މަޝްހޫރު އެޕަލް ކުންފުނީގެ ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތައް ރާއްޖެ ހިމެނޭހެން އިތުރު 20 ގައުމަކަށް ފުޅާ ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

އެޕަލް ކުންފުނީގެ ޑިވައިސްތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތައް ފޯރުކޮށްދެނީ އެޕްސްޓޯ މެދުވެރިކޮށެވެ. ރާއްޖޭގެ އިތުރުން މިކަން އިތުރަށް ފުޅާ ކުރާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނާއި ޖޯޖިއާއާ ސާބިއާ ކެމަރޫނާއި އިރާގު ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

މި ހިދުމަތް ލިބޭނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެޕަލްގެ ޑިވޮލޮޕާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މައުލޫމާތުތައް ފުރިހަމަ ކުރުމަށް ޑިވެލޮޕަރަނުންނަށް ވަނީ އަންގައިފައެވެ.

ރާއްޖެއަކީ އެޕަލްގެ ޑިވައިސްތަކަށް ޑިމާންޑު ބޮޑު ގައުމެކެވެ. އެޕަލްއިން ފަހުގެ އުފެއްދުމެއް ބާޒާރަށް ނެރެފި ނަމަ ގިނަ ދިވެހިންނަކީ އެ އުފެއްދުމެއް ގަންނަ ބައެކެވެ. ނަމަވެސް ގިނަ ބަޔަކު އެކައުންޓުތައް ރަޖިސްޓްރީ ކޮށްފައި ވަނީ އެމެރިކާގެ އެޕްސްޓޯއިން ހިދުމަތް ލިބޭ ގޮތަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިވެލޮޕަރުން ފަރުމާ ކުރާ އެޕުތައް ވެސް ބޭނުން ކުރެވޭ ގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު