މާލެ މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު އެމީހާއަކީ 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ، .

ފުލުހުން ވިދާޅުވީ، އެ މީހާ ފެނިފައި ވަނީ މާފަންނުގައި ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ކަމަށާއި، އޭނާ އެތަނަށް ވެއްޓިފަައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ 21:43 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މީހާ ފެނިފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިންނެވެެ. ފުލުހުން ވިދާޅުވިގޮތުގައި، އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފައި ވެއެވެ.

އަދި އެ މީހާ އައިޖީއެމްއެޗްއަށް ގެންދިއުމުން އެ ހޮސްޕިޓަލުން އެމީހާ ބެލި ޑޮކްޓަރުން ވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވިދާޅުވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މުސީބާތުގެ ވެރިކަމެއް އިބޫ ، ލާދީނީ ވެރިކަމެއް ، ލާދީނީ ނަސީދު ، ޔާﷲ އެއްމެހާ ދިވެހިން މިމުސީބާތުން މިންޖުކުރައްވާދޭވެ އާމީން

  2. ޙިޕޮ

    މިއީ ސުންޕާވެރިކަމެއް