ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވުމާއި ގުޅިގެން އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތުތައް އެއްކުރުމަށް ގޫގުލް ފޯމެއް ގޫގުލް ފޯމެއް ފުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ފޯމުގައި އެ އުމުރުގެ މީހުން މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ހާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެބަލީގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ޖެންޑާއިން ބުނެއެވެ.

https://twitter.com/MoGFSSmv/status/1242382236839600128?s=20

ސިއްހީ މާހިރުން ބުނާ ގޮތުގައި ކޮވިޑް-19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވެ އަދި އެ ބަލި ޖެހިއްޖެ ނަމަ އެކަމުގެ ނުރައްކާ ބޮޑު ބައެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދާދިފަހުން ވެސް ސަރުކާރުން ވަނީ އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް މީގެކުރިން ބުނެފައެވެ. މުޅި ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮއްލީ

    ތިއުޅެނީ ޢިޓަލީގައިހަދާގޮތަށްހަދަންތޯ

  2. އަސްރަފް

    ބޭރު ގައުމުތަކުގަ ހަދާހެން 65 އަހަރު މީހުން މަރަންވީތަ؟