އަށް މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ކުޑަ ލޯންޗެއް ތެޔޮ ހުސްވެ ހާލުގައި ޖެހިއްޖެ އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެ ކުޑަ ލޯންޗް މަަސްވެރިކަމަށް ނުކުމެފައި ވަނީ ކ. ހިންމަފުށި ކައިރިއަށް ކަމަށެެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗުގެ ތެޔޮ ހުސްވެ އިންޖީނު ހުއްޓުމާއި ގުޅިގެން، އެމްއެންޑީއެފްގެ މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު އެމްއެންޑިއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 13:04 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.