"ބޭރަށް ނުދެވިގެން، ދަތުރު ދާން، މޫދަށް ނޭރެވިގެން، ބިޓު ގޮވައިގެން ސައިކަލް ދުއްވާލަން ދާން. ކިހާ ވަރުގަދަވެއްޖެ ކަމެއް. ކަލޭމެން އޮފީހަށް ގޮސްފައި ކުރާ ޝަކުވާއަކީ އަނބިންނާއި ދަރިންނާ އެކީގައި ވަގުތު ހޭދަކޮށްނުލެވޭތީ. ޗުއްޓީއެއް ނުލިބިގެން. މިހާރު މިއޮތީ ކޮޅުފަސް ނުފެންނަ ގޮތަށް ޗުއްޓީ ދީފައި. ކަލަންޑަރުގައި ވެސް މި ދުވަހުގެ އަދަދު ވެސް. އެކަމަކު، މިހާރު ބޭރަށް ނުދެވިގެން ގޭގައި މަޑު ކުރަން ޖެހޭތީ. ފޫކޮޅަށް އައްސިވެގެން،" ގެއިން ބޭރަށް ނުނިކުމެ، ދުވަސްކޮޅަކު މަޑުކޮށްލަން އެދި ޑޮކްޓަރުންނާއި ސަރުކާރުގެ ވެރިން އާދޭސްކުރާ އިރު، ވެސް ބައެއް މީހުންގެ އަމަލުތަކާ މެދުގައި ކަންބޮޑުވެ ހުރެ، ސޯޝަލް މީޑިއާގައި މަޝްހޫރު "ކާއްޓޭ ދަ ވިންޗޯ" ބުންޏެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ މީހުން ތަންތަނަށް ނުކުމެ، އެއްވެ ނޫޅުމެވެ. ދުނިޔޭގައި ކުރިއަރާފައިވާ އެމެރިކާ، އިޓަލީ، ސްޕެއިން ޖަރުމަނު ފަދަ ގައުމުތަކުގައި އެންމެ ގަދައަށް މި ބަލި ފެތުރޭ ސަބަބަކީ ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން ބޯނުލެނބުމެވެ. ބޭރު ތެރެއަށް މީހުން ނުކުމެ އުޅުމެވެ.

މާލޭގެ ހާލަތަށް ބަލާ އިރު، އަދިވެސް ފެންނަނީ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ކަންބޮޑުވާން ޖެހޭ ކަންކަމެވެ. ކޮންމެވެސް ވަރަކަށް މީހުން މަގުމަތީގައި އުޅޭލެއް މަދުވި ނަމަވެސް، އެއްކޮށް މަދެއް ނުވެއެވެ. ސައިކަލްތަކާއި ކާރުތަކުގައި ބުރު ޖަހަން ނުކުންނަ މީހުން ވެސް ގިނައެވެ. މިހާރު އާންމުންގެ ކިބައިން އާދޭސް ކުރަމުން އަންނަނީ ހަމައެކަނި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން އެކަންޏެއް ނޫނެވެ.

"ގޭގައި މަޑުކޮށްބަލާށޭ" ބުނެ އާދޭސް ކުރާ އެކަކީ ސޯޝަލް މީޑިއާގައި މަޝްހޫރު "ކާއްޓޭ ދަ ވިންޗޯ"އެވެ. އޭނާއަކީ ދިވެހިންގެ އާދަކާދަތަކާ ގުޅޭ ގޮތުން ތަފާތު ވީޑިއޯތައް ނެރެމުން އަންނަ ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މީހެކެވެ. އޭނާގެ ހުރިހާ ވީޑިއޯއެއް މިހާރު އަމާޒު ކުރަނީ ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމަށެވެ. މިކަމުގެ ނުރައްކާތެރިކަމާއި ސީރިއަސްކަން ކާއްޓޭ އަށް ހަމަ ރަނގަޅަށް ވެސް އެނގިހުރެއެވެ.

ކާއްޓޭ ދަ ވިންޗޯ، މި މަހު 20 ގައި ނެރުނު ވީޑިއޯގައި، މީގެ ކުރިން ދިވެހިން އެއްބައިވެގެން ކުރި މަސައްކަތްތަކުގެ ކާމިޔާބު ވެސް ވަޒަންކޮށް ބުނީ ކާރިސާތަކުން އެންމެން އެއްބަސް ކިޔައިގެން އަރައިގަނެވުނު އިރު، މިކަމުން ވެސް އަރައިގަންނަން ގޭގައި މަޑުކުރަން ޖެހޭ ކަމަށެވެ.

"ކިރިޔާއޭ ހަތަރު ލައްކަ ހަމަ މި ވަނީ. ދެން ބޭނުމެއް ނޫނޭ މަދުވާކަށް،" ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ބަޔަކު މަރުވާން ބޭނުން ނުވާ ކަން ހާމަކޮށް ކާއްޓޭ ބުންޏެވެ.

އެންމެ ފަހުން ކާއްޓޭ އާންމުކުރީ މުޅިން ތަފާތު ވީޑިއޯއެކެވެ. ބޭރަށް ނުދެވި ގޭގައި "ތާށިވެފައި" އިން ޒުވާނަކާ ދިމާލަށް އޭނާ ބުނި ބަސްތަކެވެ. "މާބޮޑު ކަމެއް ނެތެއްނު، މިއޮށް އުޅެނީ އެއްނު މީހުން ހަމަ، ގޭގައި ބައިތިއްބައިގެން މީގެ ހަރަދު ކުރިއަށް އޮތީ، ދުވަސްކޮޅަކުން އެނގޭނެ މީގެ ހަރަދު. އަޅާ ކޮންމެ ފްލެޓަކަށް ދެ ފްލެޓު އަޅަން ޖެހޭނެ. ގެންނަ ކޮންމެ ނެޕީ ބޮނޑިއަކަށް ދެ ބޮނޑި ނެޕީ ގެންނަން ޖެހޭނެ،" ކައިރީގައި އިން މީހާ އެހެން ބުނުމާ އެކީގައި ކާއްޓޭ ފެށިއެވެ.

ކާއްޓޭ ބުނީ ދިވެހިންނަށް ރަނގަޅު އެއްގޮތް ވެސް ނޯންނާނެ ކަމަށާއި "މަތިން ޖަނގިޔާތަކެއް ފޭބިޔަސް، އަތްލާފައި، ދަމަދަމާފައި" އެއީ ދެމޭ އެއްޗެއް ނޫނޭ ބުނާނެ ކަމަށެވެ.

"ޑޮކްޓަރުން ހަމަ ތިބޭ ހިތުން ތަ އެ ތިބެނީ؟ އެމީހުންގެ ވެސް އާއިލާ އޮވޭ. ބަލަން ތިބޭ މައިންބަފައިން ތިބޭ. އެމީހުން ގޮސް ދެއިރު ދެދަޅައަށް ތިބެނީ އެތާ. ރޮއެ އާދޭސްކޮށްފައި އެމީހުން ކިޔެވި އެއްޗެއްގެ އަލީގައި އެ ބުނަނީ މާތްކަލާކޯ ގޭގައި މަޑުކޮށްބަލާށޭ،" ކާއްޓޭ ބުންޏެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ މިއީ ތޫފާނެއްގެ ކޮޅުމަތި ކަމަށްވެދާނެތީ އެންމެން ވެސް މައިތިރިވެގެން ގޭގައި ތިބުމަށެވެ. އެ ވާހަކައަށް ބާރުދީ ކާއްޓޭ ވެސް ބުނީ ބައެއް މީހުންނަށް ހީވަނީ ޑޮކްޓަރުން ހޮސްޕިޓަލުތަކުގައި މަޖާ ކުޅިވަރެއް ކުޅެނީހެން ކަމަށެވެ.

"ކަލޭމެންނަކަށް ނޭނގޭތަ މީގައި ހުރި ކެކުޅުމެއް؟ މަބޭ (މަބްރޫކް) ބުނާ ކޮންމެ ވާހަކައެއް ހިތެއް ޖަހާފައި ޝެއާކޮށްލާފައި، އެއީ ގައުމުގެ ހީރޯއޯ، މަބޭ ވަރެއް ނެތޯ. އެކަމަކު އެމީހަކު އެ ބުނަނީ ގޭގައި މަޑުކޮށްބަލާށޭ،" ކާއްޓޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ފާތުން

  މި ކާއްޓޭ އެއްޗެހި އެއްވެސް ވަރަކަށް ބަލާހިތެއްނުވޭ. ވަރަށް ފޫހި މީނަ އެއްޗެހި. ޢެންމެ ފުރަތަމަ މީނަ އެއްޗެއް ފެނުންދުވަހުން ފެށިގެން މަމީން ލޮކްޑައުން ކޮއްފިން. ޢަމިއްލަައަށް މާ މަޖާވެގަނެގެން އުޅޭނީ.....

  17
  47
  • ޒީކް

   5 މީހުން ރަގަޅު ވުމަކީ އުފާވެރިކަމެއް.. ހަމްދުހުރީ އަޅަމެން ހެއްދެވި މާތް ﷲ އަށް. ރާއްކާތެރި ވުމުގެ ގޮތުން ހަމަ ގޭގަ ތިބެންވީ... ދުއާ ކުރުމާ ޒިކުރު ކުރުން އިތުރު ކުރަންވީ. ގޭގަ ހުރުމަށް ޑޮކްޓަރުން ވެސް ލަފާ ދެނީ...

 2. ބީރުމީހާ

  އަަރުމެންނަކަށް ގޭގަ މަޑެއްނުކުރެވޭ ވަޒީފާއަށްދާްޖެހޭ އަމިއްލަ މަސައްކަތްކުރާތީ

  24
  2
  • ލ

   ތެދު ވާހަކަ އެއް. ބަންދުކުރީ ސަރުކާރު

 3. ހަހަރރ

  ކާއްޓޭއަށް ތޮފި ދިނީ ސަމީއުތަ؟؟ އަބަދުވެސް ތޮފި އަޅާފަ ހުންނާތީ ހަމަ އަހާލީ..

  15
 4. ދެރަކަމެއް

  ﷲގެ ކުޅަދުންވަންތަކަން. ބިރުވެތިވެ ކިޔަމަންތެރިކަމާއެކު ޤުރުއާން ކިޔެވުމާ ދުޢާ ކުރުމާ ޒިކިރުކުރުން ގިނަކުރައްވާ!

  39
  1
  • ކިޔާން

   ވަރަށް ރަގަޅު ކޮމެންޓެއް.. މިކަމުން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން

 5. ާދެރަކަމެއް

  ބިރުވެތިވޭ. ސަމާސާއެއް ނޫން. ޔާﷲ މި ބިރުވެރިކަމުން އަޅަމެން ސަލާމަތްކުރައްވާށި. އާމީން!

  47
  1
  • އީތޭން

   އާމީން

 6. އއއ

  ޕްރައިވެޓް ތަންތަން ބަންދުކުރަން ނާންގަނީ ކީވެބާ؟؟؟؟

 7. ގޭބަންދުގައި ހުރި ރައްޔިތުމީހާ

  ކަލެއަށް އޮފީހަށް ނުނިކުމެ ފައިސާ ލިބުނަސް އަހަރުމެންނަކީ ޕްރައިވެޓް ތަންތާގައި މަސައްކަތް ކުރާ މީހުން. އަހަރުމެން ވަޒީފާއަށް ނުނިކުމެ ލާރި ހޯދާނެ އިންތިޒާމެއް އަދިނެތް. ވަޒީފާއަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދަން. ކަލެއަށް އެތަން ފެނުނިއްޔާ ފެނުނީ. ކޮންމެހެން ގޭ ބެލްކަނީގައި ކުރާނެ ކަމެއް ނެތިގެން ފިތުނަ ފަސާދަ ނުކޮށް މަޑުން ހުރޭ. ސަރުކާރަށް ފެށުނީއްސުރެ ރައްޔިތުން ގޮވާ ގޮވުމެއް އަޑެއް ނީވޭ. ފާޑެއްގެ ބޭކާރު ނޫސް ކޮންފަރެންސެއް ދެއިރު ދެދަޅައަށް ނުބޭއްވިޔަސް އެހެން ސޯޝަލް މީޑިއާތަކުން އަހަރުމެންނަށް އެބަލިބޭ ކޮވިޑް 19 އާއި ގުޅޭ މަޢުލޫމާތު. ޒަރޫރީ ބޭނުންތަކަށް ރައްޔިތުން ބޭރަށް ނުކުތީމަ އެވާހަކަ ގޮވާނެ ކަމެއްނެތް.

 8. ބަންދުގައި މިހިރީ

  ކަނޑުކޮސްކަން ބޮޑީ މީނަގެ. މީނައަށް ނޭގޭތަ މީނަ ގޭގައި ބެލްކަނީގައި ކަމެއްނެތި ހުއްޓާ ފައިސާ ލިބުނަސް އެހެން މީހުން އަދިވެސް ވަޒީފާތަކަށް ނުކުމެގެންކަން ލާރި ލިބެނީ. ރާއްޖޭގެ ދެބައި ކުޅަ އެއްބައި މީހުންނަކީ ޕްރައިވެޓް ތަންތާގައި ވަޒީފާ އަދާކުރާ މީހުން. ކޮވިޑް 19 އަކަސް ޢީދަކަސް ބަންދެއް ނުލިބި ނުކުންނަން ޖެހޭކަން. އެކަހަލަ މީހުން މިހާރުވެސް ބޭރުތެރޭ އުޅެނީ. އެމީހުންވެސް އެކަމަކުން ނިމުނީމަ ގޭގައި އުޅެނީ. އަހަރުމެންވެސް ކުރާނެ ކަމެއްނެތިގެން ނޫން ގޭގައި މަޑުކޮށްގެން މިތިބެނީ. ތަނެއް ދޮރެއް ނުބަލާ މާމޮޅުމީހަކަށް ވެގެން ބަސްކިޔާ ނޫޅެންވީ.

 9. ގޭބަންދުގައި ހުރި ރައްޔިތުމީހާ

  ކަނޑުކޮސްކަން ބޮޑީ މީނަގެ. މީނައަށް ނޭގޭތަ މީނަ ގޭގައި ބެލްކަނީގައި ކަމެއްނެތި ހުއްޓާ ފައިސާ ލިބުނަސް އެހެން މީހުން އަދިވެސް ވަޒީފާތަކަށް ނުކުމެގެންކަން ލާރި ލިބެނީ. ރާއްޖޭގެ ދެބައި ކުޅަ އެއްބައި މީހުންނަކީ ޕްރައިވެޓް ތަންތާގައި ވަޒީފާ އަދާކުރާ މީހުން. ކޮވިޑް 19 އަކަސް ޢީދަކަސް ބަންދެއް ނުލިބި ނުކުންނަން ޖެހޭކަން. އެކަހަލަ މީހުން މިހާރުވެސް ބޭރުތެރޭ އުޅެނީ. އެމީހުންވެސް އެކަމަކުން ނިމުނީމަ ގޭގައި އުޅެނީ. އަހަރުމެންވެސް ކުރާނެ ކަމެއްނެތިގެން ނޫން ގޭގައި މަޑުކޮށްގެން މިތިބެނީ. ތަނެއް ދޮރެއް ނުބަލާ މާމޮޅުމީހަކަށް ވެގެން ބަސްކިޔާ ނޫޅެންވީ.

 10. ފާތުމާގެ އަމޭ.

  ކަލޯ ތިޔޮތީ ހިތާވެވިފަ.. ލޯބީގެ ކޮޅުމަތި ތިޔާ. ވާންޗޯ ކުރެން ހިތާވާން އަހައިގެން ހިތާނުވީމަ ތޯއްޗެއް ތިޔަ އުޅެނީ

 11. ނާށި

  މީނައެހާވަރު އަރުވާލީ ތީވެ މީނަހަދާއެއްޗެއް ވާނެ ބަލާލަން އެނގި ދާނެތާ!

 12. ބްރޯ

  ގޭގަ ހުންނަން ބޭނުން . އެކަމަކު ހުންނާނީ ކިހިނެތް .ހުންނަ ތަނަށް ކުލި ގޭގަހުރެގެން ކާނެ ކާބޯތަކެތި ދޭނީ ކާކު ؟ ކުރީގެ ސަރުކާރުތަކުން ދަރަނިކާޑު ދިފާ އެބަހުރި އަތޮޅު ތައްޔިތުންގެ އެކައުންޓުން ދަރަނި ދައްކާފަ ވެސް އެބަހުރި ދަވްލަތުން އެދަރަނި މައާފް ކޮށްފާ ވެސް އެބަހުރި އޭރު މާފަގީރު މިހާރު ގޭގަތިބެވޭނެގޮތް ހަދާދީ އާދޭސް މިކުރީ

 13. މީ

  މާޝާﷲ. ހެޔޮ ނަސޭހަތުގެ ބަސްކޮޅުތަށް އޯކޭ. އެކަމް ކީއްވެ ކުރާ ކަމެއް މިއީ މާތްﷲ ދެއްވެވި ސޫރަ ބަދަލުކޮށް ވީޑިއޯ ހަދަނީ. އަޅޭ ވ ކަމު ނުދޭ. ފާފަ އެއް ނުލިބޭނެތަ؟ ހަމަ ގައިމުވެސް އަސްލަށް ބަދަލު ކުރާނަމަ ފާފައެއް
  މާތްﷲ އަޅަމެން އެންމެންނަށްވެސް ހެޔޮ ވިސްނުން ދެއްވަވާ އެންމެހާ ނުރައްކާތެރި ބަލިތަކުން އަބަދުވެސް ރައްކާތެރި ކުރައްވަވާށި އަދި ގެއްލެނިވެ ހަލާކުވުމުގެ ކުރިން އަބަދުވެސް ސަލާމަތްކޮށް ދެއްވަވާށި އާމީން