ކޮވިޑް-19 އާއި ގުޅިގެން ފެނަކަ މުވައްޒަފުންގެ މުސާރައަށް އަދި ބަދަލެއް ގެނައުމަށް ނުވިސްނާކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

މިހާރު ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތރުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިވެހި ސައުލަތުގެ ބަޖެޓުން އަދި ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރުގެ ހިއްސާ އޮންނަ އޮފީސްތަކުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް އިތުރު ގަޑިތައް ކަނޑާލާފައެވެ.

މިއަދު ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ބައްޔާއި ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ދެމުންދާ އެލަވަންސް އަކަށް އަދި ބަލަދެއް ގެނައުމަށް ނިންމާފައި ނުވާނެކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްށްދެމުންދާ ހިދުމަތްތަކަށް މެދުކެނޑުމެތްނެތި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުންފުނިން ކުރަމުންދާ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭއަށް އެދެމުންދާ ކަމަށާއި، އެކަމާއި ގުޅިގެން ކުންފުނީގެ ހިދުމަތްތަކަށް ބުރޫ ނާރާނެގޮތަށް ޗުއްޓީގެ ކަންކަން ހަމަޖައްސަމުންދާ ކަމަށް ފެނަކަ އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސަރުކާރު އޮފީސްތަކަޢި އާންމުން އެއްވެ އުޅޭ ގިނަ ތަންތަން (ކެފޭ، ރެސްޓޯރެންޓް، ގެސްޓް ހައުސް) ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއްނެތި ބޭރުތެރޭގައި ނޫޅުމަަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެގޮތުން އާންމުންއަށް ލުއިތަކެއް ފޯރިކޮށްދިނުމަށް އޮންލައިންކޮށް ބިލް ދެއްކުމާއި ކޮލެޖް ޔުނިވާސިޓީތަކުގައި އޮންލައިން ކުލާސް ނަގައިދިނުމުގެ އިތުރުން އޮފީސްތައްވެސް ގޭގައި ތިބެގެން އަންނަނީ މަސައްކަތް ކުރަމުންއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 13 މީހުންނެވެ. އޭގެތެރެއިން އެ ބަލިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމީހުން އަދި ދޫ ނުކުރާ ކަމަށާއި އެމީހުން ދޫކުރާނީ ބަލީގެ އެއްވެސް އަލާމާތެއް އެމީހުންގެ ގައިން ނުފެންނަ ކަމަށްވާ ނަމަ ކަމަށް ސަރުކާރުން ބުނެއެވެ.