ރާއްޖޭގައި މެއި، ޖޫންގައި ބާއްވާ އޭލެވަލް އިމްތިހާން އޮކްޓޯބަރ ނޮވެމްބަރ އަށް ފަސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ވިދާޅުވީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގުމުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މޭ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިހާނު މިއަހަރު އޮކްޓޯބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން އިމްތިހާން ފަސްކުރަން ނިންމި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ނަމަވެސް އިނގިރޭސިވިލާތުގެ ކޭމްބްރިޖުން ވެސް ވަނީ މިއަހަރުގެ މެއި ޖޫންގައި ބައިނަލްއަޤުވާމީ އިމްތިހާންތައް ވެސް ނުބާއްވަން ރޭ ނިންމާފައެވެ.

ކޭމްބްރިޖުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މެއި ޖޫންގައި ކޭމްބްރިޖުން ބާއްވާ އިމްތިހާން ލަސްކުރީ ވަރަށް ގިނަ ގައުމުތަކުގެ ސްކޫލްތައް ބަންދުކޮށްފައި ވާތީ ކަމަށެވެ.

އިމްތިހާން ނުބޭއްވި ނަމަވެސް މެއި ޖޫން އާއި ހަމައަށް ދަރިވަރުންނަށް ދަސްވެފައި ހުރި މިންވަރަކަށް ބަލާފައި ސެޓްފިކެޓެއް ދޭނެ ކަމަށް ކޭމްބްރިޖުން ބުންޏެވެ. އެ ސެޓްފިކެޓް ދޭނެ ގޮތް ސްކޫލްތަކަށް އަންގާނެ ކަމަށް ވެސް ކޭމްބްރިޖުން ބުނެއެވެ.

ކޭމްބްރިޖުން މީގެ ކުރިން ވަނީ އިނގިރޭސިވިލާތުގައި ބާއްވާ އިމްތިހާންތައް ވެސް ކެންސަލް ކޮށްފައެވެ.

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ރާއްޖޭގެ ސްކޫލްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ސްކޫލްތައް އަންނަ އާދީއްތަ ދުވަހު ހުޅުވަން ވަނީ ނިންމާފައެވެ. ނަމަވެސް އެނިންމުމަށް ބަދަލު އައުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެގްޒާމް

    މިހާތަނަށް ރާއްޖެދުށް އެންމެ ތާކުންތާކު ނުޖެހޭ އެޑިޔުކޭޝަން މިނިސްޓަރު.

    13
    1
  2. ވާނުވާ

    ޜައްޔިތުން މިހާ ހާސް ކަމުގަ ތިއްބާ މިހާވަރަށް ހިނިއައިއްސަ ތިބޭ ފޮޓޯ ލުން އެހާ މުނާސަބެއް ނޫން.
    އެއީ ރައްޔިތުންގެ ޚާދިމުން .

    11