ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރަށް ފޯރާފާނެ ކަމަށާއި އެހެންކަމުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު ފައިސަލް އޭނާގެ ޓްވީޓާގައި ވަނީ ކޮވިޑް19 އަށް ހުރިހާ ދިވެހިން ތައްޔާރުތޯ ސުވާލު އުފައްދާފައެވެ. އެ ޓްވީޓު ރީޓްވީޓު ކުރައްވާ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި ގެއިން ބޭރަށް އެއްވެސް މީހަކު ނިކުމެ ނޫޅުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުންވެސް ގިނަ އަދަދެއްގެ ޑޮކްޓަރުން އަންނަނީ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގެ 13 ކޭސްއެއް ފެނިފައިވާއިރު އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ވަނީ ގެއަށް ބަދަލުކޮށްފައެވެ. ބާކީ ތިބި ތިން މީހުން ގެއަށް ފޮނުވާލާނީ އިތުރަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު އެ ޓެސްޓުތަކުން ބަލީގެ އެއްވެސް އަސަރެއް ނެތިއްޔާއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުން މަނާ ކޮށްފައިވާއިރު ގެއިން ބޭރުގައި ނޫޅުމާއި މާލެސިޓީގެ ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަން ބަންދު ކުރުމާއި ޖަމާއަތުގައި ނަމާދު ކުރުން ހިމެނެއެވެ. މީގެއިތުރުންވެސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ނުދިއުމާއި މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ގޮވައިގެން ނުދިއުން ވެސް ހިމެނެއެވެ.

ނަމަވެސް ރާއްޖެއިން ފަސް މީހަކު މި ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަ ކުރުމުން ގިނަ މީހުން މަގުތަކަށް ނިކުމެ އުޅޭތީ ޑޮކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެގޮތަށް ކަންކަން ނުކުރުމަށާއި އަދި ރާއްޖެ އޮތީ ހިތްހަމަޖެހިލައިގެން ބޭރަށް ނިކުމެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. މާޔޫސްވި ރައްޔިތުން

  ވިލާތަށް ކީއްކުރަން ތޫފާން އެރިޔަސް މިހާރު ސަރުކާރު ހިންގަން ތިބި ބަޔަކު ރައްޔިތުންނަށް ހެވެއްނޭދޭ. އެހެންވީމަތާ މިހާ ހިސާބަށް ކަންތައްތައް ދިޔައީ.

  316
  62
  • ސިޔާސަވިޔަސް ބޮޑުވަރުތީ

   އެހެންވީމަ ކަލޭ ބުނަން ތިއުޅޭ އެއްޗަކީ ދުނިޔޭގަ އެއްވެސް ގައުމަކުން ރައްޔިތުންނަށް ހެވެއްނޭދޭ ދޯ.

   7
   25
  • ލޮލް

   ހުވާ މިބުނީ އަވަހަށް ވާކޮޅެއް ހޯދައިގެން ފަސޭހަ ގޮތަކަށް ދަންޖެހި މަރުވެބަލަ. ކީއްވެފަ ތިބޭ ބައެއްތަ ތީ!

   5
   29
  • އީސަބެ

   ކޮވިޑް19 އަކީ ދިވެހިންގެ އުފެއްދުމެއް ނޫން ކޮއްކޯ.މި ވަބާ އޮތީ މި ރާއްޖެ އެކަންޏެއްގައެއްވެސް ނޫން. އެންމެ މުއްސަނދި ކަމަށް ކިޔާ ޤައުމުތައް ވެސް އެ ދަނީ މި ވަބާޔާ ހަނގުރާމަ ކުރަމުން. ވަކި މީހަކަށް ފޫޅު ނުކަނޑާ ފަރުދީ ޒިންމާ އަދާކުރައްވާ.

   32
   5
 2. ވިސްނާޤައުމު

  ޑޮކްޓަރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް، އެމީހުންއެދަނީ އޮފީސްތައް ހުޅުވައިގެން މުވައްޒަފުން ނެރެމުން.

  19
 3. ހުދުހުދު

  ކާފިޔު އިއުލާންކޮށް ސިފައިން ހަތިޔާރު ހިފައިގެން ނިކުމެ ގައްޑާ ވެގެން މިއުޅޭ ދިވެހިން ގެއިން ނިކުތަނުދޭން ވީ. މި މީހުންނަށް އަދި ވެސް ކަމުގެ ސީރިޔަސް ކަން ނުވިސްނެނީ ނޫނީ ގަބޫލް ކުރަން ބޭނުން ނުވަނީ

  27
  3
 4. ބްރޯ

  ގެއިން ނިކުންނަން ބެނުމެއްނޫން . އެކަމަކު ކީއްކުރާނީ ކާންބޯންޖެހޭ ތިބޭތަނަށް ދައްކަންޖެހޭ ޕޭމަންޓް ހޯދަންޖެހޭ ވީމާ ފައިސާ ބޭނުންވޭ ސަރުކާރުގަ 25 އަހަރު ހޭދަކުރީމަ ޕެންސަނަށް ލިބެނީ 1200 ރުފިޔާ އެއިން ކުރާނީ ކޮންކަމެއް ދިރިއުޅެވޭ ފެންވަރުގެ އެއްޗެއް މިއަށް ލިބެނަމަ އިތުރު ވަޒިފާއަށް ނިކުމެގެން ގަނަ ތެޅޭކަށެއް ބޭނުމެއްނޫން.

  22
 5. ތަލައަހަންމަދު

  މި މާލެ އަށް ތި ބައްޔެއް ގެންނާނީ ދިވެއްސެއްހެން ހީވަނީ ދެން. ލަންކާ ކަހަލަ ތަނަކުން. ސަމާލުވޭ!

  10
  3
 6. ލަދު

  ޑޮކްޓަރުންކީއްވެބޯޑަރބަންދުކުރަންގޮވާނުލައްވަނީ

  19
 7. ވިސްނާ

  ތޫފާން އަޔަނުދޭން ރާއްޖޭގެ މައިގޭޓް ބަންދު ކޮއްބަލަ އެހެންވިޔާ. ސަރުކާރުން މި ވިލާގަނޑު ނާރަނީސް ރައްޖޭގެ މައިގޭޓް ބަންދު ނުކޮއްފިނަމަ ރައިސް ހިމެނޭ ގޮތަށް ރާއްޖެ އިން މަރުވާ ކޮންމެ މީހެއްގެ ޒިންމާ ނަގަން މި ސަރުކާރުން ޖިހޭނެ..

  17
 8. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ޑޮކްޓަރުން ގެ ޕެޓިޝަން އެއް ނަގައިގެން ނަމަވެސް އެއަރޕޯޓު މަހަކަށް ނަމަވެސް ބަންދު ކޮށް ދެއްވުމަށް ސަރުކާރުގައި ދެންނެވުން ރަނގަޅު. މާހިރުން އެ ބުނަނީ މި ދުވަސްކޮޅު އޭ އެންމެ ބާރު ބޮޑުވާނީ. ސަރުކާރު ގެ ބޯހަރު ކަމުން އެއަރޕޯޓުގެ މުވައްޒިފުންނާއި "ހައި-ރިސްކް" ޑޮކްޓަރުން ނާއި ނަރުހުން ފުރާނަ ގުރުބާން ކުރާކަށް ނުޖެހޭނެ ! ގިނަ ގައުމު ތަކުން ޑޮކްޓަރުން މަރުވަމުން ދާ ވާހަކަ މި އަޑުއިވެނީ. ބޭރުގެ އެހީ އިން މި އެއް މަހަށް ޑޮލަރު ހޯދެންވާނެ ! އިންޑިއާ އިން މާސްކާއި ބޭސް ފޮނުދޭނެކަން ކަށަވަރު. ގިނަ ދުވަސް ތަކެއް ނޫން. މި ބާރުބޮޑު ޢެއް މަސް އެކަނި ! ސަރުކާރު ގެ ޕޮލިސީ އަކީ، "ހަނގުރާމަ އެއް ވިއްޔާ މީހުން ވެސް މަރުވާނެ". އެހެން ވީމާ މިދަނޑިވަޅަށް ބަލާލުމެއް ނެތި ޓުއަރިސްޓުން ގެންނަނީ. ސަރުކާރު ގެ ޕޮލިސީ އަކަށް ވާންވާނީ "އެންމެ ފުރާނަ އެއް ވެސް މުހިއްމު" !

  20
  2
 9. ކޏަން

  މައި ދޮރާށި ބަންދު ކުރޭ ވިލާގަޑު އައުމުގެ ކުރިން

  25
 10. ކަމާލް

  އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރ ތަކުގަ މަސައްކަތް ކުރާމީހުންނަށް ބަންދު ކޮށްދިނުމަށް ސަރުކާރުން ގޮވާލަދީ... އޭރުން މާލޭގެ މަގުތަކުން މީހުން ނުފެންނާނެ

  12
  1
 11. އަނިޔާ

  މިހާރު ހުރިހާ އެންމެންނަށްވެސް އިނގޭނެ މީ އަނިޔާވެރި ސަރުކާރެއްކަން .
  ބަފައިބެ އަކީ ކާކުކަން އެނގުނީމާ އެނގޭނެ މިވާގޮތް

  17
  1
 12. ާަާމަ

  ޔާރައްބަނާ އިލާހީ... އަޅަމެން ރައްކާތެރިކުރައްވާށި. އާމީން.

  31
 13. މަބުރޫކް

  މުޅިރާއްޖޭކޮވިޑް ބަލި ފެތުރު ނަސް އިންޑިޔާމީހުން މިރާއްޖެ އެތެރެވުމާއި ބޭރުވުމަށް ބަދަލެއް ނާންނަން ވީސަބަބު ބުނެދެވިދާނެތަ މަބުރޫކް!

  23
 14. މާޔޫކަން

  ތެދެއް ތިބުނީ ހެޔޮނޭދޭ ކަމުގެ ހެކި އިންޑިޔާގައި ކޮވިޑު ފެތުރެމު ދާއިރު އެމީހުން ރާއްޖެ އައުމަކަށް އެއްވެސް ހުރަހެއްނެތެއްނު!

  22
 15. ފަތުހީ

  އަދި ގެއިން ބޭރަށް އެއްވެސް މީހަކު ނިކުމެ ނޫޅުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުންވެސް ގިނަ އަދަދެއްގެ ޑޮކްޓަރުން އަންނަނީ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.ފިހާރަ ތަކުގަ މަސައްކަތް ކުރާ މީހުން ނަށް މަޖުބޫރު ނިކުންނަށް . ދެން ކޯއްޗެކޭ މި ކިޔަނީ...ގޭގަ މަޑު ކުރަން އެންގީ ވަކި ބަޔަކަށްނު.

  11
 16. މޯ

  މިފަދަ ބަލިމަޑުކަމުން އަޅަމެން އެންމެން ސަލާކުރައްވާންދޭވެ.މިފަދަ ބިރުވެރިކަމަކުން ސަލާމަތް ކުރައްވާންދޭވެ. ޔާﷲ

  16
 17. ޢީސާފުޅު

  "މާޔޫސްވި ރައްޔިތުން"، ނުވަތަ "ވައްކަމާ ފަސާދައިގެ ރައްޔިތުން" ވިޔަސް ހަޖަމު ގޯސްވީމަ ކަޑައޭ، ކަމުގެ މާހިރުންދޭ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންވީމަ ރަގަޅުވާނެ..، ބޭރުގެ ބަރޯސާގައި ދިރިއުޅޭ ރައްޔިތުން އުޅޭ ޤައުމެއްގެ ސަރުކާރަކުން، ރައްޔިތުންގެ ސަލާމަތަށްޓަކާ އެޅޭނީ މިފަދަ ފިޔަވަޅުތަކެއް..، ކިޔަމަންވެ ގޭގައި މަޑުކުރައްވާ!
  ހަޖޫޖެހުމާ ފުރައްސާރަކޮށްގެން މޮޅެއް ލިބޭކަށްނެތް...

  6
  2
 18. އަހްމަދު

  ރައްޔަތުންނައް ހެޔޮއެދޭނަމަ މިހާރުމިހާލަތުގަ އިންޑިއާމީހުންމިގައުމައްއެތެރެވުން އޮންނާނީހުއްޓިފަ އިންޑިއާގެދަށުވިއަސް މިހާރުމީދެންބޮޑުވަރު ރައްޔިތުންގޭގަވެސްތިބެދާނެ މިހާތަނައްއައި އިރުމިބައްޔައް ﷲގެއިރާދަފުޅުން ދިވެއްސަކު ޕޮޒިޓިވްވެފައެއްނުވޭ ކުޑަދުވަސްކޮޅަކަށްނަމަވެސް ބޭރުންމީހުންއެތެރެ ވުންހުއްޓާލިއްޔާކީއްތަވާނީ

  10
 19. ޝާހް ރ.ވާދޫ

  މާހިރުން ގޮވާލިޔަސް ހެވެއްނު! ރާއްޖެއަށް އެތެރެވާ ތޫރިސްޓުން ނޫންއެންމެން މިޓެސްޓުކުރެވެނީ! އެމީހުން ވައިރަސް ހިފައިގެން ދާގޮތަށް ރިސޯޓަށް!

  11
 20. ބޮލި މުލައް

  ވިލާތެއް އެހެންތަނެއްނުބަލާ ރާއްޖެ އާދެވޭނެ މަގުއޮތީ ތަނަވަސްކޮށްދީފައެއްނު

 21. މާޒިން

  އެޓްލީސްޓް އެއްމަސް ދުވަހަށް ބޯޑަރުތައް ބަންދުކޮށްބަލަ. ކަންތައްތައް ދާގޮތެއް ބަލަން. ނޫނީ ދެ ހަފްތާއަށް. ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ (ބޭހާއި ކާނާ) ހިފާން އަންނަ ފްލައިޓްތައް ފިޔަވާ. ކޮންމެހެން ދަތުރެއް ކުރަން ޖެހެންޔާ މޯލްޑިވިއަން އޮންނާނެ އެއްނު. އަޖުމަ ބަލާފަ ފިޔަވަޅުތައް އަޅަން. ޓުއަރިސްޓުން ޒަރިއްޔާއިން މި ބަލި ފެތުރުން ބޮޑު އިރު ކީއްވެތޯ ޓޫރިސްޓުން ގެނައުން ނުހުއްޓިގެން މި އުޅެނީ. ރައްޔިތުންގެ ފުރާނައަށްވުރެ ޑޮލަރު މުހިއްމީތޯ؟ ދެންމީހުން ބުނާނެ ޑޮލަރު ނުލިބެންޏާ ބަނޑަށޭ ޖެހޭނީ. މި ތިންލަކަ މީހުނަށް ކާންދޭވަރަށް ފައިސާ ހުންނާނެ މުއްސަދިން އަތުގަވެސް. ކީއްވެ ސަރުކާރު އަތުގަ ނުހުންނަންވީ. ގައިމު ދިވެހިން އަތުގަވެސް އެއްމަސް ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ހުންނާނެ. އެވަރުން ނުވީއްޔާ ގައުމުތަކުން އެހީ ފޮނުވާނެ. ސައުދީގަ ބުނެލަނިކޮށްވެސް ކާންލިބޭވަރު ކޮށްލަދޭނެ. މިހާރު ބަލި ކޮންޓްރޯލް ނުވެގެން އުޅޭ ގައުމުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ދާންށޭ ކިޔާފަ ބަލި ހިފާން މި އަންނަނީ ރާއްޖެއަށް. އޭރުން މާ ދެރައެެއްނު. އަބަދު ރަށެއް މޮނީޓަރިންގަ. އެތައް ފައިސާއެއް އެކަމަށްވެސް. ދުވާލަކު މިހާރު އެއަންނަނީ 300 އެއްހާ ޓުއަރިސްޓުން. އެމީހުން ހިތްހަމަ ޖައްސާލަދޭން ދިވެހިންގެ ފުރާނަ ރިސްކަށްލުން ގަބޫލެއް ނުކުރެވޭ.

 22. ސުޓޫޑެންޓު

  އިބޫެ ވާނެ ޒިންމާ އުފުލަން ދިވެހިންގެތެރޭން މަރުވާމީހުންގެ މިހާލަތުގައި އެއްވެސް ދަތުރެއް ކުރެވިގެން ނުވަނެ ހެޔޮއެދޭ ވެރިއެއްނަމަ އެހެންތާވާނީ ގައައުމުގެ ވެރިންނަށް ޑޮކުޓަރުންވެސް އިސްކަންދޭނުން ނިކަމެތި ރައްޔިތުން ހަނާވާނީ

 23. ވިސްނާ

  ތޫފާން އަޔަނުދޭން ރާއްޖޭގެ މައިގޭޓް ބަންދު ކޮއްބަލަ އެހެންވިޔާ. ސަރުކާރުން މި ވިލާގަނޑު ނާރަނީސް ރައްޖޭގެ މައިގޭޓް ބަންދު ނުކޮއްފިނަމަ ރައިސް ހިމެނޭ ގޮތަށް ރާއްޖެ އިން މަރުވާ ކޮންމެ މީހެއްގެ ޒިންމާ ނަގަން މި ސަރުކާރުން ޖިހޭނެ.

 24. ޢަލިބެ

  ޑޮކްޓަރުން މިވަރަށް ގެއިން ނުނުކުމެތިބެން ގޮވާއިރުވެސް އަހާމީހަކުނެތް. ބޭނުމެއްނެތި އެގޮތްމިގޮތަށް މަގުމަތީގައި ދުއްވާ ނަގަނީ. ސަރުކާރުން މިހާރަށްވުރެ ސީރިއަސްކޮށް މިކަން ނަގާނީ ކޮންދުވަހަކުންބާ؟

 25. Anonymous

  ކޮންމެސް ބޭފުޅަކު މިކޮމެންޓް ތައް ރައީސް ސޯލިޙަށް ދައްކާލަދެއްވުން އެދެން. ވ. ވެދުން