ރައީސް އޮފީސް ކައިރީ ދެސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓްގެ މައުލޫމާތު ލިބިފައި ވަނީ 23:23 ހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ރައީސް އޮފީސް ކައިރީ ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުކުރެވި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ވެސް ބޯ ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔަ ކަމަށް އެސަރަހައްދުގައި އޭރު ހުރި މީހަކު ބުންޏެވެ.

އެކްސިޑެންޓްވި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅިޔަންބެ

    އާމީން. ޕާޓޭންނައް ހާނިއްކަވީމަ ހާދަ އުފަލެއް އަދުމަވެޔޭ. ސޯހެޕީ ދެން ގުޑް ނައިޓް.

    • ޝިން

      މީހަކަށް އެވަރު ބޮޑު އަނިޔާއެއް ލިބުނީމަ އާމީން ކިޔަން ހެޔޮނުވާނެ.ﷲ ގެ ހަޟްރަތުގައި ތިބާ އަށް ވުރެ އޭނާގެ ހެޔޮކަން ބޮޑުވެގެން ވުންވެސް އެކަށީގެންވޭ!

  2. ރީތީ މޫސަ

    ތިކަން ހަމަޔަކަށް އެޅުވޭނީ ބާރުސްޕީޑްގަ ދުއްވާކުދިންހުއްޓުވާ މަޑުންދުއްވުމަށްއަންގަން ފެށިދުވަހަކުން އަބަދު އެކްސިޑެންޓް ވަމުންދާއިރުވެސް އެކުދިންދުއްވަނީ ވަރަށްބާރަށް

  3. ރަށްދު

    ތީޔާމީންގެ މައްސަލައެއް

  4. ތުނޑު ހަސަނު

    ޔާމީން މަރެއް ނުވޭތަަ

  5. ޑީޑީ

    ސާބަސް އެވަރައް ނުދުއްވިއްޔާ ނުދެވެނީތަ ދާންބޭނުންވާ ތާކައް.

  6. Anonymous

    އަދިވެސް ބާރަދުވާ

  7. ދިއްފުށީ އާދަމް މިސްބާހު

    ސަޅި. ދެހިސާބުގެ ދެމީހުން. އެކަކު އަނެކަކު ފަހާ ދުއްވީ. ފައްކާ!