ރާއްޖެއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ވަކާލާތު ކުރުމަށް ހަމަޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އަނިޔާ ލިބެމުންދާ މައްސަލަ އާއި ގުޅޭ ގޮތުން ގެމްބިއާ އާއި އެކު މަޝްވަރާކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ގެމްބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަން އެބްރޯޑް ޑރ.މަމަޑޫ ޓަންގާރާ އާއަށް ފޯނުން ގުޅުއްވައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށެވެ.
އެގޮތުން އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން އައިސީޖޭ އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވާފައިވާ ކަަމަށާއި، އެކަމަށް ގެމްބިއާ ސަރުކާރުގެ ފަރާތުން މިނިސްޓަރ ޓަންގާރާ ވަނީ ތައުރީފް ކުރައްވާފައި ކަމަށް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާ ކުރެއްވުމުގައި ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށާއި މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާ ވަނީ ގެމްބިއާ ސަރުކާރަށް ދީފައެވެ.
އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އެރުވިކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްޚުލުވީ އެމަސައްކަތުގައި އިތުރަށް ޢަމަލީގޮތުން ބައިވެރިވުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯއައިސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.
މިހާރު ފަޔަށް ހިނި އަރާގެންއުޅޭހެން މިކަންތައް ބޮޑުވެގެންމިއުޅެނީ ކީއްވެ، ބަލަގަ މިއުޅެނީ މިދުވަސްކޮޅު ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި ލޯވަޅުތައް ރަނގަޅު ކުރަން އުޅުއްވަބައްލަވައި ، ތިކަން ނުކުރެއްވިއަސް އާމާލު ކިލޮނީއަށް ލާރިގަޑެއް ދިނީމަވީއެއްނު...
އިންޑިޔާގައި މުސްލިމުންނަށް ކުރި އަނިޔާތަކަށް ހައްޤު ހޯއްދަވައި ދެއްވުނުތައް ، އެކަމަށް ތަދައްހުލު ނުވީކީއްވެތޯ؟؟
އިންޑިޔާގައި މުސްލިމުންނަށް އަނިޔާކުރީ ޔޫ އެންގެ ގަރާރާ އެއްގޮތައްބާ؟؟ މިކަމުގެ ކަންބޮޑުވުންނެއްތައް؟ރައްޔިތުންތިބީ އަދި ކުޅިބަލަން އިގޭތޯ؟؟؟
އިހުލާސްތެރިކަމެއް ތެދުވެރި ކަމެއް ހުރިއްޔާ އިންޑިއާގައި މުސްލިމުންނަށް ކުރަމުނަދާ ލާއިންސާނީ އަނިޔާތަކަށް ކަޝްމީރުގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކަށް ޗުއްޕުވެސް ބުނެލަބަލަ
މިނުރައްކާތެރި ބަލިން ސަލާމަތް ވާން މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރު ކޯންލަވައެއް؟ ތިޔަށްވުރެ ރަނގަޅުވާނެ ރަމްޖުގެ ތަރާނާ ކިއަސް.
ދިވެހި ރައްޔިތުން ގެ ފުރާނައަށްވުރެ ކޮންކަމެއް ބޮޑުވެގެން މިއުޅެނޫ. އަވަށްޓެރި އިންޑިޔާގެ މުސްލިމުންނަށް ދިން އަނިޔާ ކުށްވެރިކޮށްލަން ނުކެރުނީމާ ސުމެކޭ ހަމަ އިނގޭތޯ
މުސްލިމުން ވާނީ ކޮމްމެ ތަނެއްގައި ތިއްބަސް މުސްލިމުންނަށް. އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާއަށް އިންޓަނޭޝަނަލް ލޯޔަރެއް ހަމަޖައްސަން ނުވޭތަ؟
ތި ހާ މުސްލިމުން ދެކެ ލޯބިވަންޏާ އެއްމެ އަވައްޓެރިޔާ ކައިރިން ފަށާށެވެ. ބެސްޓު ފުރެންޑް އިންޑިޔާގައި އެޤައުމުގެ މުސްލިމުން ނަށް ކަން ކުރާ ގޮތް ލޯ ކަނު ކަމުން ނުފެންނަނީތައް؟ ނަރެދުރަ މޯޑީ ކައިރީގައި ފުރަތަމަ ކަސްމީރު އަދި އިންޑިޔާގެ ހިންދުވާތާ މީހުން މުސްލިމުން ނަށް ކުރަމުން ދާ އަނިޔާ ހުއްޓުވާލަން ގޮވާލަން ކެރޭނެތައް.