ކުރާ ރާއްޖޭގެ އެހެން އެއާލައިންތަކުން ވެސް އޮތީ އެކަމަށް ތައްޔާރުގައި ކަމަށް ވެސް ރިޒްވީ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ވޮލެންޓިއަރ ކުރާ މުވައްޒަފުންނަށް މޯލްޑިވިއަން އިން މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ ދެނީ

ކޮވިޑް-19 މިހާރު މުޅި ދުނިޔޭގައި ފެތުރި، އެ ބަލީގެ ސަބަބުން ގިނަ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އާއި ބޭރުގެ ގިނަ ގައުމުތަކަށް ކުރުން ވަނީ މެދުކަނޑާލައިފައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމާށް ބަރޯސާ ވެފައިވާ ރާއްޖެއަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

މޯލްޑިވިއަންގެ މުވައްޒަފުން ހަފްތާއަކު ތިން ދުވަހު ވަޒީފާއަށް ނިކުންނަން ޖެހޭ ގޮތް ހަދައިފި

ރާއްޖެއަށް އަންނަ ފަތުރުވެރިން ދުވަހެއް ދުވަހަކަށް ދަނީ ދަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައި ވަނީ 324 ފަތުުރުވެރިންނެވެ. މިދި ހޮނިހިރު ދުވަހު ރާއްޖެ އައިސްފައި ވަނީ 204 ފަތުރުވެރިންނެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ދުވާލަކަށް ރާއްޖެއަށް 5000 ފަތުރުވެރިން އާދެއެވެ.

ރާއްޖެއިން ކޮވިޑް-19ގެ 13 ކޭސްއެއް ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެކުނުތަރި

    ގައުމަށް ހިދުމަތްކޮށް ދިނުމަށް މޯލްޑިވިއަން އޮތީ ތައްޔާރަށް: ރިޒްވީ" ރިޒުވީ ތިހެން ތިޔަ ވިދާޅުވީ ގައުމަށް ޚިދުމަތް ކުރުމަށް މޯލްޑިވިއަން އޮތީ ތައްޔާރަށް ނޫނޭ މީހަކު ބުނެގެން ހެއްޔެވެ؟ އަވަށްޓެރި ލަންކާއަށް މޯލްޑިވިއަންގެ ދަތުރުތައް ނުބާއްވަނީ ވެސް ގައުމަށް ހެއުއެދިގެން ތޯއެވެ؟ މަގާމަށް ވަޑައިގެން އަމިއްލަފުޅު މުސާރަ 80 ހާހަށް ބަދަލުކުރެއްވީ ވެސް ގައުމަށް ހެއުއެދިގެންތޯއެވެ؟ ރިޒުވީ ގައުމަށް ހެއުއެދިވަޑައިގަންނަވަންޏާ ބޮކްސިން ތެޅުމުން ގައުމަށް ޚިދުމަތް ކޮށްދެއްވާށެވެ.

  2. މާޅަވެލި

    އެކަމު އިއްޔެވެސް ރިސޯޓްއިން ނެގި ސާމްޕަލް މާލެ ގެންގޮސްނުދިން، ކީއްކުރާނީ ޢަމަލާ ބަހާ ދިމާނުވޭ!!!!!!!!

  3. ސަދސަ

    އެއްމެ މުހިއްމު އެއްމުއައްސަސާގައި އޮތީ ވަ ރަށް ނާގަބިލް ބޯޑެއް. ފައިވިއްދާފައި މަގާމުގައި ތިބުމުގެ ބަދަލުގައި ހުޅުވާލައިގެން ބޯޑަށް މީހުން ނަގަން ފެނޭ.
    ޢެއި ރުން 80ހާސް ރުފިޔާއަށް ތިއަދާކު ރާ ވަޒީފާ އަށް ފެންވަ ރު ރަނގަޅު ހިންގުންތެ ރިން 30ހާސް ެުފިޔައަށްވެސް ލިބޭނެ

  4. ގައުމީ ހިދުމަތް ތޯ؟؟

    ގައުމަށް ހިދުމަތް ކޮށްދެންޏާ ބޭރު ގައުމުތަކުގަ ތާށިވެފަ ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނެވޭނެ ގޮތެއް ހަދައިދޭންވީ ނޫންތޯ... މި ސަރުކާރަކަށްވެސް ނުވާނެ އެކަމެއް... އަމިއްލަ ޖީބަށް ލާރި އެޅެނިކޮށް ނިމުނީ...

  5. ކިނބޫ

    އަހަރުމެން ސަރުކާރުގެ އެންގުމަށް ބޯލަނބާ ދަތުރު ހުއްޓާލީމަވެސް ޓިކެޓްގެ ރިފަންޑް ދޭކަށް ނުކެރުނު. ދެން ކޯޗެކޭ ތިކިޔަނީ.