ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް، ސިނގިރޭޓް ގަންނަން ފަން އައިލެންޑުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްުޔަރުކޮށްފައި ވަނީ އޮލުވެލި ބީޗް ރިސޯޓުގެ މޫދުގައި އޮއްވާ އެވެ. ފުލުހުން ވިދާޅުވީ، އޭނާ އޮޅުވެލި ބީޗަށް ފަތާފައި ދިޔަ މައްސަލަ ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަަށާއި، އޭނާ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަން އައިލެންޑް ރިސޯޓުގެ މުވައްޒަފެކެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން މީގެ ކުރިންވެސް ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފުވި ބަޔަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙދހދ

    ސިގިރެޓް ބޮހިއްވިއަސް ތިޔަ ބޮޑުވަރު ފަތަފަވިޔަ އެދިޔައި ކިކެދޮދެން ބުނަނި

    11
  2. ށަތިސަތަގަ

    ސިގިރެޓް ބޮހިއްވިއަސް ތިޔަ ބޮޑުވަރު ފަތަފަވިޔަ އެދިޔައި ކިކެދޮދެން ބުނަނި

  3. ސަތޭކަ އެކާވީސް

    މިހާރު ދެން 15 ދުވަސް ވަންދެން ފުލުހުންގެ ގެސްޓްހައުސްގައި މަޑުކޮށްލާ

    10
    • ސަޓޯ

      އޭރުން ދެން ސިގިރޭޓުވެސް ލިބޭނެ ބޯކޮއް

  4. މާނު

    ސިގިރޭޓްގެ އަޅަކަށް ތިމާ ވީމާ، ދެން ވާނީވެސް އެހެން. ސިގިރޭޓެއް ހޯދުމަށް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެ