ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވިއްކާ ނުލި ނަމަ އިންޓަނެޓް އަގު ހެޔޮ ނުކުރެވިގެން އުޅެން ނުޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އާއްމުން ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮވާލުންތަކުގައި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އިންޓަނެޓް އަގުހެޔޮ ނުކުރެވިގެން އުޅޭ ސަބަބުން ބަލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަން އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ވަނީ ނިންމަވާފައެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައި ކަމަށެވެ.
"ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައި." އަލީ ހުސައިންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގަ.
— Ali Hussain (@AleeVoice) March 24, 2020
ދިރާގަކީ 1988 ވަނަ އަހަރު ދިވެހި ސަރުކާރުގެ 55 އިންސައްތަ ހިއްސާ އާއި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސްގެ 45 އިންސައްތަ ހިއްސާ އާއި އެކު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ދިރާގުގެ 07 އިންސައްތަ ހިއްސާ ކޭބަލް އެންޑް ވަޔަލެސް އަށް ވިއްކާލިއެވެ. އަދި 6.2 އިންސައްތަ ހިއްސާ އާއްމުންނަށް ވިއްކިއެވެ. އެހެންކަމުން މިހާރު ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ 41.8 އިންސައްތަ ހިއްސާއެވެ. ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ ދިރާގުގައި ނޯންނާތީ ދިރާގުން ދޭ އެއްވެސް ޚިދުމަތެއްގެ އަގު ކަނޑައެޅުމުގެ ބާރެއް ދިވެހި ސަރުކާރަކަށް ނޯވެއެވެ.
ދިރާގުގައި އޮތް ކޭބަލް އެންޑް ވަޔަލެންސްގެ ހިއްސާ އެކުންފުނިން މިހާރު ވަނީ ބަހްރޭންގެ ބަޓެލްކޯ އަށް ވިއްކާލާފައެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެވައުދު ފުއްދާނީ 2023 ވަނަ އަހަރު ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަދވެސް އަގު ހެޔޮ ކުރެވިދާނެ. ސަރުކާރުން އިންޓަނެޓް ޕުރޮވައިޑު ކޮށްދޭންފަށަނިކޮށް.
އެއީ ދިރާގު އުރީދީއަކާ އަދި އެވެރިންގެ ހިއްސާއަކާ ގުޅުނއހުރި ކަމެއް ނޫން.. މުޅި މި ސަރަހަށްދު ހިސޯރުކޮށްގެން އުޅެނީ އިންޑިޔާ ކިޔާ ކަންޖޫސް ބައެއް.. އެމީހުންގެ އަތުން ކޭބަލްގެނެސްގެން ތިކަން ކުރާ ހިނދަކު އަގެއް ހެވެއް ނުވާނެ.. އެހެންވެ ރައީސް ޔާމީނު ޕުލޭނު ކުރެއްވީ ސީދާ ސައުތުއެފްރިކާއިން ފައިބަރ އޮޕްޓިކަލް ކޭބަލް ގެނެސް އެ ހިދުމަތް އަގު ހެޔޮކޮށް ދިވެހިންނަށް ދޭން.. އެކަމަށް ހަރަދު ހިނގިޔަސް އަގު ހެޔޮވުން އެބައި ކަވަރ ވާނެތީ.. އެ ނޫން ގޮތަކަށް މިކަމެއް ނުވާނެ މިކަން ކުރާނެ ވިސްނުމެއްވެސް މި ވެރިންގެ ނެތް..
ސަރުކާރުން މިއުޅެނީ ކުރަންޖެހޭ އެއްމެ އާދައި ގެ ކަންކަން ނުކުރެވިގެން . ދެން ކިހިނެއް ސަރުކާރުން އެކަން ކުރާނީ.
އުރީދޫ އަށްވިއްކާލި 30 ޕަސެްންޓް ގެ ވާހަކަ ނުދެއްކީ ފައިދާއެއް އަލީހިސަެިނުއަސް ލިބޭތީތަ ރައްޔިތުންނައް ވިއްކިވާހަކަ އެކަނި ތަ އަނގަފުޅާކޮއްފަ ކިޔަން އެންގޭނީ. މީއެއްވެސް ވަރަކައް ގައުމައް އިޙްލާސްތެރި ބައެއްނަުން އަމިއްލަޔަެއ ބަނޑު އެޅޭ ތޯ މިބަލަނީ
ޖީއެމް އާރަށް އެއާރޕޯޓް ނުދިންނަމަ؟ ފެން ކުންފުނި ހިއްސާ ނުވިއްކިނަމަ؟ އިންޑިއާ ވަކި ހިސާބެއްގެ ބޭއްވިނަމަ ރާއްޖޭގެ ސިއްހީ ނިޒާމު ދެކުނު އިތުމަތީ އޭޝިއާގެ ނަމްބަރ 1 ނުވެދާނެތަ؟
ހިތާމަޔަކީ އަލީހުސައިން އަކީ ވެސް ގައުމުގެ މައްސަލަ ތަށް އެނގި ހައްލު އެނގިފަ އަންނިގެ ނަޒަރުން ދުނިޔެ ދެކެން ބޭނުންވާމީހަކަށް ވާތީ އަސްލު ތިޔަ ކަހަލަ މީހުންނަށް ކިޔާނެ ނަމެއް އެބަޖެހޭ އުފައްދަން
ތި ޖަރީމާވެސް ހިނގާފައިވަނީ ބުއްޅަބޭ.
ތިއީ އާ ހެދުމެއް ލިބޭނެކަމަށް އަނދެގެން
ތިއީ އާ ހެދުމެއް ލިބޭނެކަމަށް އަނދެގެން ހުންނަ ކަނޑިކި ވިއްކާލުން ފަދަ ކަމެއް! އޭރުން އެބުނާ އަގުހެޔޮ އިންޓަނެޓް އޮންނާނީ ވާނެ ހައެތި ވެ ނިމިފައި!
ޢެއާޕޯޓާއި ފެން ކުންފުނިވެސް ވިއްކާލީ ހަމަ ތިނަޝީދު
އުރީދޫއަކީ ޤަތަރުގެ ކުންފުންޏެއް
ދިރާގަކީ 1988 ވަނަ އަހަރު ދިވެހި ސަރުކާރުގެ 55 އިންސައްތަ ހިއްސާ އާއި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސްގެ 45 އިންސައްތަ ހިއްސާ އާއި އެކު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ދިރާގުގެ 07 އިންސައްތަ ހިއްސާ ކޭބަލް އެންޑް ވަޔަލެސް އަށް ވިއްކާލިއެވެ.
ނަސީދަކީ ބަލާއެއް ދިވެހިންނައް ޖެހިފަހުރި
ދައުލަތުގެ ހަރުމުދާތައް ވިއްކައިގެން ސަރުކާރު
ހިންގަންއުޅުމަކީ ސިޔާސީގޮތުން ވަރަށް މޮޅުމީހަކަށް ނޫނީ
ކުރެވޭނެކަމެއްނޫނެވެ ދެންދިބި މީހުންގުނބޯހައްދައިގެން
އަނެއްކާވެސް ވެރިކަން ދަމައިގަންނަން އެކަހަލމީހުން ވަރަށް
މޮޅުވާނެއެވެ. ރައްޔިތުންކަރަށް ފައިން އެރިއަސް ދެންތިބި
މީހުންނަށް ރޭކާވެސް ނުލާނެއެވެ.
އަންނިއަކީ ދިވެހިރާއްޖެއަށް ޖެހިފައިހުރި ބޮޑު ވަބާއެކޭ އަޅުގަނޑު މިދަންނަވަނީ އެހެންވެ. އަދިވެސް އެމްޑީޕީން އެކަން ގަބޫލުކޮށް އޭނާ ރާއްޖޭގެ ބަސްކިޔާ މަގާމްތަކުން ދުރުކުރަން ނޫޅޭކަމީ ހިތާމަހުރިކަމެއް. ކޮވިޑް19 ކަންތަކާ ޖޯކްޖެހި އިބިލީސް ހަމަ ޚަބަރެއްވެސް ނުވޭ.
ހިއްސާވިއްކާލީ ހަމަ އެކަނި ފައިސާއަކަށްނޫން. ދިރާގުން އެތަށް ދިވެހިންގެ ވަޒީފާވެސް އެފަހަރު ގެއްލިގެން ދިޔަ. އެވެސް އެތައްބައެއްގެ ދިރިއުޅުން ހަލާކު ކޮށްލިކަމެއް.
ދިރާގު ހިއްސާ ވިއްކާލި
މޑ އެސް އޭ އަށް ވީގޮތެއް ނޭގޭ.
ނުއަގުގައި ޖމރ އަށް ރާއްޖޭގެ މައިދޮޜާށި ވިއަކާލި
ޑިއުޓީ ފްރީތަށް އިންޑިޔާ މީހުންގެ އަތްމައްޗަށް ދުއްވާލި.
އެއަރޕޯޓް ފިއުލް ފާމް އިންޑިޔާ ޖމރ އަށް ދިން
ރީޖަނަލް އެއަރޕޯޓްތަކުގައި ވިއްކާ ފިއުލް ފާމްތަށް އިންޑިއާ އާށް ދިން.
އެއަރ ޕޯޓް ތަކުން އެތައް މުވަޒަފުންގެ ވަޒީފާ ގެއްލި އިންޑިޔާ މީހުން އައިސް ރަސްކަންކުރި
އަދިވެސް ވަގުތު އެބައޮތް ސީޕްލޭން ޓަރމިނަލް ސަލާމަތް ކުރަން.
އަހަރަކަށް 1 ބިލިއަން ރުފިޔާ ދައުލަރުގެ ބަޖެޓަށް އެތަނުން ވެއްދޭނެ.
ކުރިޔަށް އޮތީ ދަތި ދުވަސް ތަކެއް. ވީމާ އެގްރީމެންޓް ކުރިއަށް ނުގެންގޮސް މަޑުކޮށްލާ.
ރައްޔިތުންނަށް ސަރުކާރުގެ ބައިތުލްމާލުން މިހާރު މިކުރަނީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު ޚަރަދެއް. އެޢީ މުހިއްމުކަމަކާއި ގުޅިގެން.
ނަމަވެސް ރިޒާވް ފިލްކުރަން ޖެހޭނެ އެކަން ކުރެވޭނީ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހުއްޓުވައި ބޯޑްތަކުގެ މެމްބަރުން ހިތުހުރިވަރަކަށް މުސާރަ ބޮޑު ކުރެވޭ އުސޫލު ހުއްޓުވިގެން
ކަލޭވެސް މިހަރު ތިދައްކަނީ ކޮން ވާހަކައެއްތަ. އެމްޑީޕީއަކީ ރައްޖެގެ ހަލަކު
ބަރާބަރު ސަތޭކައިގެ ވާހަކައެއް. ގައުމުގެ މުދާ ބޭރު މީހުންނަށް ވިއްކަން ނުޖެހޭ.
ކަލޭ ވެސް އިސްވެ ހުރެ ކެނެރީ ބައި ކުޅަ ބައި ވެރިކަމައް ނުގެނައި ނަމަ