ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އަލުން ފަށައިގެން ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި މިއަދު މަޖިލިހުގައި މަޝްވަރާކޮށްފިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ނިންމެވިކަން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިދިޔަ ބުދަ ދުވަހުއެވެ.

ނަޝީދު އެގޮތަށް ނިންމެވި ނަމަވެސް، އެމަނިކުފާނު ވިދާޅުވީ ކޮންމެ ވަގުތެއްގައި ވެސް ޖަލްސާއެއް ބާއްވަން ޖެހިދާނެ ކަމަށެވެ. އެހެންވެ ހުރިހާ މެމްބަރުން ވެސް އެކަމަށް ތައްޔާރުވެގެން ތިއްބެވުމަށް އެމަނިކުފާނު އެދުވަހު އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުން. --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން މިއަދު މަޖިލިހުގެ ތަޅުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް މަޖިލިހުގެ އިދާރާގެ މުވައްޒަފުން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު