މިއަދާއި ހަމައަށް މާލެއިން ކޮވިޑް-19 އަށް މީހަކު ފައްސި ނުވާތީ ބައެއް މީހުން މަގުމައްޗަށް ނުކުންނަ ކަމަށާއި، މިއީ ރައްކާތެރި ގޮތެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިގޮތަށް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލެ ސިޓީގެ މި ހިނގާ ދައުރުގެ މޭޔަރު، ޝިފާ ވިދާޅުވީ ރާއްޖޭގައި ވެސް އެޗްޕީއޭ އިން ކޮވިޑް-19 ވައިރަހާއި ގުޅިގެން އާއްމު ގަވާއިދެއް ހަދާފައިވާ ކަމަށާއި، އެންމެހާ ރައްޔިތުންވެސް އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުން އެދޭ ކަމަށެވެ.

"މާލެ ފަދަ ތަނެއްގައި މިކަހަލަ ކަމަކަށް ތައްޔާރުވާއިރު، ހުރިހާ ބޭފުޅުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން ވަރަށް މުހިއްމު. ދުނިޔޭގެ ޤައުމުތަކުގައިވެސް މިކަންތައް ކާމިޔާބުވަމުން ދަނީ ވެސް އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާ ޤައުމުތަކުގައި." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މިހާތަނަށް މާލެ އިން ކޮވިޑް-19 ވައިރަހަށް އެއްވެސް މީހަކު ފައްސިވެފައި ނުވާތީ، ބައެއް މީހުން މަގުމައްޗަށް ނުކުންނަ ކަމަށެވެ. ނަމަވެސް، މިއީ އެއްވެސް ގޮތަކަށް އެދެވިގެންވާ، އަދި ރައްކާތެރި ގޮތެއްވެސް ނޫން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ކޮވިޑް-19 އާއި ގުޅިގެން 100 އެނދުގެ އައިސީޔޫ ފެސިލިޓީ އެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ހާމަކޮށްފައެވެ..

ދިވެހިރާއްޖެއިން މިހާރުވެސް އެން-95 މާސްކާއި، އަންގި އާއި، މިނޫނަސް ސިއްހީ އާލާތްތައް، ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި އެހެނިހެން ޖަމިއްޔާތަކާއި، ޤައުމުތަކުގެ ކިބައިން ސަރުކާރުގެ އެހީ އެކި ކަހަލަ ފަންޑުތައް ބޭނުންކޮށްގެން އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މާލެ މިހާރު ކްލޮރިން ކޮށްފައި އޮތް އިރު، މާދަމާ މާލެ އެއްކޮށް ފެންޖަހައި، ސާފުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށްވެސް މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަސަދު

    ކޮލޮރާ ތެރޭގައި ދިވެހިން ވެކުސިން ނުނަގަން އުޅުނީމާ ވެކްސިންދިނީ ބިޑި އަލޫވައިގެން ގެންގޮސް. މިހާރު ވެސް އެފަދަ ގޮތަކަށް ކަން ކުރަން ފެނޭ. ކަނޑު ކޮހުން މައިތިރިވާނީ ގަދަބާރުން.

    27
    1
  2. ފިއްޓޭ

    އަޅުގަނޑު މެން ސިޓީގެ މޭޔަ ރު ތިޔަހެން ވިދާޅު ނުވެގން މިތިބީ. އަދިކިރިޔާތާ ތިއެއްޗެއް ވިދާޅުވީ. ޝުކުރިއްޔާ މޭޔަރު

    19
  3. ސަންފަ

    މާލެ ކްލޮ ރިން ކޮށްފަޔޭ ، އައިޖީއެމް އެޗް ކައި ރީ މަގު އެކަނި ތޯއްޗެ ތިޔަކު ރީ މަހިތުން ކްލޮ ރިން މަގަށް އަޅާތީ އެކަމާ މީހުން ފާޑުކިޔާ އެކަމުން ލިބޭނެ ގެއްލުމުގެ ވާހަކަދެއްކީމަ ތޯއްޗެ ފެން ޖަހާ ވާހަކަޔެއް ތިޔަ ދައްކަނީ

  4. މާމީ

    މޭޔަރަށް ވަރަށް އިހްތިރާމާ އެކު އަހާލަން ބޭނުން ކޮވިޑު ރާއްޖޭގައި އަދި ފެންނަމުން ދަނީ ރިސޯޓުތަކުން ކަމައްވާއިރު ރިސޯޓުުތައް ބަނޮދުކޮއްފަ ރިސޯޓުތަކުގައި މަސައްކަތްކުރާ ހުރިހާމީހުން ފޮނުވާލަނީ އެމީހެއްގެ ރަށައް ނުވަތަ މާލެއަށެވެ، އަހާލަން ބޭނުންވަނީ ކިހާވަރެއްގެ ޔަގީން ކަމެއްތޯ އޮތީ މިގޮތައް ފޮނުވާ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނާނެ ކަމައް؟

    13
    1
  5. މާމީ

    މޭޔަރަށް ވަރަށް އިހްތިރާމާ އެކު އަހާލަން ބޭނުން ކޮވިޑު ރާއްޖޭގައި އަދި ފެންނަމުން ދަނީ ރިސޯޓުތަކުން ކަމައްވާއިރު ރިސޯޓުުތައް ބަންދުކޮއްފަ ރިސޯޓުތަކުގައި މަސައްކަތްކުރާ ހުރިހާމީހުން ފޮނުވާލަނީ އެމީހެއްގެ ރަށައް ނުވަތަ މާލެއަށެވެ، އަހާލަން ބޭނުންވަނީ ކިހާވަރެއްގެ ޔަގީން ކަމެއްތޯ އޮތީ މިގޮތައް ފޮނުވާ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނާނެ ކަމައް؟

    8
    1
  6. ކޯކް

    ޝިފާ ކޮން އަނގައެއް ތަޅަާކަށް

    9
    2
  7. ބޯގޯސް

    ކޮއްކޯ މީ އަދި މިބައްޔައްދޭނެ ފަރުވާއެއް ހޯދިފައޮތްބައްޔެއްނޫން މިބައްޔައް ވެކުސިނެއް އުފެއްދޭތޯ ރެޔާދުވާލު ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަމުން އެދަނީ ދެންކިހިނެއްބާ އޮބިއަޅައިގެން ވެކުސިންދެނީ

    6
    1
  8. ކަނބުލޮ

    ނުނިކުމެވޭވަރު ކޮށްބަލަ އަނގަނުތަޅާ.. ކަލޭމެން ކީއްވެތަ ތިތިބެނީ މިސްކިތް ބަންދުކުރާށޭ އެންގީމަ ބަންދު .. ހޮޓާ ރެސްޓޯރެންޓް ތައް ބަންދު .. ދެންވެސް ބަންދުކޮށްބަލަ .. ގައިމު ނުކުންނާނެމީހަކުނުވާނެ

  9. ބްރޯ

    ގެދޮރު ކުއްޔަށް ދީގެން އުޅޭ މީހުން ގޭގަ ތިއްބަސް ގެދޮރަށް ދޭނެ ކުލި ހޯދަންޖެހޭ މިހާ ގޭގަ އޮންނަނީ ކިހިނެތް .އެކަން ބުނެދީބަލަ

  10. ކަޅުދައްތަ

    ކީކޭކީކޭ ކަދުރު ކަޅުދައްތާ. ބަލަ ރަށު ބަންދުން ފިލުވަން ބުނީމެއްނު. މިހާރު ތިގޮވަނީ ގޭބަންދަށް! ޑިމޮކްރަސީގަ ބޭނުން ގޮތަކަށް ގޮތެއްފޮތެއް ނެތި އުޅުމަކީ ރައްޔިތުންގެ ހައްގެކޭ ގޮވީމެއްނު. މިހާރު ތިކިޔަނީ އެ ހައްގެއް ނެތޭ! ރައްޔިތުން ތިބެން ޖެހޭނީ މަދަނީ ބަސްބޭހުމެއްގައޭ ގޮވީމެއްނު. މިހާރު ތިކިޔަނީ ކީކޭތަ؟ އެއްޗެކޭ އެބަ ކިޔަމުތަ؟ ޅަދަރިންގެ ސިކުނޑި ޚަރާބު ކޮށްފަ "މަ ބުނާ ކޮންމެ ގޮޔެއް ހަދާނެ" ކަމަށް ހީކުރީމު އޮތަ؟ ކެނޑި ކަނޑުލު ހިތި ފިލުވަން ފަސޭހަތަ؟ ދެން މޯދީޖީމެން ބޯ ގެރީގެ ސާމާނު ބޮއި.

    5
    2
    • ?

      އޭ ކޮންހާ ބޭކާރު މަލާމާތެއް ކުރާކަށް! ޝިފާ އެ ވިދާޅުވީ ރަނގަޅު ވާހަކައެއް. ތައުބާވެ އިސްލާހުވޭ

  11. ފައިހާ

    މާލެއިން ނުފެއްނާތީއެއް ނޫން އަމިއްލަ ކުންފުނި ތަކެއް ބަންދު ނުކުރޭ

  12. ހިސެން

    އެހެން ވެގެންތޯ މޭ ޔަރު މިހުރިހާދުވަހު ޖަގަހައިގަ ނުނިކުމެއޮތީ. މީގެ ހަފްތާއެއްގެ ކުރިން މާލޭގެ މާރުކޭޓު ހުރިހާ ގޮޅިއެއްގެ އެއްޗެހި ނެރި ހުރިގޮޅި އެއް ގޮޅިތަކުގެ ވެރިފަރާތުން ސާފު ކުރީ މޭ ޔަރުގެ އެންގުމަކައް ނޫން. އެހުރިހާކަމެއް ކޮއްނިމުނީމަ މި ހާރު ދެން މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ގޮޅިތައް ސާފުކުރަން ފަށަނީއޭ ތިކި ޔަނީ. ފުރަތަމަ ދެމަހައް ބަނދުކުރި ގޮޅިތައް 9 މަސްވީރު ބަ ޔަކު މަގުމަތިކޮއްފަ އަދިވެސް ނުދީ ތިއުޅޭއިރު އެކަން ކޮއްބަލަ. ފޯމު ފުރުވިފަހުންވެސް 6 މަސް ވެގެން މިދި ޔައީ. ކޮލޮރީން އަޅައިގެން ސާފުކުރަން އޮތިީ މާލެގަ ތާރުއެޅި މަގު އެކަނިބާ؟. ބުޅާ ގުއިވަހުން މާލޭމަގުތުން ވަސް ނުކެޑެ، މޭގަނޑު ހިސްސުތައް ހަމަބާ!

    6
    1