ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރާ ގޮތަށް މަޖިލިހުގެ އިދާރާ އިން ހަމަޖައްސައިފިއެވެ.

މަޖިލިހުގެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ނިންމެވިކަން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިދިޔަ ބުދަ ދުވަހުއެވެ. ނަޝީދުގެ އެ ނިންމެވުމާ ގުޅިގެން މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އެ މެމްބަރުން ވިދާޅުވީ މަޖިލިސް ހުއްޓާލާފައި އޮވެގެން ނުވާނެ ކަމަށާއި މި ހާއްސަ ހާލަތުގައި ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

އެހެން ބައެއް މެމްބަރުން ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ރާވަން ޖެހޭ ކަމަށެވެ.

ނަޝީދު އެގޮތަށް ނިންމެވި ނަމަވެސް، އެމަނިކުފާނު ވިދާޅުވީ ކޮންމެ ވަގުތެއްގައި ވެސް ޖަލްސާއެއް ބާއްވަން ޖެހިދާނެ ކަމަށެވެ. އެހެންވެ ހުރިހާ މެމްބަރުން ވެސް އެކަމަށް ތައްޔާރުވެގެން ތިއްބެވުމަށް އެމަނިކުފާނު އެދުވަހު އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން މިއަދު މަޖިލިހުގެ ތަޅުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް މަޖިލިހުގެ އިދާރާގެ މުވައްޒަފުން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބުރިކުރާ ޔޫސުބު

    ކޮބާ ރިސޯޓް ބޯއީސް

    17
  2. ބުއްޅަ ބެ

    ތީ ބޭކާރު ތަނެއް ތި މަޖުލިސް އަވަހަށް އުވާލާ.

    21
  3. ބްރޯ

    ނަސީދު ވިދާޅުވި އަދި ނަސީދުގެ ބައެއް އެހީތެރިން ވެސް ވިދާޅުވި އަދައިގެ ރޯގާ އެކޭ ހަގުރާމައަދިނުފެށެޔޭ ވީއިރު މިހާރު ގެއަށް ވަދެ ފިލަން ތިޔަ އުލެނީ ބިރުންތަ؟ ދޮންނަ މެށިނަށް އެރި އޮތަސް އަންނާނެ މަތްﷲ އަށް ބިރުވެތިވޭ ފުރިހަމަ މުސްލިމަކަށްވެވޭތޯ ބަލަމާ.

    23
  4. ސީނު

    އަބަދުވެސް ބައިތިއްބަންވީގޭގަ....

    12
  5. ރައީސުގެ މީހާ

    މިސްކިތް ބަންދު ކުރިގޮތަށް މިތަނުގައިވެސް (މަޖިލީހުގައިވެސް) ބޮޑު ތަޅު އަޅުވާ..

    އެހެން ނޫނީ އެއީ އެމްޑީޕީގެ ވަކިބޭނުމަކު ދީންނައްތާލަން ކުރިކަމެއްކަމަށް ބެލެޥެނީ.. ސަބަބަކީ.. މި އަދު ނިއުސް ކޮންފަރެންސްގަވެސް އެބުނީ ރާއްޖެ އަދި އެހާ ސީރިއްސް ނޫން ކަމަށް.. ދެން ކީއްވެ މިސްކިތް ބަންދުކުރީ..؟

    އަންނި އަދި އެމްޑީ އޭ އަޑީގަ އޮވެގެން ހާދަހާ ކަންކަން އެބަކުރޭ ދީނާދެކޮޅަށް..

    13
  6. އަލީ

    އަނެއްކާ ރައްޓެހިންގެ ޖީބުތައް ފުރާލަން ލިބުނު ރަނުގެ ރަގަޅު ފުރުޞަތެއް ތީ. އަވަސްކުރޭ ލަސްނުކުރާތި ލާދީނީ ކަލޭގެ.

    13
  7. އަހްމަދު

    އާމަޖިލީހުގެ މަސައްކަތްހުއްޓާލާނެކަމެއްނެތް އޭރުންވާނީ ހުންއަންނާނެކަމައް ރަޖާލީކަމައް އެމްޑީޕީހުންނަކާ މިވައިރަސް ކައިރިއެއްނުވާނެ އެހެންވެތާ އިދިކޮޅައް ވައިރަސްޖައްސާފަ އިމްތިހާބުކާމިއާބުކުރާނެކަމައްގޮވާލީ

    11
  8. މުޙައްމަދު

    ސަޅި! ނޯޕޭލީވް އަށް ފޮނުވާލާ!

  9. ހުސޭނުބޭ

    މިވަގުތުޔ އެންމެ ރަގަޅުވާނީ 3 ފޫޓް 3 ފޫޓް ދުރުގައި ތިބެގެން ތިކަން ނިންމާލުމަށް ހުރިހައި މެމްބަރުން ކެނެރީގެއަށް

  10. ހުސޭނުބޭ

    މިވަގުތުޔ އެންމެ ރަގަޅުވާނީ 3 ފޫޓް 3 ފޫޓް ދުރުގައި ތިބެގެން ތިކަން ނިންމާލުމަށް ހުރިހައި މެމްބަރުން ކެނެރީގެއަށް ތި މަސައްކަތްކުރަން ދިޔައްޔާ!