ރާއްޖޭގެ ބޯޑަރު ބަންދުކުރަން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ ކޮންމެ ދުވަހަކު ހާލަތު ބަލަމުން ގެންދާ ކަމަށާއި ބޯޑަރު ބަންދު ކުރަން އަދި މިހާތަނަށް ނިންމާފައި ނެތް ކަމަށެވެ.

"ކޮންމެ ދުވަހެއްގެ ހާލަތު މިދަނީ ބަލަމުން. ހާލަތު ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. އަދި މިހާތަނަށް ބޯޑަރު ބަންދުކުރަން ނިންމާފައެއް ނެތް." މަބްރޫކް ވިދާޅުވިއެވެ.

ބޯޑަރު ބަންދު ކުރަން ސަރުކާރުން ނިންމާފައި ނެތް ކަމަށް މަބްރޫކް ވިދާޅުވި ނަމަވެސް ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރަން ސަރުކާރުން ވަނީ މިއަދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި މަޝްވަރަ ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިން ދުވާލަކު ރާއްޖެ އަށް 6000 އަށް ވުރެ ގިނަ ފަތުރުވެރިން އެވްރެޖްކޮށް ޒިޔާރަތް ކުރަމުން ގެންދިޔަ ނަމަވެސް މިހާރު ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ސަތޭކައެއްހާ ފަތުރުވެރިންނަށް މަދުވެފައެވެ.

އެމަޝްވަރާތަކުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ މިހާރު ހާލަތު އޮތްގޮތުން ފަތުރުވެރިން ރާއްޖެ އައުން މަނާކުރި ނަމަވެސް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު "ވަގުތު" އަށް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެ އަށް ފަތުރުވެރިން އަންނަ ގިނަ ގައުމުތަކުން ވެސް ވަނީ މިހާރު އެގައުމުތަކުގެ މީހުން ބޭރު ގައުމުތަކަށް ފުރައިގެން ދިއުން މަނާ ކޮށްފައެވެ. ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ. އެހެންކަމުން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަމުގެ ސަބަބުން އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބައެއް ރިސޯޓްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ބައެއް ކުންފުނިތަކުން ލަފާކުރާ ގޮތުގައި އަލުން ރިސޯޓްތައް ހުޅުވަން ދެތިން މަހެއްހާ ދުވަސް ހޭދަވާނެއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރެއިން 05 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ށުވޭސ

  މޮޅު ބައެއް 12 މިނިޓްކުރިން ބަންދު

  29
  2
  • ކިނބޫ

   އޭޕްރީލް 1 ވެސް އަންނާނެ. ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ ދޮގެއްތޯ.

 2. ސާބަހޭ

  ހެޔޮފުޅު ސަރުކާރުން ރައްޔިތުން މަރުގެ އަނދަވަޅަށް ވައްޓާލަން ތެޅިފޮޅެނީ .
  ވޯޓްދިން ގްރޫޕް ދެން އަތްޖަހާ. ހަން ދަންދެން އަތް ޖަހާ !

  48
  11
  • ހޫދު

   ޓޫރިސްޓުން ގެނެސް ފައިސާ ހޯދުން ރައްޔިތުންގެ ފުރާނައަށްވުރެ މުހިންމުވީ ސަރުކާރެއް. އަދިވެސް ހަމަ ގްރީޑުގައި. އެންމެ ޓޫތިސްޓަކު އަޔަސް މިސަރުކާރުން އެއަރޕޯޓް ކްލޯޒް ނުކުރާނެ. ދެން ޓީވީ ސެލެބްރިޓީ ހެދިގެން އަރައިގެން ކޮންހާ ދޮގެއް ހަދާކަށް.

   10
   1
  • ހހހހ

   ތިހުރިހާ ވަގުތު ޓީވީގަ ހޭދަނުކޮށް ފަރުޖެހެން އޮތް. ރައްޔިތުން މަރުގެ ތުންފަތްމައްޗަށް ގެނައީ ސަރުކާރުން. މިނިސްޓރުން އަރާ ފޮނި ކެނޑީ. އެއީ ގައުމުގެ ދޮރޯށިތައް ބަންދުކުރަން ލިބުނު ފުރުސަތު. މުހިންމުވީ ގައުމަށް ވަންނަ ފައިސާ. ތިފައިސާ ބޭނުންކުރަން އެންމެ މީހަކުވެސް ސަލާމަތްވާނެކަން އެނޣޭތަ؟ މިެީ ﷲ ގެ ކޯފާއަކަށް ވުންގާތް. މޑނ ގެ ރިޕޯޓް ނެރުން މީހުނަށް ފިޔަވަޅުނާލާ. ސެކިއުލަރ ދީން ފަތުރަން ނުކުތީ. ﷲ ގެ ދީނުގެ ހިމާޔަތުގައި އެ އިލާހް އެ އެންމެން ހިއްޕަވާފާނެކަމެއް ނޭނނގުނު.

   12
 3. ކަނބުލޮ

  ކިހާ ދެރަކަމެއް!!!!

  38
  4
 4. ހޮޔޮނުވާނެ

  ބޮޑު ކަމެއް މިސަރުކާރަކާއި ހެދި! އިބޫ، ނަޝީދު ހޭބަލިވީތަ، ރައްޔިތުންނާ މެދު ނުވިސްނާ!

  51
  3
 5. ފަސީހު

  އާދެ ލައްބަ.. ބޯޑަރު ބަންދުކުރާނީ އިޓަލީއައްވެ ނިމުނީމަ.. އޭގެ ކުރީން އޮންނާނީ ޓޫރިސްޓުން ގެނައުން.

  40
  4
 6. ނައީމް

  ކައުންސިލް އިންތިޚާބުމަތީން ހަނދާން ނައްތާލާ..

  40
  5
 7. ރައްޔިތުން

  ސަ ރުކާ ރުން ރައްޔަތުން ނާ މެދު ނުވިސް ނާނެ. އެމީހުން ބޭނުން ވަނީ. ރައްޔަތުން މަ ރާފަވެސް ޑޮލަ ރު . މަންޒަ ރު ވަ ރައް ސާފު

  37
  3
 8. ރިސޯޓް ބޯއީން

  އަހަ ރެމެން ރަސޯޓް ބޯއީން ނައް މިހާ ހަ ރާން ކޯ ރު ވި ސަ ރުކާ ރެއް ނު ދެކެން. އަހަ ރެމެން ދި ރިތިއްބާ މަ ރައިފި

  40
  3
 9. Anonymous

  "އާޖްފާޖެއް ނޭނގިވާ މިސްރާބުނޭނގޭ މިތުރަކަށް
  މާލިމީކަންދިނުމުގައި ހުންގާނުކުރަނީ ކޮށްކުށެއް"
  މިދިވެހި ރައްޔިތުން ވޯޓްލާއިރު ވިސްނަށް ޖެހޭކަމެއް.

  27
  3
 10. ބްރޯ

  ގޯސް ޔޫއޭއީ ގަ ހުރި ދިވެއްސަކަށް ކޮވިޑް ޖެހިއްޖެ ވީމާ ވިލާގަނޑު ބޯމަތި ވެއްޖެ . ބޯޑަރު ބަންދު ނުކުރުމަކީ ހެދޭ ބޮޑުގޯހެއް. މިމީހުން ކޮންމެ ގޮތެއްހަދާފަ ވެސް ރަސޫލާގެ ހަދިސްފުޅާ އިދިކޮޅު ކަމެއް ކުރެވޭތޯ ބަލާނެ

  37
  4
 11. މުންކެ

  އާން އަދި ބަނދު ކުރާނެ ކަމެއްނެތް ، އަދި އަވަސް ބަންދުކުރަން، ގާތްގަޑަކަށް 110000-މިީހުން ޕޮސިޓިވް ވީމަ ދެން ބަންދުކުރަން މަށައް ފެންނަނީ ،،އަދި މާމަދު ،،

 12. ޒިޔާ

  މަންމަ އާއި ބައްޕަ ދަރިންނާއިމެދު ވިސްނާވަރަށް ސަރުކާރުން ރައްޔިތުންނާއި
  މެދު ވިސްނާނެކަމަށް އުންމީދުކުރަނީ
  ހުރިހާކަމެށް ސިޔާސީވީމަކާކަމަކުނުދާނެ

  6
  2
 13. ހުސޭނުބޭ

  ބޯޑަރު އަދި ބަންދުކުރާނެ! އެއީ ކޮވިޑް 19 އައިސް ލައްވާލުމުން މި ސަލާމަތްވެގެން އެހެން ތަނަކަށް ދިޔަޔަނުދިނުމުގެ ގޮތުން ބަންދުކުރާ ބަންދުކުރުމެއްގެ ގޮތަށް!

 14. ލުގުމާން

  ހެޔޮ ނުވާނެ އާދޭސް ކޮށްފަ މިބުނީ ދިވެހި ރައްޔިތުން ދެކެ ލޯބިވާނަމަ މި ރާއްޖޭގެ ބޯޑަރ ބަންދު ކުރޭ... މިއީ ބައިލައްކަ އެއްހާ ރައްޔިތުން އުޅޭ ގައުމެއް...

  5
  1
 15. ރައްޔިތުން

  އޯގާތެރި ސަރުކާރުން ރައް ޔިތުން ނަ އޯގާވާ ވަރު ފެނޭދޯ.މިވަރު ވާއިރުވެސް އެތިބީ މަހުޖަނުން ގެ ދަށު ވެފާ. ެެަެެެެަެެެަެެެެަެެަެެެެަެެެަެެެެެެަެެެެަެެެަެެެެަެެަެެެެަެެެަެެެެ ރައް ޔަތުން ކަނޑަ ނޭޅި ޓުވަރިސްޓުން އެތެރެ ނުކުރާނެ ގޮވާއިރުވެސް އަޑެއް ނީވޭ. ރިސޯޓް ބޯއީން ކޮވިޑައް ވެދުމަށް އަރުވައިފި

 16. ފަލަޑޭ

  އަޅެ މީހަކު ރުޅިއެއް ނާންނާނެތަ. މިސްކިއްތަށް ބަންދުކޮއްފިި ވައިރަސް ފެތުރިދާނެތީ. އެކަމު ބޯޑަރު ބަންދުކުރާކަށް ނުވޭ އަދިވެސް އެދޮރުން ވައިރަސް ވަން އިރުވެސް.

 17. Anonymous

  މިރިސޯޓުގެ މިވަގުތު ތިބި ގެސްޓުންގެ ފުރާދުވަސްތަކުގެ މައުލޫމާތުވަނީ މިނިސްޓްރީގެ އެދުމުގެ މަތިން މިރޭ ފޮނުވިފަ. ދެން؟؟

 18. ދެރަކަމެއް

  އިތުރު ފިޔަވަޅެއް އަޅަން އެ ތިބެނީ ރާއްޖެއަށް މިބަލި ފެތުރިގަތީމަ. މިހާރު އެތިބީ އެމީހުންނަށްއެޅޭނެ ހުރިހާ ފިޔަވަޅެއް އަޅައިގެން. ނުވިތާކަށް ގައުމުގެ އިބުރާހިމުވެސް ފިލައިފި އެއީ ރައްޔިތުންނަށް މިޔަދު ހިއްވަރުދޭން ހުރިމީހާ

 19. ......

  ބޯޑަރ ބަންދުނުކޮށް ދެން ސަކަރާތެއް ތި ޖަހަނީ...ލާރި ކެވޭނެ މަގެއް ހޯދަން ކުރާ ކަންކަން ކަމުގަ ތުހުމަތުކުރެވޭ...ރައްޔިތުންގެ ރައްކަލަށް ސަލާމަތަށް ކަމެއް ކުރާނެ ނަމަ ރައްޔިތުން ރިސްކަކަށް ލާފަ ބަލިި ޖެހިއްޖެއްޔާ ކަރަންޓީން ކުރާނެ ތަން ތަން ހަދާ މާ ހެޔޮ އެދޭނެކަމެއް ނެތްދޯ...ދެންވެސް ރިސްކް ބޮޑު ނުކޮށް ބޯޑަރ ބަންދުކުރުން އެންމެ ރައްކާތެރި ގޮތަކީ ރައްޔިތުންނަށް...މިހާރުވެސް ރައްޔިތުން ބިރުވެރިކަމެއްގަ ބައިތިއްބައިގެން އެބިރުވެރިކަން އިތުރު ވާނެ މަގު ބަންދު ނުކޮށް ތިބޭތިބުން ވެރިން ރައްޔިތުންނަށްވުރެ އެހެން ކޮންމެވެސް ކަމެއް އިސްކުރާކަން ހާމަވޭ...ބަލި ފެތުރެން ފެށީމާ ދެން ތިހަދާ ފެސިލިޓީސްތަކަށް ކެތްނުވާނެކަން އެނގޭދޯ މިއަށްވުރެ ކުރިއަރާފަ އޮތް ގައުމުތަކުން އެއުޅެންޖެހޭ ގޮތުންވެސް...ދެން މާ ކަންކަން ވާ ބައެއްކަން ނުވަތަ އަހަރެމެންނަށް ވާނެކަން ދައްކަން އުޅުމުގެ ބޭނުމެއް ފަހެ ކޮބާ...؟އެއްކޮށް ގައުމު 30ދުވަހަށް ބަންދުކޮށްފަ ދެން ބަލާބަލަ އަލާމާތެއް ފެންނަމީހަކު އެކަހެރިކޮށްގެން...މިގޮތަށް ބާއްވައިގެން ތިކުރާ އެއްވެސް ކަމެއްގެ ބޭނުމެއް މާނައެއް އޮތްކަމަކަށް ނުފެނޭ...
  ރައްޔިތުންނަށްޓަކާ ނަގަން ޖެހޭ ފިޔަވަޅު ނަގަން ޖެހޭ ވަގުތުގަ ނަގަން ނުކެރޭ ބަޔަކު ވެރިކަމުގަ ތިބުން އެއީ މިއަދު ގައުމު ހާސްކަމަކަށް ދާން ޖެހުނު ސަބަބު...ރައްޔިތުން މިކަމާ ވިސްްނާނެކަމަށް އުންމީދުކުރަން...ދުުލުން ބުނާ އެއްޗަކަށް އިތުބާރު ކުރާ ވަރުގެ އެކަކުވެސް ސިޔާސީ މަޝްރަހުން ފެންނާކަށްނެތް....