ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ ދަނޑިވަޅެއްގައި މި ނުރައްކާތެރި ވައިރަސް މާލެ އިން ފެނިއްޖެނަމަ ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މާލެ އަކީ ތޮއްޖެހިފައިވާ ތަނެއް ކަމުން ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން ފެނިއްޖެނަމަ ގިނަ ގޮންޖެހުން ތަކެއް ދިމާވެގެން ދާނެ ކަމަށެވެ.

"ކޮވިޑް-19 މާލެ ސަރަހައްދަށް ވަދެއްޖެނަމަ (މާލެ އިން ފެނިއްޖެނަމަ) އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ހަމަ ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހޭނެ" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓެޖިކް ވިސްނުމުގެ ތެރޭގައިވެސް މާލެ އަށް ވައިރަސް ވަނަ ނުދިނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނަ އަކީ މާލެއަށް ވަކިން ހާއްސަކޮށް އިސްކަމެއް ދީފައި އަތޮޅުތެރެއަށް އިސްކަމެއް ނުދޭ ވާހަކައެއް ނޫން ކަމަށް ޝަމާލް ވިދާޅުވިއެވެ.

"ސަރުކާރުގެ ވިސްނުންފުޅުވެސް އަދި މީގެ ސްޓެރެޓެޖިކް ވިސްނުމުގެ ތެރޭގައިވެސް ހިމެނެނީ ވަރަށް ބޮޑަށް ކޮވިޑް-19 އައިސް މި ގްރޭޓާ މާލެ އޭރިއާ ތެރެއަށް ވަނިޔަ ނުދިނުން." ޝަމާލް ވިދާޅުވިއެވެ.

އެހެން ކަމުން މާލެއަށް ވައިރަސް އައުމުގެ ކުރިން މާލޭގެ މަގުތަކުގައި އުޅެމުން އަންނަ މީހުން، އާންމުންނަށް އުނދަގޫ ނުވާނެ ހެން މަދު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ޝަމާލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދެން އޮތީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ޝަމާލް ވިދާޅުވީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީ އާދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ފުލުހުންގެ އިތުރުން ޑޮކްޓަރުންގެ ޓެކްނިކަލް ޓީމުން ގުޅިގެން ކުރައްވަމުން އަންނަ މަސައްކަތަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހިއުމެނިޓޭރިއަން އޮޕަރޭޝަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިޝާމް

    ތިހެން ނުވީދެ ތިބެ އަދުވެސް ބޯޑަރު ބަންދު ކުރާކަށެއް ސަރުކާރަކުން ނޫޅޭ.. ބަލި މިތާގަ ފެތުރު ނުކަތަން ފެށެންދެން ތިހެން ކިޔަ ކިޔާ ތިބޭ.. އެޔޮއްފަދަ އިންޑިޔާވެސް އެއްކޮއް ބަންދުކުރީ.. ކަލޭމެންގެ ބޮލުގަ ހުރި ސިކުނޑީގެ ސެލްތަކެއް މަސައްކަތެއް ހުކުރޭތަ އަޅެފަހެ.

    23
  2. ޙދދ

    މަގުމަތީ އުޅޭ މީހުން ގެއަށް ވައްދަންވީ. ކުންފުނިތަކުންވެސް މިއަށްވުރެ ޒިންމަދާރުވާން ވެއްޖެ. ޑިއުޓީއަށް ނެރޭ މީހުން މަގެއްގެ ކޮންމެވެސް ހިސާބެއްގަ ބޮޑު ގްރޫޕެއް ގޮވައިގެން ކޮފީ ބޮއެ ދުފާ، ސިނގިރެޓުބޮއެ މަގުމައްޗަށް ރަތް ކުޅު ޖަހަން. އެމީހުން ވާހަކަ ދައްކާގޮތުން ހީވަނީ އެމީހުނަށް މިބަލި މެނޭޖްކަރަން އިނގޭހެން ނޫނީ އެހެން މީހުނަށް މިބަލި ނުޖެއްސުމުގެ ބާރު އަތުގައި އޮތީހެން. އެހެންވީމަ މިމީހުން ވަޒީފާގަ އުޅޭއިރުވެސް ސޯޝަލް ޑިސްޓެންސިންގ އަދި ގުޑް ހައިޖީން ޕްރެކްޓިސްކުރުވަން އެބަޖެހޭ. ޒިންމާ ނަންގަވާ އެމްޕްލޯޔަރުންވެސް.

    19
    3
  3. ޢަލީ

    އެއާރޕޯރޓްތައް ބަންދުކޮށް އެތެރެވާ ބޭރުމީހުން އެތެރެވުން ހުއްޓުވަންވީ. އެހެން ޤައުމުތަކުގަވެސް އެގޮތަށް އަމަލުކުރަމުން އެގެންދަނީ. ގުޑްސް އެންޑް ސަރވިސަސް ފަންކްޝަން ކުރާގޮތަށް. އެތެރޭގެ ދަތުރުފަތުރުތައް ހުއްޓުވާ ސަރުކާރުން ތަކެތި ރަށްރަށަށް ފޯރުކޮަށްދިނުމުގެ އިންތިޒާމު ހަމަޖައްސަވާ މޮނިޓަރކުރެއްވުން އެހެން ގޮތަކުން މިކަމަށް ހައްލެއްނެތް. މި ބައްޔަށް މަރުޙަބާ ކިޔަން ބަލަން ނުތިބެ ބަލި ފެތުރުމަށް ހުރި މަގުތައް ބަންދުކުރުން މި ވަގުތައް މުހިންމީ. އެންމެންގެ ސަލާމަތަށްޓަކާ ފަތުރުވެރިން އެތެރެވުން ހުއްޓުވުން މުހިންމު.

    23
  4. Anonymous

    ސޯލިޙަށް ރައްޔިތުން ރައްކާތެރިކުރަން ނޭންގެންޏާ އިސްތިޢްފާދޭންވީ.

    6
    1
  5. ދދދދދ

    އަނގަ އައްޕައްޗެއްހެން ހަދައިގެން،. ފަރުދީ ޒިންމާ ކިޔަކިޔާ އަދިވެސް ތިބޭ.

    6
    1
  6. ނަޖީބު އައްބާސް

    އެކަމަކު ޔާމީނުބުނި މާލެ ތޮއްޖެހިފަ އޮތް ކަމައް ގަބޫލު ނުކުރާވާހަކަ! އަދި ރާއްޖެ ހުރިހާ ރައްތުން ހުމާލެޔައް އަންނާށޭ ވެސްބުނި! ރާއްޖޭގެ ބިންބޮޑެތި ރައްތަކު މީހުން ހުޅުމާލެޔައް ބަދަލު ކުރުމާކީ އެތޭރޭގަ އުފައްދާ އެއްޗަކުން އެމިހުނައް ކައިގެން ބޮއިގެން ނޫޅެވޭގޮތް ހެދުން! ގައުމުގަ ލިޓިލު ޓޯކިޔޯއާ ލިޓިލް ސިންގަފޫރު ހެދުމުގެ ބަދަލުގަ ދުނިޔެއައް ތަދުމަޑު ކަމެއް އަޔަސް ރައްޔިތުން ކައިގެން ބޮއިގެން އުވޭނެ ފުލޭން ކުރަންވީ

    3
    2
  7. ބޮޑުވަޒީރު

    ބޮޑު ވަޒީރު ވިދާޅުވީ ކީކޭތޯ؟ މިގައުމައް ވައިރަސް އަންނާނެޔޭ ކިޔާ ބަދު ބަސް ތަކެއް ކީ،، ދެން އެ ހިފަހައްޓަނީ ފަތުތުވެރިން ވެސް ގެނެސްގެން އަދި ނުވީ ތާކައް އިންޑިޔާއިން ވަކިން ހާއްސަ ކޮއް ރާއްޖެއައް މި އަންނަ މީހުން އަޔަސް އޯކޭ،، މި ގައުމު ދިރިއޮންނާނެ ހަމަ އެކަނި ގޮތަކީ ބޭރު ގައުމު ތަކުން މީހުން ގެނައުން ވީހާވެސް އަވަހަކައް ހުއްޓާލުން،،

    10